ކުޅިވަރުގެ މައިދާނުގައި ސިފައިންގެ ތަމްސީލްކުރުމަށް، އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރ އަކަށް އަލްފާޞިލް އަސްޢަދު ޢަބްދުލްޣަނީ ހަމަޖައްސަވައިފިއެވެ. މި މަޤާމަށް އަލްފާޞިލް އަސްޢަދު ޢަބްދުލްޣަނީ ހަމަޖައްސަވައި އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި އެމްއެންޑީއެފް ފްޓްސަލް ޗެލެންޖްގެ ނިންމުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރގެ ގޮތުގައި ދިވެހި ކުޅިވަރުގެ މައިދާނުގައި ސިފައިން ޕްރޮމޯޓްކޮށް، ސ...
އިބްރާހިމް އަސްވާޤް
400 ކުދިންނާއިއެކު ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް މާދަމާ ފެށުމަށް ތައްޔާރު ވެއްޖެއެވެ. ދިރާގުގެ ސީއެސްއާރު މެނޭޖަރު އައިޝަތު ބިޝާރާ ވިދާޅުވީ މި ހަރަކާތަށް ޖަމިއްޔާތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ. އަދި މި ފެސްޓިވަލްގައި ބައިވެރިވާ ކުދިންގެ އަދަދު ވެސް އިތުރުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މިހާތަނަށް 400 ކުދިން މިއަހަރުގެ ފެސްޓިވަލްގައި ބައިވެރި ވެފައިވެއެވެ. ބިޝާރާ އިތުރަށް ވިދާޅުވީ މި ފެސްޓިވަލް އިތުރަށް ފުޅާކުރުމުގެ ގޮތުން މިހާރު އެންމެ އިސްކަ...
އަޙްމަދު މުޖުތަބާ
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ ގޮތުން ސްޕެއިންގެ ކްލަބެއް ކަމަށްވާ ސެލްޓަ ވީގޯ އާއެކު ހަދާ އެއްބަސްވުމުގެ ދަށުން އެ ކްލަބްގެ ޖޯޒީގައި “ވިޒިޓް މޯލްޑިވްސް” ގެ އިސްތިހާރު ޖެހުމަށް ހަމަޖެހިއްޖެއެވެ. އެގޮތުން ސެލްޓަ ވީގޯގެ ޖާޒީގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާ މިސްޕޮންސަރ ޖަހައިގެން ކުޅޭ ފުރަތަމަ މެޗަކީ ނޮވެމްބަރ 10 ވަނަ ދުވަހު ބާސެލޯނާ އާ ދެކޮޅަށް ބާސެލޯނާގެ ދަނޑުގައި ކުޅޭ މެޗް ކަމަށް ގައުމީ ޓީމްގެ ކަންކަމުގައި ލަފާދިނުމަށް އެފްއޭއެމުން އެކުލަވާލި ކޮމިޓީގެ ޗެއާމަން އަދި […]
އަޙްމަދު މުޖުތަބާ
މިހާރު ނޭޕާލުގެ ވެރިރަށް ކަތަމަނޑޫގައި ފެށިގެން ކުރިއަށްދާ ސައުތު އޭސިއާގެ ފުރަތަމަ، 16 އަހަރުން ދަށުގެ ނެޓުބޯޅަ މުބާރާތުގައި ރާއްޖޭގެ ޒުވާން ނެޓުބޯޅަ ޤައުމީ ޓީމު ކުޅުނު ދެވަނަ މެޗުން، މުބާރާތް ބާއްވާ ނޭޕާލު ބަލިކޮށްފިއެވެ. އިއްޔެ ރާއްޖެގެ ގަޑިން ހަވީރު ހަތަރުގަޑި ފަނަރާގައި، ނޭޕާލުގެ ވެރިރަށް ކަތަމަނޑޫގެ އާރމީ ފިޒިކަލް ޓްރެއިނިންގ އެންޑް ސްޕޯރޓްސް ސެންޓަރގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ނޭޕާލު ބަލިކޮށްފައިވަނީ 27-35 ޕޮއިންޓުންނެވެ. މިމުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ […]
ޔުމްނާ ޢަލީ
އަންނަ ޖަނަވަރީ ޓްރާންސްފާ މާކެޓް ހުޅުވުމާއިއެކު މެންޗަސްޓަރ ޔުނައިޓެޑްގެ މިޑްފިލްޑަރ ޕައުލް ޕޮގްބާ ރެއާލް މެޑްރިޑްއިން ފެނުން ގާތްކަމަށް ހަބަރުތަށް ބުނަން ފަށައިފިއެވެ. ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން އާއި ޕައިލް ޕޮގްބާ ދުބާއީގެ ޕޫލެއް ކައިރީހުރި ފޮޓޯތަކެއް އާންމުވެފައިވާއިރު މިސީޒަނުގައިވެސް ރެއާލްއިން ވަނީ ޕޮގްބާ ގަންނަށް 89 މިލިއަން ޕައުންޑް ހުށައަޅާފައެވެ. އެހެންނަމަވެސް ޔުނައިޓެޑުން ވަނީ ޕޮގްބާ އަކީ ވިއްކާ ކުޅުންތެރިއެއް ނޫންކަމަށް ބުނެފައެވެ. ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދީފ...
އަޙްމަދު މުޖުތަބާ
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ބަލިކުރި ފުރަތަމަ ޓީމަކަށް ކްލަބް އީގަލްސް ވެއްޖެއެވެ. ރޭ ގަލޮޅު ދަނޑުގައި އީގަލްސް އިން މާޒިޔާ ބަލިކުރީ 0-1 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އީގަލްސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 30 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) އެވެ. އޭރިޔާ ބޭރުގައި ހުރެފައި ސެންޓޭ ތިރިތިރިން ބާރަށް ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުވިއިރު، އެ ބޯޅަ ހުއްޓުވަން މާޒިޔާގެ ގޯލުގައި ހުރި […]
އަޙްމަދު މުޖުތަބާ
ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިހާރު ހުޅުމާލޭގައި ކުރިއަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުން ށ. ގޮއިދޫ ޖާގައެއް ކަށަވަރުކޮށްފިއެވެ. ގޮއިދޫން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު މިކުރީ އެޓީމުން މުބާރާތުގައި ބައިވެރިވި ފުރަތަމަ އަހަރު އެވެ. ގޮއިދޫ ޓީމުގެ ކޯޗަކީ ފުޓްސަލާއި ފުޓްބޯޅައިގައި ވެސް އަރަމުން އަންނަ، ކުރީގެ މަޝްހޫރު މިޑްފީލްޑަރު އަހުމަދު ނިޔާޒް (ނިޔާ) އެވެ. ގޮއިދޫ އިން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 3-2 އިން ކ. ގުރައިދޫ ބަލިކޮށްގެންނެވ...
ހުސައިން ހަބީބް
2020 ވަނަ އަހަރު ބާއްވާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޖާގައެއް ސްޕެއިން ކަށަވަރުކޮށްފިއެވެ. ގްރޫޕް އެފް ގައި ރޭ ސްވިޑެންއާ އާއި ސްޕެއިން ބައްދަލުކުރި މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ. ރޭގެ މެޗަށް ނިކުންއިރުވެސް ކޮލިފައިވުމަށް ސްޕެއިން ޓީމަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. މެޗުގެ ފުރަތަމަ ކޮޅު ސްޕެއިން އަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުޞަތު ތަކެއް ލިބިފައެވެ. މެޗުގެ ފުރަތަމަ 20 މިނެޓްގައި ސްޕެއިން އިން ގިނަ ހަމަލާތަކެއް އެފެއްދި ނަމަވެސް […]
އަޙްމަދު މުޖުތަބާ
ޕޯޗުގަލްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ފުޓުބޯޅަ ކެރިއަރުގެ 700 ވަނަ ގޯލް ރޭ ޖަހައިފިއެވެ. ރޮނާލްޑޯ 700 ވަނަ ގޯލް ޖެހީ 2020 ވަނަ އަހަރު ބާއްވާ ޔޫރޯ ކޮލިފައިންގައި މިރޭ ޔުކުރެއިން އާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ ޕޯޗުގަލްގެ ގައުމީ ޓީމަށް ރޮނާލްޑޯ ކާމިޔާބު ކޮށްދިން 95 ވަނަ ގޯލެވެ. ރޭ ގްރޫޕް ބީ ގައި މި ދެޓީމު ބައްދަލުކުރި މެޗު 1-2 އިން ކާމިޔާބު ކުރީ […]
އަޙްމަދު މުޖުތަބާ
މިހިނގާ އޮކްޓޯބަރު މަހު ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ، 16 އަހަރުން ދަށުގެ ސައުތު އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ. މިއީ ރާއްޖޭގެ 16 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމެއް ބޭރުގެ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އަދި ހަމަ އެ ދުވަހު ނޭޕާލާ ދެކޮޅަށް ނުކުންނައިރު، 19 ވަނަ […]
ޔުމްނާ ޢަލީ
2020 ވަނަ އަހަރުގެ ޔޫރޯ ކޮލިފިކޭޝަންގެ ގުރޫޕް އީގައި ރޭ ވޭލްސް އަދި ކޮރޯޝިއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރު ވެއްޖެއެވެ. ވޭލްސް 2020 ވަނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވުމުގެ އުއްމީދެއް ރޭ ގެނަސްދިނީ ފަހަތުން އަރައި ކޮރޯޝިއާ އާއި އެއްވަރުކޮށްގެނެވެ. މެޗު ފެށިގެން މެޗު ކޮންޓުރޯލް ކޮށްގެން ކުޅެން ފެށި ކޮރޯޝިއާއިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 9 ވަނަ މިނެޓުގައި ކޮރޯސިއާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ […]
އަޙްމަދު މުޖުތަބާ
ސާފް ޗެމްޕިއަންޝިޕު 19 އަހަރުން ދަށުގެ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށާއި އޮފިޝަލަކަށް ބޯނަހެއްގެ ގޮތުގައި 20،000 ރުފިޔާ ދޭން ސްޕޯޓްސް ކައުންސިލުން ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ. ޒުވާން ގައުމީ ޓީމު ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ހާއްސަ ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު މަހްލޫފް ވަނީ އެ މުބާރާތުގައި ހޯދި ކާމިޔާބީގެ ބަދަލުގައި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ފައިސާގެ އިނާމެއް ދޭން ނިންމާފައިވާ ކަން އިއުލާން ކޮށްފަ އެވ...
ޔުމްނާ ޢަލީ
ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިހާރު ހުޅުމާލޭގައި ކުރިއަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ދެ ވަނަ ބުރުގައި ހދ. ނައިވާދޫއާ ބ. އޭދަފުށި ވާދަކުރިމެޗް ފުރިހަމަ ވަގުތުކުޅެ އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ނައިވާދޫ ބަލިވެއްޖެއެވެ. ޕެނަލްޓީޖަހައިގެން އޭދަފުށި މެޗް ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ޕެނަލްޓީ އޭދަފުއްޓަށް ވަނީ ނާކާމިޔާބުވެފައެވެ. ނައިވާދޫގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކުރެވިފައިވީނަމަވެސް ފަހުން ޖެހި ދެޕެނަލްޓީވެސްވަނީ ނާކާމިޔާބުވެފައެވެ. ހދ. ނައިވާދޫއާ...
ހުސައިން ހަބީބް
މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ފުޓްބޯލް އެސޯސިއޭސަން އޮފް މޯލްޑިވްސްއާއި ގުޅިގެންބާއްވާ ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 ގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މިއަދު އެފްއޭއެމްއިން ކުރި ޢިއުލާނެއްގައިވަނީ ޔޫތު މިނިސްޓްރީއާއި، އެފްއޭއެމް އާއި ދެމެދު ކުރެވުނު މަޝްވަރާއަށް ފަހު ” ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް ” ކުޅޭ ފޯމެޓަށް ބޮޑެތި ބަދަލުތަކެއް ގެނެވި ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 އަށް ކޮލިފައިވުމަށް ކުޅެވޭ މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފާވާކަމ...
ޔުމްނާ ޢަލީ
ދިރާގު މާލެ އޯޕަން ސްވިމިންގ ކޮމްޕެޓިޝަން ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ. ސްވިމް މޯލްޑިވްސް އާއި ދިރާގު ގުޅިގެން ރާއްޖޭގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ސްވިމިންގ އެސޯސިއޭޝަންގެ ފަރާރުން ބުނީ މިފަދަ މުބާރާތްތަކުގެ ބޭނުމަކީ ރާއްޖެއަކީ ފެތުންތެރިން ގިނަ ގައުމަކަށް ހެދުން ކަމުގައެވެ. މިމުބާރާތުގެ ތެރެއިން ހޮނިހިރު ދުވަހުގެ ހެނދުނު 6:00 އިން މެ...
Thiladhun