މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ކުޅިވަރު

2,740 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 68 ވަނަ ޞަފްޙާ

ފަހު މެޗުތައް އެއްވަރުވެ، އެއްވަނާގައި އިންގްލެންޑް ނޮކައުޓް ބުރަށް

ފަހު މެޗުތައް އެއްވަރުވެ، އެއްވަނާގައި އިންގްލެންޑް ނޮކައުޓް ބުރަށް

ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގެ ފަހު މެޗުތައް އެއްވަރުވެ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި އިންގްލެންޑު ނޮކައުޓް ބުރުން ޖާގަ ހޯދައިފިއެވެ. މި ގްރޫޕްގެ ފަހު މެޗުތައްކުގައި އިންގްލެންޑާއި ސްލޮވީނިއާ ރޭ ބައްދަލުކުރި މެޗާއި ޑެންމާކާއި ސާބިއާ ބައްދަލު ކުރި މެޗު ވެސް ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. މި ގްރޫޕްގެ އެއްވަނަ އިންގްލެންޑަށް ލިބުނީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ދެ މެޗުން އެއްވަރުވެ […]

އިބްރާހިމް ޚަލީލް
ފްރާންސާއި ނެދަލެންޑްސް ފަހަތަށް ޖައްސާލައި ގްރޫޕް އެއްވަނަ އޮސްޓްރިއާއަށް

ފްރާންސާއި ނެދަލެންޑްސް ފަހަތަށް ޖައްސާލައި ގްރޫޕް އެއްވަނަ އޮސްޓްރިއާއަށް

ފްރާންސާއި ނެދަލެންޑްސް ފަހަތަށް ޖައްސާލައި، ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ އެއްވަނަ ޓީމްގެ ގޮތުގައި އޮސްޓްރިއާ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. މި ގްރޫޕްގެ ފަހު މެޗުތައް މިރޭ ކުޅެފައިވާއިރު، އޮސްޓްރިއާއިން ވަނީ 3-2 ގެ ނަތީޖާއިން ނެދަލެންޑްސް ބަލިކޮށްފައެވެ. މި ގްރޫޕުގައި ފްރާންސާއި ޕޮލެންޑް ބައްދަލުކުރި މެޗު 1-1 އެއްވަރު ވުމުން، މި ގްރޫޕްގެ އެއްވަނަ ލިބިފައިވަނީ އޮސްޓްރިއާއަށެވެ. ހަ ޕޮއިންޓާއިއެކު އޮސްޓްރިއާ އެއްވަނަ ހޯދިއިރު ފަސް ޕޮއިންޓާއިއެކު ގްރޫޕްގެ ދެވަނަ […]

އިބްރާހިމް ޚަލީލް
ފަހުވަގުތު ލަނޑުޖަހައި ކްރޮއޭޝިއާ ކަޓުވާލުމަށް ފަހު އިޓަލީ ދެވަނަ ބުރަށް

ފަހުވަގުތު ލަނޑުޖަހައި ކްރޮއޭޝިއާ ކަޓުވާލުމަށް ފަހު އިޓަލީ ދެވަނަ ބުރަށް

މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ލަނޑުޖަހައި ކްރޮއޭޝިއާ ރޮއްވާލުމަށް ފަހު، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ޗެމްޕިއަން އިޓަލީ ޖާގަ ހޯދައިފިއެވެ. ގްރޫޕް ބީގެ، ގްރޫޕް ސްޓޭޖް ފަހު މެޗަށް ރޭ އިޓަލީއާއި ކްރޮއޭޝިއާ ނުކުތްއިރު ދެވަނަ ބުރުން ފުރުސަތު ހޯދަން ކްރޮއޭޝިއާ އަށް އިޓަލީ ބަލިކުރުން ނޫން ގޮތެއް ނެތެވެ. ނަމަވެސް މެޗު އެއްވަރު ކޮށްލައިގެން ވެސް އިޓަލީއަށް ފުއްދާލެވެން އޮތެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން އިދިކޮޅު ގޯލަށް ނުރައްކާކުރިއެވެ. […]

އިބްރާހިމް ޚަލީލް
ސްވިޒަލެންޑާއި ޖަރުމަނު އެއްވަރުވެ، އެއްވަނަ ޖަރުމަނަށް

ސްވިޒަލެންޑާއި ޖަރުމަނު އެއްވަރުވެ، އެއްވަނަ ޖަރުމަނަށް

ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ރޭ ސްވިޒަލެންޑާއި ޖަރުމަނު ބައްދަލުކުރި މެޗު އެއްވަރުވުމުން ގްރޫޕްގެ އެއްވަނަ ޖަރުމަށް ކަށަވަރު ވެއްޖެއެވެ. ރޭ މެޗަށް ނުކުތްއިރު ވެސް ޖަރުމަނަށް އޮތީ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފައެވެ. ނަމަވެސް ރޭ މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެ ލިބުނު ޕޮއިންޓާއިއެކު ޖަރުމަނަށް ވަނީ ގްރޫޕްގެ އެއްވަނަ ޔަގީންވެފައެވެ. މި ގްރޫޕްގެ އެއްވަނަ ޖަރުމަނަށް ލިބުނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް […]

އިބްރާހިމް ޚަލީލް
ބެލްޖިއަމް މޮޅުވުމުން ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ

ބެލްޖިއަމް މޮޅުވުމުން ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ

ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ރޭ ބެލްޖިއަމްއާއި ރޮމޭނިއާ ބައްދަލުކުރި މެޗު، ބެލްޖިއަމް ކާމިޔާބު ކުރުމާއިއެކު ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ. ރޭ ބެލްޖިއަމުން ވަނީ 2-0 ގެ ނަތީޖާއިން ރޮމޭނިއާ ބަލިކޮށްފައެވެ. މި ނަތީޖާއާއިއެކު މި ގްރޫޕްގައި ހިމެނޭ ހަތަރު ޓީމަށް ވެސް ވަނީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ލިބިފައެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުތަކުގައި އަންނަ ބުދަ ދުވަހުގެ ރޭ ބެލްޖިއަމް ނުކުންނާނީ ޔުކްރެއިން އާއި ދެކޮޅަށެވެ. ސްލޮވާކިއާ […]

އިބްރާހިމް ޚަލީލް
ފަސޭހަކަމާއިއެކު ތުރުކީ ބަލިކޮށް ޕޯޗުގަލް ދެވަނަ ބުރަށް

ފަސޭހަކަމާއިއެކު ތުރުކީ ބަލިކޮށް ޕޯޗުގަލް ދެވަނަ ބުރަށް

ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ރޭ ތުރުކީއާއި ޕޯޗުގަލް ކުޅުނު މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުރާތުގެ ދެވަނަ ބުރުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ. ރޭ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. ޕޯޗުގަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއި އެކުއެވެ. ފުރަތަމަ ލަނޑު 21 ވަނަ […]

އިބްރާހިމް ޚަލީލް
އެމްބާޕޭއާއި ނުލައި ފްރާންސަށް ނެދަލެންޑްސް ބަލި ނުކުރެވުނު

އެމްބާޕޭއާއި ނުލައި ފްރާންސަށް ނެދަލެންޑްސް ބަލި ނުކުރެވުނު

ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ރޭ ނެދަލެންޑްސްއާއި ފްރާންސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. ގްރޫޕް ސްޓޭޖްގައި ފްރާންސާއި އޮސްޓްރިއާ ބައްދަލުކޮށް ފްރާންސް މޮޅުވި މެޗުގައި އެމްބާޕޭގެ ނޭފަތަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ބަދަލުކުރިއެވެ. އަނިޔާއިން މުޅިން ސަލާމަތް ނުވިނަމަވެސް މާސްކް ބޭނުން ކޮށްގެން އެމްބާޕޭއަށް ރޭގެ މެޗުގައި ކުޅެވޭނެކަމަށް ފްރާންސްގެ މެޑިކަލް ޓީމުން ކަށަވަރު ކޮށްދިނުމާއިއެކު، ރޭ މެޗަށް ފްރާންސުން [...

އިބްރާހިމް ޚަލީލް
ޔުކްރެއިން މޮޅުވުމުން ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ

ޔުކްރެއިން މޮޅުވުމުން ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ

ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި މިރޭ ޔުކްރެއިންއާއި ސްލޮވާކިއާ ބައްދަލުކުރި މެޗުން، ޔުކްރެއިން މޮޅުވުމުން އެ ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ. މިރޭ މެޗު ޔުކްރެއިން އިން ކާމިޔާބުކުރީ ސްލޮވާކިއާއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު (2-1) ޖަހައިގެންނެވެ. މިރޭ މެޗުން ޔުކްރެއިން މޮޅުވުމުން ގްރޫޕް އީގައި ހިމެނޭ ހަތަރު ޓީމްގެ ތެރެއިން ތިން ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އެ ޓީމްތަކަކީ ރޮމޭނިއާ، ޔުކްރެއިންގެ އިތުރުން ސްލޮވާކިއާއެވެ. […]

އިބްރާހިމް ޚަލީލް
ކެނަޑާ ބަލިކޮށް ޗެމްޕިއަން އާޖެންޓީނާއިން ފެށުން ރަނގަޅުކޮށްފި

ކެނަޑާ ބަލިކޮށް ޗެމްޕިއަން އާޖެންޓީނާއިން ފެށުން ރަނގަޅުކޮށްފި

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް 2024، ގެ ފުރަތަމަ މެޗުގައި ޗެމްޕިއަން އާޖެންޓީނާއިން ކެނަޑާ ބަލިކޮށް ފެށުން ރަނގަޅު ކޮށްފިއެވެ. ރޭ މުބާރާތް ހުޅުވި މެޗުގައި 2-0 ގެ ނެތީޖާއިން އާޖެންޓީނާއިން ވަނީ ކެނަޑާ ބަލިކޮށްފައެވެ. މި މެޗުގައި އާޖެންޓީނާއިން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގައި އާޖެންޓީނާއިން އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށް ވީ، މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ކެނަޑާގެ ކީޕަރ މެކްސިމް ކްރެޕައު އެވެ. ކައުންޓަ އެޓޭކެއްގައި […]

އިބްރާހިމް ޚަލީލް
އިޓަލީ ބަލިކޮށް ސްޕެއިން ދެވަނަ ބުރަށް

އިޓަލީ ބަލިކޮށް ސްޕެއިން ދެވަނަ ބުރަށް

ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާއި ސްޕެއިން ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް، ދެވަނަ ބުރުން ސްޕެއިން ޖާގަ ހޯދައިފިއެވެ. ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ފަހިކޮށްފައެވެ. މެޗުގެ ވަރަށް ކުރީކޮޅު އިޓަލީގެ އޭރިއާ ތެރެއިން ތަނަވަސްވީ ފުރުސަތެއްގައި ސްޕެއިންގެ މިޑްފީލްޑަރ ޕެޑްރީ ގޮންޒާލޭޒް ބޮލުން ޖެހި ބޯޅަ އިޓަލީގެ […]

އިބްރާހިމް ޚަލީލް
އޮޔަޒަބަލްގެ ހެޓްރިކުން ސްޕެއިން އަށް ބޮޑު މޮޅެއް

އޮޔަޒަބަލްގެ ހެޓްރިކުން ސްޕެއިން އަށް ބޮޑު މޮޅެއް

މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސްޕެއިނުން ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ފަސޭހަކަމާއިއެކު އެންޑޯރާ ބަލިކޮށްފިއެވެ. ސްޕެއިނުން އެންޑޯރާގެ މައްޗަށް ކުރި ހޯދީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. ޅަ ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ ސްޕެއިންއަކީ، ޔޫރޯގައި ފެންނާނެ އެންމެ ބެލެންސް އެއް ޓީމެވެ. މުބާރާތުގެ ފޭވަރިޓުން ތެރޭ ސްޕެއިން ހިމެނެއެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށް ފަހު އެ ސްޕެއިންގެ ކޯޗުގެ […]

އިބްރާހިމް ޚަލީލް
އެމްބާޕޭގެ މޮޅު ކުޅުމާއިއެކު ފްރާންސަށް ފަސޭހަ މޮޅެއް

އެމްބާޕޭގެ މޮޅު ކުޅުމާއިއެކު ފްރާންސަށް ފަސޭހަ މޮޅެއް

މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފްރާންސުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ފަސޭހަކަމާއިއެކު ލަގްޒެމްބާގް ބަލިކޮށްފިއެވެ. މި މެޗުގައި ފްރާންސުން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ފްރާންސް ޓީމުގައި ކެޕްޓަން ކިލިއަން އެމްބާޕޭގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ފްރާންސުން ޖެހި ތިން ލަނޑުގައި އޭނާ ހިއްސާ އޮތެވެ. ފުރަތަމަ ދެ ލަނޑު ޖަހަން އެސިސްޓް ކޮށްދީ ތިންވަނަ ކަނޑު ޖެހީ އޭނާއެވެ. މުޅި […]

އިބްރާހިމް ޚަލީލް
އިންގްލެންޑުން ބޮސްނިއާ ބަލިކުރިއިރު، ޖަރުމަނު އެއްވަރު

އިންގްލެންޑުން ބޮސްނިއާ ބަލިކުރިއިރު، ޖަރުމަނު އެއްވަރު

މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި އިންގްލެންޑުން ބޮސްނިއާ ބަލިކުރިއިރު، މުބާރާތް ހޮސްޓްކުރާ ޖަރުމަނާއި ޔުކްރެއިން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ އިންގްލެންޑާއި ބޮސްނިއާ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ އިންގްލެންޑުންނެވެ. މި މެޗުގައި އިންގްލެންޑުން ވަނީ ފުރަތަމަ އެގާރައިން ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ. އިންގްލެންޑުން ޑޮމިނޭޓްކުރި ނަމަވެސް މެޗުގެ ބޮޑުބައިގައި ބޮސްނިއާއިން ވަ...

އިބްރާހިމް ޚަލީލް
އެމްބާޕޭ ރެއާލަށް ސޮއިކޮށްފި

އެމްބާޕޭ ރެއާލަށް ސޮއިކޮށްފި

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭ، ސްޕެއިންގެ ރެއާލް މެޑްރިޑަށް ސޮއިކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އެމްބާޕޭއަކީ ފާއިތުވި އަހަރުތަކުގައި ރެއާލުން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރި ކުޅުންތެރިޔާއެވެ. އެމްބާޕޭ ރެއާލަށް ބަދަލުވާން ބޭނުން ވިޔަސް އޭރު އެކަން ނުވެއޮތީ ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރުމުން އެ ޓީމުން އޭރު އޭނާ ވިއްކަން ބޭނުން ނުވުމެވެ. އެމްބާޕޭ ޕީއެސްޖީއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. ވުމާއިއެކު އޭނާ ރެއާލަށް ބަދަލުވާ...

އިބްރާހިމް ޚަލީލް
ރެއާލުން 15 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

ރެއާލުން 15 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

ރެއާލް މެޑްރިޑުން 15 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައި، ޔޫރަޕްގެ ކިންގަކީ އެއީކަން އަނެއްކާ ވެސް ސާބިތުކޮށްދީފިއެވެ. ޗެމްޕިއަންސް ލީގު ފައިނަލް މެޗު ރޭ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ރެއާލް މެޑްރިޑާއި ބްރޫޝިއާ ޑޯޓްމަންޑެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ރެއާލުން މި ވަނީ ޔޫރަޕްގެ ރަސްކަމަށް އަރާފައެވެ. މިއީ ފާއިތުވި 11 އަހަރުތެރޭ ރެއާލުން ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރި ހަވަނަފަހަރެވެ. […]

އިބްރާހިމް ޚަލީލް