މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު ޖަޕާނަށް M5.7 ގެ ބިންހެލުމެއް އަތުވެއްޖެ - 24 މިނިޓު ކުރިން

ކުޅިވަރު

2,740 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 130 ވަނަ ޞަފްޙާ

ފްރާންސް ލީގު: ޕީއެސްޖީ އަށް ފަސޭހަ މޮޅެއް

ފްރާންސް ލީގު: ޕީއެސްޖީ އަށް ފަސޭހަ މޮޅެއް

ފްރާންސްލީގުގައި ހޮނިހިރުދުވަުުގެރޭ ކުޅުނު މެޗު ޕީއެސްޖީ ފަސޭހަކަމާއެކު ކާމިޔާބް ކޮށްފިއެވެ. ކުލެމޮންޓް ފޫޓް އާއި ބައްދަލުކޮށް ޕީއެސްޖީ މޮޅުވީ 5-0 ގެ ނަތީޖާއިންނެވެ. ކުލެމޮންޓް ފޫޓް ދަނޑުގައި ކުޅުނު މެޗުގައި ޕީއެސްޖީއިން ވަނީ 13 ހަމަލާއެއް ގޯލާ އަމާޒުކޮށް ފޮނުވައިލާފައެވެ. ކުލެމޮންޓް ފޫޓް އަށް ޕީއެސްޖީ ގޯލާ އަމާޒްކޮށް ފޮނުވައިލެވުނީ އެންމެ ހަމަލާއެކެވެ. މި މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލް 9 ވަނަ މިމެޓްގައި ނޭމާ ޖަހއިދިނީ މެސީގެ އެހީތެރިކަމާއެކުގައެވެ. ދެވަނަ ގޯލް ނޭމާގެ އެހީތެރިކަމާއެކު މެޗްގެ...

އަލީ ރިޔާޟް
ފުރަތަމަ މެޗުން ލިވަޕޫލަށް ޕޮއިންޓެއް

ފުރަތަމަ މެޗުން ލިވަޕޫލަށް ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގެ އައު (2022/23) ސީޒަންގައި ލިވަޕޫލް ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެއްޖެއެވެ. މިރޭ ފުލަމްގެ ދަނޑުގައި ލިވަޕޫލާއި ފުލަމް ބައްދަލުކުރި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. ހީކުރެވުނު ގޮތާއި ޚިލާފަށް މެޗުގައި ދެ ފަހަރު ވެސް ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ފުލަމުންނެވެ. މެޗުގެ ފުރަތަމަ ލަނޑު 32 ވަނަ މިނެޓުގައި ލިވަޕޫލްގެ އޭރިއާތެރެއަށް ފުލަމްގެ ކެނީ ޓެޓޭ ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ […]

އިބްރާހިމް ޚަލީލް
ލީގު ފެށި މެޗުން ބަޔާންއަށް ބޮޑު މޮޅެއް

ލީގު ފެށި މެޗުން ބަޔާންއަށް ބޮޑު މޮޅެއް

ޖަރުމަންލީގް ފެށިމެޗުން 6-1 ގެ ނަތީޖާއިން ފްރެންފޯޓް ގެ މައްޗަށް ބަޔާން މިއުނިކް ކުރި ހޯދައިފިއެވެ. މެޗް ފަށައިގެން 5 ވަނަ މިނެޓްގައި ޖޯޝުއާ ކިމިޗް ވަނީ ބަޔާން އަށް ލީޑް ނަގައިދީފައެވެ. އޭގެ 5 މިނެޓް ފަހުން މެޗްގެ 10 ވަނަ މިނެޓްގައި ބަޔާންގެ ދެވަނަގޯލް ޖައިދިނީ ފުރާސް ޑިފެންޑަރ ޕަވާޑް އެވެ. 3 ވަނަ ގޯލް 29 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ސާޑިއޯ މާނޭ އެވެ. 4 ވަނަ ގޯލް ޖަމާލް މުސިއަލާ […]

އަލީ ރިޔާޟް
ލީގުގެ ފުރަތަމަ މެޗު އާސެނަލް ކާމިޔާބު ކޮށްފި

ލީގުގެ ފުރަތަމަ މެޗު އާސެނަލް ކާމިޔާބު ކޮށްފި

2022-2023 އިނގިރޭސި ލީގުގެ ފުރަތަމަ މެޗުން 2-0 ގެ ނަތީޖާއިން ކްރިސްޓަލް ޕެލަސް ގެ މައްޗަށް އާސެނަލް ކުރި ހޯދައިފިއެވެ. ސިޓީއިން އާސެނަލް އަށް ބަދަލުވި ޖީސަސް އަދި ޒިންޗެންކޯ ފުރަތަމަ 11 ގައި ކުޅުނު މެޗުގައި އާސެނަލްއިން ފުރަތަމަ ގޯލް ޖެހީ ޒިންޗެންކޯ ބޮލުން ގޯލް ކުރިމަށްޗަށް ހުރަސް ކޮށްދިން ބޯޅައަކުން މެޗްގެ 20 ވަނަ މިނެޓްގައި ބުރެޒިލްގެ ފޯރވާޑް ގެބްރިއަލް މާޓިނެއްލީ އެވެ. މިގޯލް މާޓިނެއްލީ ކާމިޔާބް ކުރީ ބޮލުން ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. […]

އަލީ ރިޔާޟް
އިންގްލެންޑުން ފުރަތަމަ ފަހަރަށް އަންހެނުންގެ ޔޫރޯ ކާމިޔާބުކޮށްފި

އިންގްލެންޑުން ފުރަތަމަ ފަހަރަށް އަންހެނުންގެ ޔޫރޯ ކާމިޔާބުކޮށްފި

އިންގްލެންޑުގެ އަންހެން ފުޓްބޯޅަ ޓީމުން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފިއެވެ. މިއީ އިންގްލެންޑްގެ އަންހެން ޓީމް މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ރޭ އިންގްލެނޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗު އިންގްލެންޑުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއުން ޖަރުމަނު ބަލިކޮށްގެންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް ހާފު ނިމުނީ ދެޓީމަށް […]

އިބްރާހިމް ޚަލީލް
ޕީއެސްޖީން ފްރާންސްގެ ޓްރޮފީސް ޑި ޗެމްޕިއަންސް ކާމިޔާބުކޮށްފި

ޕީއެސްޖީން ފްރާންސްގެ ޓްރޮފީސް ޑި ޗެމްޕިއަންސް ކާމިޔާބުކޮށްފި

ފުރާސްގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު ފްރާންސްގެ ޓްރޮފީސް ޑި ޗެމްޕިއަންސް ޕީއެސްޖީ އިން ކާމިޔާބުކޮށްފި އެވެ. އިޒްރޭލްގެ ޓެލްއަވީވް ގައި ކުޅުނު މިމެޗް ނޯންޓެސް ގެ މައްޗަށް ޕީއެސްޖީއިން ކުރިހޯދީ 4-0 ގެ ނަތީޖާއިންނެވެ. މެޗުގެ 33 ވަނަ މިނެޓްގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ ލިއޮނަލް މެސީ އެވެ. ނޭމާ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، މެސީ މި ގޯލު ޖެހީ ނޯންޓެސްގެ ކީޕަރު އަލްބާން ލަފޯން ކައިރިން ނައްޓައިފަ އެވެ. ދެވަނަގޯލް ފުރަތަމަ […]

އަލީ ރިޔާޟް
ބަޔާން މިއުނިކުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި

ބަޔާން މިއުނިކުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި

ޖަރުމަނު ބުންޑަސް ލީގުގެ އައު ސީޒަން ފެށުމުގެ ގޮތުން، ފާއިތުވި ސީޒަންގެ ލީގުގެ ޗެމްޕިއަންއާއި ޖަރުމަނު ކަޕްގެ ޗެމްޕިއަންގެ މެދުގައި ކުޅޭ ސުޕަ ކަޕް މެޗުގައި އާރުބީ ލެއިޕްޒިގްގެ މައްޗަށް ކުރިހޯދައި ބަޔާން މިއުނިކުން ސުޕަ ކަޕް ކާމިޔާބު ކޮށްފިއެވެ. މިއީ ޖަރުމަނުގެ ސުޕަ ކަޕް ބަޔާން މިއުނިކުން ކާމިޔާބުކުރި 10 ވަނަ ފަހަރެވެ. ރޭ ރެޑްބުލް އެރީނާގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 5-3 ގެ ނަތީޖާއަކުން ލެއިޕްޒިގްގެ މައްޗަށް ކުރި […]

އިބްރާހިމް ޚަލީލް
ލިވަޕޫލްއިން 16 ވަނަ ފަހަރަށް ކޮމިއުނިޓީ ޝީލްޑް އުފުލާލައިފި

ލިވަޕޫލްއިން 16 ވަނަ ފަހަރަށް ކޮމިއުނިޓީ ޝީލްޑް އުފުލާލައިފި

އުރުގުއޭގެ ހުނަރުވެރި ފޯވާޑް ޑާވިން ނުނޭޒް ޖެހި ގޯލާއެކު 3-1 ގެ ނަތީޖާއިން ސިޓީގެ މައްޗަށް ކުރިހޯދާ 16 ވަނަ ފަހަރަށް ލިވަޕޫލްއިން ކޮމިއުނިޓީ ޝީލްޑް އުފުލާލައިފިއެވެ. ލެސްޓާސިޓީ ދަނޑުގައި ކުޅުނު މެޗް ގައި ލިވަޕޫލަށް ފުރަތަމަ ގޯލް ކާމިޔާބް ކޮށްދިނީ ސަލާހް ގެ އެހީތެރިކަމާއެކު އެލެކްސެންޑްރާ އާނޯލްޑް އެވެ. މަހަރޭޒްގެ ބަދަލުގައި ކުޅެން ނުކުމެ އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް އަލްވަރޭޒް 70 ވަނަ މިނެޓްގައި ވަނީ މެޗްގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މީ މި […]

އަލީ ރިޔާޟް
ކޮމިއުނިޓީ ޝީލްޑް: މެންޗެސްޓަރސިޓީ - ލިވަޕޫލް މެޗް މިރޭ

ކޮމިއުނިޓީ ޝީލްޑް: މެންޗެސްޓަރސިޓީ - ލިވަޕޫލް މެޗް މިރޭ

މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް ވާދަކުރާ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުން އިނގިރޭސި ފުޓްބޯޅަ ސީޒަން މިރޭ ފަށާނެ އެވެ. ސިޓީ އާއި ލިވަޕޫލް އަކީ މިހާރު އިނގިރޭސި ފުޓްބޯޅައިގައި އެންމެ ވަރުގަދަ ދެޓީމެވެ. މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ސިޓީ ހޯދީ ލިވަޕޫލަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ލިވަޕޫލުން އިން ވަނީ އިނގިރޭސި އެފްއޭ ކަޕާއި އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައެވެ. އާސީޒަނާ މި ދެ ޓީމު ވެސް ކުރިމަތިލަނީ […]

އަލީ ރިޔާޟް
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް، ރާއްޖެ ޓީމު އިންޑިއާ އަށް 

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް، ރާއްޖެ ޓީމު އިންޑިއާ އަށް 

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ވިހި އަހަރުން ދަށުގެ ދިވެހި ގައުމީ ފުޓްބޯޅަ ޓީމު އިންޑިއާ އަށް އިއްޔެ ފުރައިފި އެވެ. އަންނަ ހޯމަ ދުވަހު އިންޑިއާގެ ބުނަނޭޝްވަރު ގައި ފަށާ ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިފަހަރު ވާދަކުރަނީ ފަސް ގައުމަކުންނެވެ. އެއީ ރާއްޖެ އާއި އިންޑިއާގެ އިތުރުން ނޭޕާލާއި، ސްރީ ލަންކާ އަދި ބަންގްލަދޭޝް އެވެ. މި އަހަރުގެ މުބާރާތުގެ ފުރަތަަމަ މެޗުގައި އަންނަ ހޯމަ ދުވަހު ދިވެހިރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖެ […]

ސަނިއްޔާ އަބޫބަކުރު
އެރިކްސަން މެންޗެސްޓާ ޔުނައިޓެޑަށް

އެރިކްސަން މެންޗެސްޓާ ޔުނައިޓެޑަށް

ޑެންމާކްގެ ހުނަރުވެރު މިޑްފީލްޑަރ ކްރިސްޓިއަން އެރިކްސަން ހިލޭ ޓްރާންސްފާއެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ. ނެދަލެންޑްސްގެ އަޔެކްސްއަށާއި އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމްއަށާއި ބްރެންޓްފޯޑްގެ އިތުރުން އިޓަލީގެ އިންޓަ މިލާނަށް ވެސް ކުޅެފައިވާ އުމުރުން 30 އަހަރުގެ އެރިކްސަން ޔުނައިޓެޑަށް ސޮއިކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އެރިކްސަން 2025 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ޔުނައިޓެޑްގައި މަޑުކުރާނެއެވެ. ޔުނައިޓެޑަށް...

އިބްރާހިމް ޚަލީލް
ދުރަކު ނުހުރެވުނު، އާއްކޮ އެނބުރި ދަނޑައް

ދުރަކު ނުހުރެވުނު، އާއްކޮ އެނބުރި ދަނޑައް

މި އަހަރުގެ ކުރީކޮޅު ކުޅުން ހުއްޓާލިކަން އިއުލާންކުރި، ޒުވާން ހުނަރުވެރި ފޯވާޑް އަހްމަދު އިމާޒް، އާއްކޮ އަލުން އެނބުރި ބޯޅަ ދަނޑަށް އައުމަށް ތައްޔާރުވެއްޖެއެވެ. އާއްކޮ އެނބުރި ދަނޑަށް ނުކުންނަނީ ވިކްޓްރީ ގެ ކުޅުން ތެރިއެއްގެ ގޮތުގައެވެ. 2018 ވަނަ އަހަރުގެ ސާފްޗެމްޕިންޟިޕް ތަށި ރާއްޖެއަށް ހޯދައިދިން ގައުމީޓީމްގައި ހިމެނުނު އާއްކޮ ޒުވާން އުމުރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލި ހަބަރަކީ މުޅި ފްޓްބޯޅަ އާއިލާއަށްވެސް ސިހުންގެނުވި ހަބަރެކެވެ. މަހެންދުރަ ރާޖަބަކްސާ ރާއްޖެއަށް ހޯދައިދިން ހުނަރުވެރި ފޯވާޑް އ...

އަލީ ރިޔާޟް
ޑެމްބެލޭ އެއްބަސްވުން އައުކޮށްފި

ޑެމްބެލޭ އެއްބަސްވުން އައުކޮށްފި

ފްރާންސްގެ ފޯވާޑް އުސްމާނޭ ޑެމްބެލޭ ބާސެލޯނާއާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށް އިތުރު ދެ އަހަރު އެ ޓީމުގައި މަޑުކުރަން ނިންމައިފިއެވެ. އުމުރުން 25 އަހަރުގެ ޑެމްބެލޭ ބާސާއާއިއެކު ކުރިން ހަދާފައިވާ އެއްބަސްވުން މި ހޫނު މޫސުމުގައި ހަމަވި ނަމަވެސް މިހާރު އޭނާ ވަނީ 30 ޖޫން 2024 ގެ ނިޔަލަށް އެ ޓީމުގައި މަޑުކުރަން ނިންމާފައެވެ. ޑެމްބެލޭ ބާސެލޯނާއާއި ގުޅިފައިވަނީ 2017 ވަނަ އަހަރު ބޮރޫޝިއާ ޑޯޓްމަންޑުން 96.8 މިލިއަން ޕައުންޑްގެ ފީއަކަށެވެ. ޑެމްބެލޭ ބޮޑު އަގުގައި […]

އިބްރާހިމް ޚަލީލް
ވިމްބަލްޑަން ޓެނިސް މުބާރާތް ޖޮކޮވިޗް ކާމިޔާބުކޮށްފި

ވިމްބަލްޑަން ޓެނިސް މުބާރާތް ޖޮކޮވިޗް ކާމިޔާބުކޮށްފި

ވިމަބަލްޑަން ޓެނިސް މުބާރާތް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވާކް ޖޮކޮވިޗް ކާމިޔާބު ކޮށްފިއެވެ. ޖިކޮވިޗް މި މުބާރާތް ޖުމްލަ ހަތްފަހަރު ކާމިޔާބު ކޮށްފައިވާއިރު، މިއީ އޭނާ މި މުބާރާތް ވިދިވިގެން ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. މި މުބާރާތް ވިދިވިދިގެން ހަތަރުފަހަރު ކާމިޔާބު ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޖޮކޮވިޗްގެ އިތުރުން ރޮޖާ ފެޑެރާ، ޕީޓަ ސަމްޕަރަސް އަދި ބިޔޯން ބޯގްއެވެ. އާދީއްތަ ދުވަހު ކުޅުނު ފައިނަލް މެޗުގައި ޖޮކޮވިޗާއި ދެކޮޅަށް ކުޅެފައިވަނީ އޮސްޓްރޭލިއާގެ ނިކް...

އިބްރާހިމް ޚަލީލް
ވެކްސިން މަޢުލޫމާތު ހާމަ ނުކުރާތީ ކަންޓޭއާއި ޗީކަށް، އެމެރިކާ ޓްއާގައި ބައިވެރިނުވެވުނު

ވެކްސިން މަޢުލޫމާތު ހާމަ ނުކުރާތީ ކަންޓޭއާއި ޗީކަށް، އެމެރިކާ ޓްއާގައި ބައިވެރިނުވެވުނު

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރެއްކަމަށްވާ ޗެލްސީ ފުޓްބޯލް ކުލަބްގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ދެ ކުޅުންތެރިންކަމަށްވާ އެންގޯލޯ ކަންޓޭއާއި، ލޮފްޓަސް ޗީކް، ކޯވިޑް ވެކްސިން ޖެހިކަމުގެ މަޢުލޫމާތު ފުރިހަމައަށް ހާމަކޮށްފައި ނުވާތީ އެ ޓީމުން ޕްރީ ސީޒަންގައި އެމެރިކާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ބައިވެރި ވުމުގެ ފުރުޞަތު އެ ދެކުޅުންތެރިންނަށް ގެއްލިއްޖެއެވެ. ކޯވިޑް ވެކްސިން ފުރިހަމަކޮށް އެ މަޢުލޫމާތު ފުރިހަމައަށް ހާމަނުކުރާ ފަރާތްތަކަށް އެމެރިކާއަށް އެތެރެވުމުގެ ފު...

އިބްރާހިމް ޚަލީލް