އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރެއް ކަމަށްވާ ޗެލްސީ ފުޓްބޯޅަ ކުލަބްގެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމްގައި އެތައްސަތޭކަ މުސްލިމުންނެއް އެއްވެ ހާއްސަ ރޯދަ ވީއްލުމެއް ބާއްވައިފިއެވެ. މިއީ ޕްރިމިއާ ލީގުގެ ޓީމެއްގެ ދަނޑުގައި މިގޮތަށް ރޯދަ ވީއްލުމުގެ އިވެންޓެއް ބޭއްވި ފުރަތަމަ ފަހަރެވެ. މިދިޔަ އާދީއްތަ ދުވަހު ބޭއްވި މި އިވެންޓް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އިނގިރޭސި ވިލާތުގައި ޗެރިޓީއަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ “ރަމަދާން ޓެންޓް ޕްރޮޖެކްޓް” އިންނެވެ. ޗެ...
އިބްރާހިމް ޚަލީލް
މިހާރު ކުރިއަށްދާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި އިންގްލެންޑުން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފިއެވެ. މި ހަފްތާގައި ޔޫރޯ ކޮލިފައިން ފަށާފައިވާއިރު، ގްރޫޕް ސީގައި އިންގްލެންޑް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ 2-1 ގެ ނަތީޖާއިން އިޓަލީ ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ރޭ އިންގްލެންޑުން އަމިއްލަ ދަނޑުގައި ނުކުތީ ޔުކްރެއިންއާއި ދެކޮޅަށެވެ. އެ މެޗު 2-0 ގެ ނަތީޖާއިން އިންގްލެންޑުން ވަނީ ކާމިޔާބު ކޮށްފައެވެ. ރޭގެ މެޗުގައި އިންގްލެންޑްގެ ބުކަޔޯ ސަކާ […]
އިބްރާހިމް ޚަލީލް
މިދިޔަ އަހަރު ފަހުކޮޅު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ސްޕެއިން ކެޓުމާއި ގުޅިގެން އޭރު ކޯޗުގެ މަގާމުގައި ހުރި ލުއިސް އެންރީކޭ އެ މަގާމުން އިސްތިއުފާ ދިނުމާއިއެކު ސްޕެއިންގެ އައު ކޯޗަކަށް ހަމަޖެއްސި ފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ. ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް އޭގައި ރޭ ސްޕެއިންއާއި ނޯވޭ ބައްދަލުކުރި މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. ރޭގެ […]
އިބްރާހިމް ޚަލީލް
ޔޫރޯ 2024، ކޮލިފައިން ގްރޫޕް ބީގެ ފުރަތަމަ މެޗުތައް ރޭ ކުޅެފައިވާއިރު، މި ގްރޫޕުގައި ނެދަލެންޑްސްއާއި ފްރާންސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ފްރާންސުން ކާމިޔާބު ކޮށްފިއެވެ. ރޭ މެޗަށް ނެދަލެންޑްސް ނުކުމެފައި ވަނީ ކާނާ ވިހަވުމުގެ ސަބަބުން އެ ޓީމްގެ މުހިންމު ބައެއް ކުޅުންތެރިން ނުލައެވެ. ކާނާވިހަވެ މެޗުގެ ކުރިން ޓީމްގެ ކޭމްޕް ދޫކޮށް ދިޔަ ކުޅުންތެރިންގެ ތެރޭގައި ކޯޑީ ގަކްޕޯ، މަތައިސް ޑި ލިޓް، ޖޯއީ ވާމެން، ބާޓް ވާބްރުގެން ހިމެނެއެވެ. ރޭ ފްރާންސްގައި ކުޅުނު […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލީގުގެ ސެވިއްޔާގެ ކޯޗްގެ މަގާމުގައި ހުރި ޖޯޖް ސަމްޕޯލީ އެ މަގާމުން ވަކިކޮށްފިއެވެ. އާޖެންޓީނާގެ ގައުމީ ޓީމަށާއި ޗިލީއަށް ވެސް އިރުޝާދުދިން އުމުރުން 63 އަހަރުގެ ސަމްޕޯލީ ދެވަނަ ފަހަރަށް ސެވިއްޔާއާއި ހަވާލުވެފައި ވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައެވެ. ސަމްޕޯލީގެ އިރުޝާދުގެ ދަށުން ލީގުގައި އެ ޓީމުން ނެރެމުން އަންނަނީ ދަށް ނަތީޖާތަކެކެވެ. މިވަގުތު އެ ޓީމް އޮތީވެސް ޕޮއިންޓް ތާވަލުގެ 14 ވަނާގައެވެ. އެ ޓީމަށް 26 މެޗުން 28 ޕޮއިންޓް […]
އިބްރާހިމް ޚަލީލް
ފްރާންސްގެ ގައުމީ ޓީމުގެ އާ ކެޕްޓަނަކަށް އެ ޓީމްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ހަމަޖައްސައިފިއެވެ. ފްރާންސް ގައުމީ ޓީމްގެ ކެޕްޓަންކަން ކުރަމުން އައި އެ ޓީމްގެ ތަޖުރިބާކާރު ގޯލް ކީޕަރ ހޫގޯ ލޮރިސް ވަނީ ފާއިތުވި އަހަރު ފަހުކޮޅު ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ އަތުން ޕެނަލްޓީގައި ބަލިވި ފްރާންސްގެ ކެޕްޓަންކަން ލޮރިސްވަނީ ފާއިތުވި ދިހަވަރަކަށް އަހަރު ކޮށްފައެވެ. ވޯލްޑް ކަޕަށް ފަހު […]
އިބްރާހިމް ޚަލީލް
ރާއްޖޭގައި ދިގު ދުވުމުގެ އިވެންޓުތައް ބާއްވާ އެއްބަޔަކީ “އައިރަނަރސް” އެވެ. މީހުންގެ މަގުބޫލުކަމާއި އިތުބާރު ވެސް ވަނީ ހޯދާފައެވެ. ޚާއްސަކޮށް ކޮންމެ އަހަރެއްގެ ރަމަޟާން ބާއްވާ “ރޯދަ ޗެލެންޖު” މިއީ ގިނަބަޔަކު އިންތިޒާރުކުރާ އިވެންޓެކެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަސް ފެށެން ގާތްވެފައިވާއިރު، އައިރަނަރސް އިން މިވަނީ ރޯދަ ޗެލެންޖު މިއަހަރުވެސް ބާއްވާނެކަމަށް އިއުލާން ކޮށްފައެވެ. އަދި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލާފައެވެ. އައިރަނަރސް އިން ބުނީ މިއަހަރުގެ ޗެލެންޖުގައި 4 ގިންތިއެއް ހ...
މުޙައްމަދު އަފްރާޙް
އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާއި އުދިނޭޒީ ބައްދަލުކުރި މެޗުން މިލާން ބަލިވި ނަމަވެސް އެ ޓީމަށް ކުޅެމުން އަންނަ ސްވިޑަންގެ ތަޖުރިބާކާރު ފޯވާޑް ޒަލްޓަން އިބްރަހިމޮވިޗް ދެ ރެކޯޑެއް ހަދައިފިއެވެ. ރޭ އުދިނޭޒީގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމް އަތުން މިލާން ބަލިވެފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ އުދިނޭޒީންނެވެ. މި ލަނޑު ނުވަވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮބާޓޯ ޕެރޭރާއެވެ. މިލާނުން ނަތީޖާ […]
އިބްރާހިމް ޚަލީލް
ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި އަބްހާ ކްލަބް ބައްދަލުކުރި މެޗު ފަހަތުން އަރައި ކާމިޔާބުކޮށް ނަސްރުން މުހިންމު މޮޅެއް ހޯދައިފިއެވެ. ރޭ ނަސްރުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަބްހާ ކްލަބުންނެވެ. މި ލަނޑު 26 ވަނަ މިނެޓުގައި ސާދް ޤުއިރް އަލް ނަސްރުގެ އޭރިއާތެރެއަށް ތިރިން ކުޅުނު ބޯޅަ ހޯދައި ގޯލުގެ […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި އެވަޓަން ބައްދަލުކުރި މެޗުން ޗެލްސީ މޮޅުވާން ދަނިކޮށް ފަހުވަގުތު އެވަޓަން އިން ލަނޑުޖަހައި ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ. ރޭ ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެ އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަތަރު ލަނޑު ވެސް ޖަހާފައި ވަނީ ފަހު ހާފުގައެވެ. ފުރަތަމަ ލަނޑު 52 ވަނަ މިނެޓުގައި ޗެލްސީގެ ޗިލްވެލް އެވަޓަންގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ އެވަޓަންގެ ޑިފެންސުން ކުލިއާ ކުރަން […]
އިބްރާހިމް ޚަލީލް
އިނގިރޭސި އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ރޭ މެންޗެސްޓާ ސިޓީއާއި ބާންލީ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުން ސިޓީ ޖާގަ ހޯދައިފިއެވެ. ރޭ ސިޓީގެ އިއްތިހާދް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. ރޭގެ މެޗުގައި ހާލަނޑް ހެޓްރިކް ހަދާފައިވާއިރު ފާއިތުވި ހަފްތާގައި ޗެމްޕިއަންސް ލީގުގައި ސިޓީއާއި ލައިޕްޒިގް ބައްދަލުކުރި މެޗުގައި ވެސް އޭނާ ވަނީ ފަސް ލަނޑު ޖަހާފައެވެ. […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިއުކާސަލުން ކާމިޔާބު ކޮށްފިއެވެ. ރޭ ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު ނިއުކާސަލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މެޗު ފަށައިގެން ނިއުކާސަލުން ގޭމް ޑޮމިނޭޓް ކުރި ނަމަވެސް ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނީ ފޮރެސްޓުންނެވެ. މި ލަނޑު 26 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެމެނުއެލް ޑެނިސްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ނިއުކާސަލްގެ ޑިފެންސުން […]
އިބްރާހިމް ޚަލީލް
ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން މެޗުތަކަށް ޕޯޗުގަލުން އެކުލަވާލި ޓީމުން އުމުރުން 38 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުރުޞަތު ދީފިއެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން މޮރޮކޯ އަތުން ބަލިވެ ޕޯޗުގަލް ކެޓުމާއި ގުޅިގެން އޭރު ކޯޗުގެ މަގާމުގައި ހުރި ފެނާންޑޯ ސަންޓޯސް ވަކިކޮށް، ޕޯޗުގަލްގެ އައު ކޯޗަކަށް ރޮބާޓޯ މާޓިނޭޒް ހަމަޖެއްސުމަށް ފަހު، އައު ކޯޗުގެ އިރުޝާދުގެ ދަށުން ޕޯޗުގަލުން އެކުލަވާލި ފުރަތަމަ ސްކޮޑުގައި، […]
އިބްރާހިމް ޚަލީލް
ޔޫރޮޕާ ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޔުނައިޓެޑްގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޔުނައިޓެޑުންނެވެ. ރޭ ދެވަނަ ލެގުގެ މެޗު ބެޓިސްގެ ދަނޑުގައި ކުޅުނުއިރު ރޭ މެޗުން ވެސް ޔުނައިޓެޑް ވަނީ މޮޅުވެފައެވެ. ރޭ ޔުނައިޓެޑުން […]
އިބްރާހިމް ޚަލީލް
ޔޫރޮޕާ ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ރޭ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އަތުން ބަލިވެ އާސެނަލް ކަޓައިފިއެވެ. ގަދަ ސޯޅައިގެ ބުރުގައި މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ކުޅެފައި ވަނީ ސްޕޯޓިންގެ ދަނޑުގައެވެ. އެ މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ދެވަނަ ލެގުގެ މެޗު ރޭ އާސެނަލްގެ ދަނޑުގައި ކުޅެފައިވާއިރު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ […]
އިބްރާހިމް ޚަލީލް