މޮނާކޯއިން ފަސޭހަކަމާއިއެކު ޕީއެސްޖީ ބަލިކޮށްފި
ފްރާންސް ލީގުގައި ޕީއެސްޖީއާއި މޮނާކޯ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު މޮނާކޯއިން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހު ހަވީރު މޮނާކޯގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަންގައި މިހާތަނަށް، ލީގުގައި ޕީއެސްޖީ އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. ލީގުގައި ރަށުން ބޭރުގައި ޕީއެސްޖީން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން ޕީއެސްޖީން އެންމެ […]