ބެންޒެމާގެ ހެޓްރިކުން އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބަލިކޮށްފި
ޔުއެފާ ޗެމްޕިއަންސްލީގުގައި ބުދަ ދުވަހުގެރޭ ކުޅުނުމެޗުން ބެންޒެމާ ހެޓްރިކުން އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީގެ މައްޗަށް ރިއާލް މެޑްރިޑް ކުރިހޯދައިފިއެވެ. ޗެލްސީ ދަނޑުގައި ކުޅުނު މެޗުން ރިއާލް މެޑްރިޑް މޮޅުވީ 3-1 ގެ ނަތީޖާއިންނެވެ. މެޗުގައި މޮޅަށް ކުޅުނު ޗެލްސީ ކޮޅަށް ބެންޒެމާ ފުރަތަމަ ދެގޯލްވެސް ޖަހައިފަނީ ބޮލުންނެވެ. ފުރަތަމަ ގޯލް 21 ވަނަ މިނެޓުގައި ވިނިސިއެސް ޖޫނިއާގެ އެހީތެރިކަމާއެކު ކާމިޔާބު ކުރިއިރު، ދެވަނަ ގޯލް 24 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މޮޑްރިޗު ގެ އެހީތެރިކަމާއެކުގައެވެ. […]