މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,740 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 131 ވަނަ ޞަފްޙާ

ވައިކަރަދޫ ޔޫތު ފުޓްސަލް ކަޕް ފަށައިފި

ވައިކަރަދޫ ޔޫތު ފުޓްސަލް ކަޕް ފަށައިފި

ހދ. ވައިކަރަދޫ ޔޫތު ކުލަބުގެ ފުޓްސަލް މުބާރާތް ފަށައިފި އެވެ. ރޭ ވައިކަރަދޫ ފުޓްސަލް ދަނޑުގައި އެ މުބާރާތް ފައްޓަވައި ދެއްވީ ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު އެވެ. މިމުބާރާތުގައި 7 ޓީމެއް ބައިވެރިވި އެވެ. އެއީ، މެޓާކާސް ސްޕޯރޓްސް، އެފްޓީ އޯވެސްޓް، އުތުރު ނައިންޓީސް، އުތުރު އޮރިޖިންސް، އީސްޓް ރުއްގަނޑު، ބާމު ބެލީ އަދި ފަސްގަނޑު އެފްސީ އެވެ. ރޭ ފުރަތަމަ ބައްދަލުކުރީ އެފްސީ އޯވެސްޓް އާއި މެޓާކާ އެވެ. 4-0 ލަނޑުން މިމެޗް […]

ތިލަދުން
ޑި މާރިއާ ޔުވެންޓަސްއަށް

ޑި މާރިއާ ޔުވެންޓަސްއަށް

އާޖެންޓީނާގެ ހުނަރުވެރި ކުޅުންތެރިޔާ އަންހެލް ޑި މާރިއާ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، ހިލޭ ޓްރާންސްފާއެއްގައި އިޓަލީގެ ޔުވެންޓަސްއަށް ސޮއި ކޮށްފިއެވެ. އުމުރުން 34 އަހަރުގެ ޑި މާރިއާ ފާއިތުވި ސީޒަނުގެ ނިޔަލަށް، އޭނާ ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިންއާއިއެކު ހަދާފައިވާ އެއްބަސްވުން ވަނީ ހަމަވެފައެވެ. ޑި މާރިއާ ޕީސްޖީ ދޫކޮށްލާފައި މިވަނީ އެ ޓީމަށް ހަތް ސީޒަން ކުޅުމަށް ފަހުއެވެ. މެންޗެސްޓާ ޔުނައިޓެޑުން 2014 ވަނަ އަހަރު ރެއާލް މެޑްރިޑުން ޑިމާރިއާ ގެނެސްފައަނި […]

އިބްރާހިމް ޚަލީލް
އީދަށް ކުމުންދޫގައި "ގާކޮޅު ވޮލީ ޗެލެންޖް" ބާއްވަނީ

އީދަށް ކުމުންދޫގައި "ގާކޮޅު ވޮލީ ޗެލެންޖް" ބާއްވަނީ

ހދ. ކުމުންދޫގައި މި އަހަރު އީދުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން “ގާކޮޅު ވޮލީ ޗެލެންޖް 1443” ގެ ނަމުގައި ވޮލީ މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ދެ ޖިންސުގެ ޓީމްތަކަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އަންހެން ތިން ޓީމް، އަދި ފިރިހެން ފަސް ޓީމް ވަނީ ބައިވެރިވެފައެވެ. އަންހެން ކެޓަގަރީގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޓީމް ފްލޯރާ، ޓީމް ރޫބީގެ އިތުރުން ޓީމް ވޮލީ ސްޓާއެވެ. ފިރިހެން ކެޓަގަރީގައި ބައިވެރިވެފައިވާ ފަސް ޓީމަކީ […]

އިބްރާހިމް ޚަލީލް
ނޯތު ލީގު: ކުޅުދުއްފުށި އަތުން ދިއްދޫ މޮޅުވިއިރު، ނެއްލައިދޫއާއި އިހަވަންދޫގެ މެޗަށް ހަމަހަމަ ނިމުމެއް

ނޯތު ލީގު: ކުޅުދުއްފުށި އަތުން ދިއްދޫ މޮޅުވިއިރު، ނެއްލައިދޫއާއި އިހަވަންދޫގެ މެޗަށް ހަމަހަމަ ނިމުމެއް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިވެހި ލީގުގެ ކޮލިފައިން ބުރުގައި، އެންމެ އުތުރުގެ ދެ އަތޮޅުގެ މެދުގައި ކުޅޭ، އެމްޓީސީސީ ނޯތު ލީގުގެ ފަސްވަނަ ދުވަހުގެ މެޗުތަކުގައި ދިއްދޫ ބްލެކް ޒީނޯއާއި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރި މެޗު ދިއްދޫއިން ކާމިޔާބުކުރި އިރު، ޓީމް ނެއްލައިދޫއާއި އިހަވަންދޫ ކުލަބް ޕޯލްސްޓާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މިއަދު ހަވީރު ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު […]

އިބްރާހިމް ޚަލީލް
ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ސްޕޯޓްސް ކްލަބް ސިޓީން ކާމިޔާބުކޮށްފި

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ސްޕޯޓްސް ކްލަބް ސިޓީން ކާމިޔާބުކޮށްފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެސޯސިއޭޝަންކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޕޯޓްސް ކުލަބް ސިޓީން ކާމިޔާބު ކޮށްފިއެވެ. މިރޭ ސޯސަލް ސެންޓަރުގެ އިންޑޯ ވޮލީ ކޯޓުގައި ކުޅުނު ފައިނަލްމެޗް، ސްޕޯޓްސް ކުލަބް ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-2 ސެޓުން ވެމްކޯ ބަލިކޮށްގެންނެވެ. މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ބަލާހިތްވާކަހަލަ ވާދަވެރި މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ފުރަތަމަ ސެޓުގައި ވެމްކޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ސެޓް ވެމްކޯއިން ކާމިޔާބު […]

އިބްރާހިމް ޚަލީލް
ދިވެހި ސިފައިންނަށް ވެމްކޯ ކައިރިން ގަދައެއް ނުދެއްކުނު، ތިންސެޓުން ބަލިކޮށް ފައިނަލަށް

ދިވެހި ސިފައިންނަށް ވެމްކޯ ކައިރިން ގަދައެއް ނުދެއްކުނު، ތިންސެޓުން ބަލިކޮށް ފައިނަލަށް

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް ތިންސެޓުން ބަލިކޮށް، ކްލަބް ވެމްކޯ އިން އެމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ. ސެމީ ފައިނަލް ޕްލޭ އޮފްގައި ދިވެހި ސިފައިންގެ ކްލަބް މައްޗަށް ވެމްކޯ ކުރި ހޯދީ ސީދާ ތިން ސެޓުން ކާމިޔާބު ހޯދައިގެންނެވެ. މި މުބާރާތުގެ ކޮލިފައިން ބުރުން ފެށިގެން ވެމްކޯ ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ލީގު ބުރުގައި ސިފައިންގެ ކްލަބް އަތުން ސީދާ ތިން ސެޓުން ނެވެ. ރޭ ޕްލޭއޮފް މެޗަކީ […]

އަލީ އާދިލް
ނޯތު ލީގު: ކުޅުދުއްފުށި ފެށުން ރަނގަޅުކުރިއިރު ދިއްދޫއާއި އިހަވަންދޫ މެޗަށް ހަމަހަމަ ނިމުމެއް

ނޯތު ލީގު: ކުޅުދުއްފުށި ފެށުން ރަނގަޅުކުރިއިރު ދިއްދޫއާއި އިހަވަންދޫ މެޗަށް ހަމަހަމަ ނިމުމެއް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިވެހި ލީގުގެ ކޮލިފައިން ބުރުގައި، އެންމެ އުތުރުގެ ދެ އަތޮޅުގެ މެދުގައި ކުޅޭ، އެމްޓީސީސީ ނޯތު ލީގުގެ ފުރަތަމަ މެޗުގައި ޓީމް ހަނިމާދޫ ބަލިކޮށް ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް މުބާރާތުގެ ފެށުން ރަނގަޅު ކުރިއިރު، ދިއްދޫ ބީއެކްސް ސްޕޯޓްސް ކުލަބާއި އިހަވަންދޫ ކުލަބް ޕޯލްސްޓާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އިއްޔެ ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި […]

އިބްރާހިމް ޚަލީލް
ވޯލްޑްކަޕް 2022: ފަހުޖާގަ ކޮސްޓަރިކާ އަށް

ވޯލްޑްކަޕް 2022: ފަހުޖާގަ ކޮސްޓަރިކާ އަށް

އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފްްގައި އަންގާރަދުވަހުގެރޭ ކުޅުނު މެޗުން ނިއުޒީލެންޑް 1-0 ގެ ނަތީޖާއިން ބަލިކޮށް ކޮސްޓަ ރިކާ އިން ފީފާ ވޯލްޑް ކަޕް 2022ގެ ފަހު ޖާގަ ހޯދައިފި އެވެ. މި މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ކޮސްޓަ ރިކާ އަށް މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ޖޮއެލް ކެމްޕްބަލް އެވެ. ލަނޑެއްޖަހަން މޮޅަށް ކުޅެމުން ދިޔަ ނިއުޒީލެންޑް އަށް އިތުރު އުދަގުލަކަށް ވީ މެޗުގެ 67 ވަނަ މިނިޓްގައި ބާބަރޫސެސް އަށް ރަތް ކާޑް […]

އަލީ ރިޔާޟް
ނޭޝަންސް ލީގު: ހަންގޭރީ އަތްދަށުވެ އިނގިރޭސިންނަށް ފައިނަލް ބުރުގެ ޖާގަ ގެއްލިއްޖެ

ނޭޝަންސް ލީގު: ހަންގޭރީ އަތްދަށުވެ އިނގިރޭސިންނަށް ފައިނަލް ބުރުގެ ޖާގަ ގެއްލިއްޖެ

ނޭޝަންސް ލީގުގައި 4-0 ގެ ލަދުވެތި ނަތީޖާއިން ހަންގޭރީ އަތުން ބަލިވެ، އިނގިރޭސިންނަށް ފައިނަލް ބުރުގެ ޖާގަ ގެއްލިއްޖެއެވެ. އަންގާރަ ދުވަހުގެރޭ ހަންގޭރީން ފުރަތަމަ ލަނޑުޖެހީ 15 ވަނަ މިނިޓްގައި ރޮލާންޑް ސަލާއި އެވެ. ސަލާއި ވަނީ މެޗުގެ 70 ވަަނަ މިނިޓްގައި އިތުރު ގޯލެއް ޖަހައި ހަންގޭރީ އަށް ލީޑުފުޅާކޮށްދީފަ އެވެ. ތިންވަނަ ގޯލް 80 ވަނަ މިނެޓްގައި ޖަހައިދިނީ ސޯލްޓް ނެގީ އެވެ. ހަންގޭރީން 3 ގޯލު ޖަހާފައިވަނިކޮށް މެޗްގެ 82 ވަނަ މިނެޓްގައި […]

އަލީ ރިޔާޟް
ޕެރޫ ބަލިކޮށް އޮސްޓްރޭލިއާ ވޯލްޑް ކަޕަށް

ޕެރޫ ބަލިކޮށް އޮސްޓްރޭލިއާ ވޯލްޑް ކަޕަށް

އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފްްގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ޕެރޫ ބަލިކޮށް އޮސްޓްރޭލިއާ އިން ފީފާ ވޯލްޑް ކަޕުން ފުރުސަތު ހޯދައިފި އެވެ. މެޗުން އޮސްޓްރޭލިއާ މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއިންނެވެ. އޮސްޓްރޭލިއާ ގެ ޕެންލްޓީތަށް ކާމިޔާބް ކޮށްދިނީ އާރޮން މޫއީ، ކްރެއިގް ގުޑްވިން، އަޖްޑިން ރުސްޓިޗް، ޖޭމީ މެކްލަރެން އަދި އައްވާރު މާބިލް އެވެ.ނާކިޔާބުވީ މާޓިން ބޮއިލް އެއްމެ ފުރަތަަމަ ފޮނުވާލި ޕެނަލްޓީއެވެ. ޕެރޫގެ ޕެނަލްޓީ ތަށް ކާމިޔާބު ކޮށްދިނީ ޖިއަންލޫކާ ލަޕަޑުއްލާ […]

އަލީ ރިޔާޟް
‎ނޭޝަންސް ލީގު: ޕޯޗުގަލް ބަލިވުމުން، ސްޕެއިން އެއް ވަނަ އަށް

‎ނޭޝަންސް ލީގު: ޕޯޗުގަލް ބަލިވުމުން، ސްޕެއިން އެއް ވަނަ އަށް

ޔުއެފާ ނޭޝަންސް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗްތަކުން ސްވިޒަލެންޑް އަތުން 1-0 އިން ޕޯޗުގަލް ބަލިވެ، ޗެކް ރިޕަބްލިކް އަތުން 2-0 އިން ސްޕެއިން މޮޅުވެ ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ. މި ގްރޫޕްގައި ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެފައިވާއިރު، އެއްވަނައިގައި ސްޕެއިން އޮތީ އަށް ޕޮއިންޓާ އެކު އެެވެ. ހަތް ޕޮއިންޓް އާއި އެކު ޕޯޗްގަލް ދެވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތް ޗެކް ރިޕަބްލިކްއަށް ލިބެނީ ހަތަރު ޕޮއިންޓެވެ. […]

އަލީ ރިޔާޟް
ނޭޝަންސް ލީގް : ތިންވަނަ މެޗުންވެސް އިނގިރޭސިންނަށް މޮޅެއް ނުލިބުނު

ނޭޝަންސް ލީގް : ތިންވަނަ މެޗުންވެސް އިނގިރޭސިންނަށް މޮޅެއް ނުލިބުނު

މިހާރު ކުރިޔަށްދާ ނޭޝަންސް ލީގް ގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުންވެސް މޮޅެއް ނުލިބި އިނގިރޭސިންނަށް ތާވަލްގެ ފުލުން އެރޭ ގޮތެއް ނުވިއެވެ. ބާމިންހަމް ސިޓީގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މެޗްގައި ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނު އިނގިރޭސިން 10 ހަމަލާ ފޮނުވާލިއިރު، ގޯލާ އަމާޒް ވެފައިވަނީ 3 ހަމަލާއެވެ. އިޓަލީންވެސް ވަނީ ގޯލާ އަމާޒްކޮށް 3 ހަމަލާ ފޮނުވައިލާފައެވެ. މި މުބާރާތުގައި މިހާތަނަށް […]

އަލީ ރިޔާޟް
ޔުއެފާ ނޭޝަންސް ލީގު: އިންގްލެންޑާއި ޖަރުމަނު މެޗް އެއްވަރުވެ ގްރޫޕްގެ ފޯރި ގަދަވެއްޖެ

ޔުއެފާ ނޭޝަންސް ލީގު: އިންގްލެންޑާއި ޖަރުމަނު މެޗް އެއްވަރުވެ ގްރޫޕްގެ ފޯރި ގަދަވެއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން އިންގްލެންޑާއި ޖަރުމަނު 1-1 އިން އެއްވަރުވެ ހަންގޭރީ އަތުން 2-1 އިން އިޓަލީ މޮޅުވުމުން ގްރޫޕްގެ ފޯރި ގަދަ ވެއްޖެއެވެ. މެޗުގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ފުރަތަމަ ހާފުގައި ޖަރުމަނު އޭރިއާތެރެއިން ލިބުނު ހުސް ފުރުސަތަކުން ޖެހި ބޯޅައެއް ގޯލުގެ ހުރަސްދަނޑިމަތިން ދިޔައިރު، ކައުންޓަ އެޓޭކުގައި އިންގްލެންޑްގެ ބުކާޔޯ ސަކާ ޖެހި ބޯޅަ ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފް […]

އަލީ ރިޔާޟް
ޔުއެފާ ނޭޝަނަލް ލީގް: ޕޯޗްގަލް މޮޅުވިއިރު ސްޕެއިން ވީ އެއްވަރު

ޔުއެފާ ނޭޝަނަލް ލީގް: ޕޯޗްގަލް މޮޅުވިއިރު ސްޕެއިން ވީ އެއްވަރު

ޔެެފާ ނޭޝަނަލް ލީގް ގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޕޯޗްގަލް މޮޅުވެއްޖެއެވެ. ސްވިޒިލެންޑާ ބައްދަލުކޮޑް ޕޯޗްގަލް މެޗް ކާމިޔާބް ކުރީ 4-0 ގެ ނަތީޖާއިންނެވެ. މެޗްގެ ފުރަތަަމަ ގޯލް ކާމިޔާބް ކޮށްދިނީ މެޗްގެ 15 ވަނަ މިނެޓްގައި 30 އަހަރުގެ މިޑްފީލްޑަރ ވިލިއަމް ކަވާޅިއޯ އެވެ. ޑިއެގޯ ޖޮޓާގެ އެހީތެރިކަމާއެކު ދެވަނަ ގޯލް ކާމިޔާބް ކޮށްދިނީ 35 ވަނަ މިނެޓްގައި ޕޯޗްގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭގެ 4 މިނެޓް ފަހުން ރޮނާލްޑޯ ވަނީ […]

އަލީ ރިޔާޟް
އިނގިރޭސިން ހަންގޭރީގެ އަތްދަށުވެއްޖެ

އިނގިރޭސިން ހަންގޭރީގެ އަތްދަށުވެއްޖެ

ޔުއެފާ ނެޝަނަލް ލީގް ގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އިނގިރޭސިންގެ މައްޗަށް ހަންގޭރީ ކުރިހޯދައިފިއެވެ. ގިނަވަގުތު ބޯޅަ ހިފައްަޓައިގެން ކުޅުނު އިނގިރޭސިްނގެ މައްޗަށް ހަންގޭރީ ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. މެޗްގައި ފެނުނު ހަމަ އެކަނި ގޯލް ހަންގޭރީއަށް ކާމިޔާބް ކޮށްދިނީ ޑޮމިނިކް ސޮބެސްލެއި އެވެ. މިއީ މެޗްގެ 64 ވަނަ މިނެޓްގައި ރީސް ޖޭމްސް ކުރި ފައުލަކާ ގުޅިން ލިބުނު ޕެނަލްޓީއަކުން ކާމިޔާބް ކުރި ލަނޑެކެވެ. މިގުރޫޕްގައި ޖަރުމަން އަދި އިޓަލީ ބައްދަލު […]

އަލީ ރިޔާޟް