މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,739 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 158 ވަނަ ޞަފްޙާ

ޗެމްޕިއަންސް ލީގު: ރެއާލް މެޑްރިޑާއި ޗެލްސީ އެއްވަރު

ޗެމްޕިއަންސް ލީގު: ރެއާލް މެޑްރިޑާއި ޗެލްސީ އެއްވަރު

ޔުއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ކޮޅު ޗެލްސީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ތަކެއް ވެސް ތަނަވަސް ކޮށްފައެވެ. މިގޮތުން ޗެލްސީގެ […]

އިބްރާހިމް ޚަލީލް
ލީގު ކަޕުގެ ޗެމްޕިއަންކަން ސިޓީ ހޯދައިފި

ލީގު ކަޕުގެ ޗެމްޕިއަންކަން ސިޓީ ހޯދައިފި

އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބޯ ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ހޯދައިފިއެވެ. މިއީ ސިޓީ މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. އާދީއްތަ ދުވަހުގެ ރޭ ވެމްބްލީ ސްޓޭޑިއަމްގައި މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވާއިރު ފައިންލެ މެޗުގަ ސިޓީން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިން ޓޮޓެންހަމް ހޮޓްސްޕާ ބަލިކުރުމަށް ފަހުއެވެ. ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ޓޮޓެންހަމްގެ ގޯލަށް ގިނަ ހަމަލާތަކެއް ވެސް […]

އިބްރާހިމް ޚަލީލް
ނިއުކާސަލުން ފަހު ވަގުތު ލިވަޕޫލަށް ލަނޑުދީފި

ނިއުކާސަލުން ފަހު ވަގުތު ލިވަޕޫލަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނހިރު ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗުން ލިވަޕޫލް މޮޅުވާން ދަނިކޮށް މެޗުގެ ފަހުވަގުތުކޮޅުގެ ތެރޭގައި ލަނޑުޖަހައި ނިއުކާސަލްއިން ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފއެވެ. މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ލިވަޕޫލުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ލިވަޕޫލުން ވަނީ […]

އިބްރާހިމް ޚަލީލް
އާސެނަލް ބަލިކޮށް އެވަޓަން އުންމީދު އައުކޮށްފި

އާސެނަލް ބަލިކޮށް އެވަޓަން އުންމީދު އައުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެ ރޭ އާސެނަލްއާއި އެވަޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް އެވަޓަންއިން ގަދަ ހަތަރެއްގެ އުންމީދު އައު ކޮށްފިއެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެވަޓަންއިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނތީޖާއިންނެވެ. އެވަޓަންއިން މި މެޗަށް ނުކުތްއިރު ލީގުގައި އެ ޓީމުން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް މޮޅެއް ހޯދިފައި ނުވެއެވެ. ނަމަވެސް މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއިއެކު އެ ޓީމަށް ވަނީ ގަދަ […]

އިބްރާހިމް ޚަލީލް
ވެސްޓްބްރޮމް ބަލިކޮށް ލެސްޓާއިން ޗެމްޕިއަންސް ލީގުގެ އުންމީދު ބޮޑުކޮށްފި

ވެސްޓްބްރޮމް ބަލިކޮށް ލެސްޓާއިން ޗެމްޕިއަންސް ލީގުގެ އުންމީދު ބޮޑުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާއި ވެސްޓް ބްރޮމް ބައްދަލު ކުރި މެޗު، ލެސްޓާއިން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ތިން ވަނާގައި ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދައިފިއެވެ. ޕޮއިންޓް ތާވަލުގެ ގަދަ ހަތަރު ޓީމަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގަ ލިބިގެންދާއިރު މި މޮޅާއިއެކު އެ ޓީމަށް ވަނީ އުންމީދު އާވެގެން ގޮސްފައެވެ. ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު ލެސްޓާ ޕޮއިންޓް […]

އިބްރާހިމް ޚަލީލް
އެތުލެޓިކޯ އެއްވަނައަށް، ބާސާއަށް ފަސޭހަ މޮޅެއް

އެތުލެޓިކޯ އެއްވަނައަށް، ބާސާއަށް ފަސޭހަ މޮޅެއް

ސްޕެނިޝް ލަލީގާގައި ބުރާސްފަތި ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުން މެޗު އެ ޓީމުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލިއިރު ބާސެލޯނާ ކުޅުނު މެޗު އެ ޓީމުން ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. އެތުލެޓިކޯގެ ދަނޑުގައި ހުއެސްކާއާއި ދެކޮޅަށް ކުޅުނު މި މެޗު އެތުލެޓިކޯއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. އެތުލެޓިކޯގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ހުއެސްކާގެ ގޯލާއި އަމާޒުކޮށް ޖުމަލް 12 ހަމަލާއެއް ވަނީ ފޮނުވާލާފައެވެ. […]

އިބްރާހިމް ޚަލީލް
މޮރީނިއޯ ޓޮޓެންހަމްގެ ކޯޗުކަމުން ވަކިކޮށްފި

މޮރީނިއޯ ޓޮޓެންހަމްގެ ކޯޗުކަމުން ވަކިކޮށްފި

ޓޮޓެންހަމް ހޮޓްސްޕާރގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކޮށްފިއެވެ. މޮރީނިއޯ ޓޮޓެންހަމްގެ ކޯޗުކަމުން ވަކިކޮށްފައިވާކަން އެ ޓީމުން އިއުލާން ކޮށްފައިވަނީ ހޯމަ ދުވަހުއެވެ. މޮރީނިއޯ ޓޮޓެންހަމްގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހު، އޭރު އެ ޓީމްގެ ކޯޗުގެ ގޮތުގައި ހުރި މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރުމަށް ފަހުއެވެ. ސީޒަންގެ މެދުތެރެއިން ޓޮޓެންހަމްއާއި ހަވާލުވި ނަމަވެސް އެ ސީޒަންގައި މޮރީނިއޯވަނީ އެ ޓީމާއިއެކު ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. މިގޮތުން މޮރީނިއޯ ހަވާލުވިއިރު ލީގުގެ 14...

އިބްރާހިމް ޚަލީލް
އެޓަލާންޓާ އަތުން ބަލިބެ ޔުވެންޓަސް ސޮއްސާލައިފި

އެޓަލާންޓާ އަތުން ބަލިބެ ޔުވެންޓަސް ސޮއްސާލައިފި

އިޓާލިއަން ސީރިއާ އޭގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއާއި އެޓަލާންޓާ ބައްދަލު ކުރި މެޗުން ޔުވެންޓަސް ބަލިވެ އެ ޓީމް ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ސޮއްސާލައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ލިބިފައެވެ. މިގޮތުން […]

އިބްރާހިމް ޚަލީލް
ކޮޕަ ޑެލް ރޭގެ ޗެމްޕިއަންކަން ބާސެލޯނާއަށް

ކޮޕަ ޑެލް ރޭގެ ޗެމްޕިއަންކަން ބާސެލޯނާއަށް

ކޮޕަ ޑެލް ރޭގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ބާސާ ހޯދާފައިވަނީ ފައިނަލުގައި އެތުލެޓިކް ބިލްބާއޯގެ މައްޗަށް 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ބާސާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ގިނަ ހަމަލާތަކެއް ވެސް އެ ޓީމުން ވަނީ ބިލްބާއޯގެ ގޯލަށް ފޮނުވާލާފައެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ބާސާގެ ނެދަލެންޑް މިޑްފީލްޑަރ ޑި ޔޮން ފޮނުވާލި ހަމަލާ އަމާޒުވެފައި […]

އިބްރާހިމް ޚަލީލް
އެވަޓަންއާއި ޓޮޓެންހަމްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

އެވަޓަންއާއި ޓޮޓެންހަމްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެރޭ އެވަޓަންއާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި، ލަނޑެއްޖަހައި ފުރަތަމަ ލީޑު ނެގީ ޓޮޓެންހަމުންނެވެ. އެއީ މެޗްގެ 27 ވަނަ މިނެޓުގައި ޓަންގުއީ އެންޑޮމްބެލޭ ހުރަސްކޮށްދިން ބޯޅައަކުން ކޭން ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް މެޗްގެ ނަތީޖާ ހަމަހަމަވާން މާގިނައިރެއް ނުނެގިއެވެ. މިގޮތުން އޭގެ 4 މިނިޓް ފަހުން އޭރި...

ހުސައިން ހަބީބް
ޔޫރޮޕާ ލީގުގެ ސެމީގައި ޔުނައިޓެޑާއި ރޯމާ އަދި އާސެނަލް އާއި ވިޔަރެއާލް

ޔޫރޮޕާ ލީގުގެ ސެމީގައި ޔުނައިޓެޑާއި ރޯމާ އަދި އާސެނަލް އާއި ވިޔަރެއާލް

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ރޯމާ އަދި އާސެނަލް އާއި ވިޔަރެއާލް ބައްދަލު ކުރަން ޖެހިއެޖެއެވެ. ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް މެންޗެސްޓާ ޔުނައިޓެޑް ދަތުރު ކޮށްފައިވަނީ ކުއާޓާ ފައިނަލުގައި ސްޕެއިންގެ ގްރަނާޑާ ބަލިކުރުމަށް ފަހުގައެވެ. މި ދެ ޓީމް ގްރެނާޑާގެ ދަނޑުގައި ކުޅުނު ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ޔުނައިޓެޑުންނެވެ. ދެވަނަ ލެގުގެ މެޗު ޔުނައިޓެޑްގެ ދަނޑުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅެފައިވާއިރު މި […]

އިބްރާހިމް ޚަލީލް
ޔުއެފާ ޗެމްޕިއަންސް ލީގު: ބަލިވި ދެ ޓީމު ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގު: ބަލިވި ދެ ޓީމު ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ޕީއެސްޖީއާއި ޗްލްސީ ދަތުރު ކޮށްފިއެވެ. ޕީއެސްޖީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވަނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުގެ ބަޔާން މިޔުނިކް ކަޓުވާލުމަށް ފަހުގައެވެ. ބަޔާންގެ ދަނޑުގައި މި ދެޓީމް ކުއާޓާގެ ފުރަތަމަ މެޗު ކުޅެފައިވާއިރު އެ މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޕީއެސްޖީންނެވެ. ދެވަނަ ލެގުގެ މެޗު އަންގާރަ ދުވަހުގެ ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ނިމިގެން ގޮސްފައިވަނީ 1-0 […]

އިބްރާހިމް ޚަލީލް
ރާމޯސް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ރާމޯސް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ސްޕެއިން އަދި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ފައިގެ ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާއި ދުރުގައި ހުރި ރާމޯސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ރެއާލުން ހާމަކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. އުމުރުން 35 އަހަރުގެ ރާމޯސްއަށް އަނިޔާވެފައި ވަނީ މާޗް މަހުގެ ފަހުކޮޅު ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ކޮސޯވޯ އަތުން 3-1 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވި މެޗުގައެވެ. ރާމޯސް އެންމެ ފަހުން ރެއާލްއަށް […]

އިބްރާހިމް ޚަލީލް
ބާސާ ބަލިކޮށް ރެއާލް އެއްވަނައަށް

ބާސާ ބަލިކޮށް ރެއާލް އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި ވާދަވެރި ކްލެސިކޯ މެޗް ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ބާސާގެ މައްޗަށް ކުރި ހޯދާފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. މެޗު ފަށައިގެން ބާސާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައިވަނީ ރެއާލުންނެވެ. މި ލަނޑު ރެއާލުން އުފެއްދި ކައުންޓަ އެޓޭކެއްގައި މެޗުގެ 13 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
ޑި ބްރޭނާ ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފި

ޑި ބްރޭނާ ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފި

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމް މިޑްފީލްޑަރ ޑި ބްރޭނާ އެ ޓީމާއިއެކު ހަދާފައުވާ އެއްބަސްވުން އައުކޮށްފިއެވެ. 2015 ވަނަ އަހަރު ޖަރުމަނުގެ ވުލްފްސްބާގްއިން ސިޓީއަށް ބަދަލުވެ ސިޓީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑި ބްރޭނާގެ ކުރިން ސިޓީއާއިއެކު ހަދާފައި އޮތް އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. ނަމަވެސް ޑި ބްރޭނާ މިވަނީ އިތުރު ދެ އަހަރު ސިޓީގައި މަޑުކުރަން ނިންމައި އައު އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. ވުމާއިއެކު ޑި […]

އިބްރާހިމް ޚަލީލް