ލަމްޕާޑު ހަވާލުވެ ކުޅުނު ފުރަތަމަ މެޗުން ވެސް ޗެލްސީ ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ވުލްވްސް ބައްދަލުކުރި މެޗު ވުލްވްސްއިން ކާމިޔާބު ކޮށްފިއެވެ. މިރޭ ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ޗެލްސީގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ޗެލްސީގެ ނަތީޖާތައް ބޮޑުތަނުން ދައްވުމާއި ގުޅިގެން އެ ޓީމްގެ ކޯޗްގެ މަގާމުގައި ހުރި ގްރަހަމް ޕޮޓާ ވަކިކުރުމަށް ފަހު ޗެލްސީން މި ސީޒަންގެ ނިޔަލަށް ކޯޗެއްގެ ގޮތުގައި ލަމްޕާޑް ހަމަޖައްސާފައި ވަނީ ދާދި ފަހުންނެވެ. މިރޭ ވުލްވްސްއާއި ދެކޮޅަށް ޗެލްސީ ކުޅުނު […]