އެފްއޭ ކަޕް: އެވަޓަން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ބުރުގައި އެވަޓަންއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ލަނޑުޖަހައި ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި އެ ޓީމްގެ ފޯވާޑް ރަޝްފޯޑް އެވަޓަންގެ އޭރިއާތެރެއަށް ވަދެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ […]