2020 ވަނަ އަހަރު ބާއްވާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޖާގައެއް ސްޕެއިން ކަށަވަރުކޮށްފިއެވެ.

ގްރޫޕް އެފް ގައި ރޭ ސްވިޑެންއާ އާއި ސްޕެއިން ބައްދަލުކުރި މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ. ރޭގެ މެޗަށް ނިކުންއިރުވެސް ކޮލިފައިވުމަށް ސްޕެއިން ޓީމަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

Ad
rt

މެޗުގެ ފުރަތަމަ ކޮޅު ސްޕެއިން އަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުޞަތު ތަކެއް ލިބިފައެވެ. މެޗުގެ ފުރަތަމަ 20 މިނެޓްގައި ސްޕެއިން އިން ގިނަ ހަމަލާތަކެއް އެފެއްދި ނަމަވެސް ސްވިޑަންގެ ކީޕަރު ރޮބިން އޮލްސަން ވަނީ ހުރިހާ ހަމަލާތަކެއް ދިފާއުކޮށްފައެވެ. އޭގެ ފަހުން ސްވިޑަންއިން ވެސް ވަނީ ސްޕެއިންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެއްވެސް ބަޔަކަށް ގޯލެއް ނުޖެހި ފުރަތަމަ ހާފު ނިމުނީ 0-0 އިންނެވެ.

މެޗުގެ ދެވަނަ ހާފުގައި ސްވިޑަން އިން ވަނީ ލީޑު ނަގާފައެވެ. އެ ޓީމުން ލީޑުނެގީ 50 ވަނަ މިނިޓްގައި މާކަސް ބާގް ޖެހި ގޯލުންނެވެ. އޭގެ 10 މިނެޓު ފަހުން ސްޕެއިންގެ ކީޕަރު ޑޭވިޑް ގިއާ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ. ސްވިޑަންގެ ގޯލަށްފަހު ސްޕެއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ސްޕެއިނަށް އެއްވަރުކޮށްދިން ގޯލު ރޮޑްރީގޯ ޖެހީ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ފަބިއަން ރުއިޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ޔޫރޯއިން ފުރުޞަތު ލބޭނީ ސައުވީސް ޓީމަށެވެ. ސްޕެއިން އަކީ ހަ ވަނަ އަށް ކޮލިފައިވި ޓީމެވެ. މީގެ ކުރިން ބެލްޖިއަމް، އިޓަލީ، ރަޝިއާ، ޕޮލެންޑް އަދި ޔޫކްރޭން ވަނީ ކޮލިފައި ވެފަ އެވެ.

ޔޫރޯ ކޮލިފައިންގައި ރޭ އިޓަލީ އިން ވަނީ 0-5 އިން ލިޗެސްޓައިން ބަލިކޮށް އެ ޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. މީގެ އިތުރުން ގްރީސް އަދި ބޮސްނިއާ ބައްދަލުކުރި މެޗު 1-2 އިން ކާމިޔާބުކުރީ ގްރީސް އެވެ.