ވޯލްޑް ކަޕް: ސްޕޭން ބަހުން ބްރޯޑްކާސްޓް ކުރާ ޗެނަލަކަށް ގިނަ ބަޔެއްގެ ''ހިތް ދަމައިގެންފައި''
މިފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ބަލަމުންދާ އެމެރިކާގެ ގިނަ އަދަދެއްގެ އިނގިރޭސި ބަހުން ވާހަކަދައްކާ މީހުން، ސްޕެނިޝް ބަހުން މެޗުތައް ގެނެސްދޭ ޓެލެމުންޑޯ ޗެނަލަށް ހިތްޖެހިފައިވާކަން ހާމަވެއްޖެއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ސްޕެނިޝް ބަސް އެއްގޮތަކަށްވެސް ނޭނގޭ މީހުން ކަމުގައިވީ ނަމަވެސް، އެ ޗެނަލުން މެޗުތައް ގެނެސްދޭ ފޯރިގަދަ ގޮތުގެ ސަބަބުން އެމީހުން ދަނީ އެ ޗެނަލް އިޚްތިޔާރު ކުރަމުންނެވެ. އިނގިރޭސި ބަހުން ވާހަކަދައްކާ ބެލުންތެރިން ޓެލެމުންޑޯ އިޚްތިޔާރުކުރާ އެންމެ ބޮޑު އެއް ސަބަބަކީ މަޝްހޫ...