މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,741 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 109 ވަނަ ޞަފްޙާ

ޔުވެންޓަސް ބަލިކޮށް، ނަޕޯލީން ދިހަ ޕޮއިންޓްގެ ލީޑެއް

ޔުވެންޓަސް ބަލިކޮށް، ނަޕޯލީން ދިހަ ޕޮއިންޓްގެ ލީޑެއް

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާއި ނަޕޯލީ ބައްދަލުކުރި މެޗު ތަފާތު ބޮޑުކޮށް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ނަޕޯލީން 10 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ރޭ ނަޕޯލީގެ ޑިއެގޯ އާމަންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ނަޕޯލީން ޔުވެންޓަސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނަޕޯލީން ލީގުގައި މިހާތަނަށް 18 މެޗު ކުޅެފައިވާއިރު، އެ ޓީމް ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. […]

އިބްރާހިމް ޚަލީލް
ފުލަމް އަތުން ޗެލްސީ ބަލިވިއިރު، ފެލިކްސްއަށް ރަތެއް

ފުލަމް އަތުން ޗެލްސީ ބަލިވިއިރު، ފެލިކްސްއަށް ރަތެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ފުލަމް ބައްދަލުކުރި މެޗުގައި ފުލަމް ކާމިޔާބު ކޮށްފިއެވެ. ފުލަމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޗެލްސީގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. އެތުލެޓިކޯ ދޫކޮށް ހަ މަސް ދުވަހުގެ ލޯނަކަށް ޗެލްސީން ގެނައި، ފެލިކްސް އަށް ރޭގެ މެޗުގެ 58 ވަނަ މިނެޓުގައި ވަނީ ރަތްކާޑު ދައްކާފައެވެ. އޭނާއަށް ރަތްކާޑު ދައްކާފައި ވަނީ ފުލަމް ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދުމަށް ކުރި […]

އިބްރާހިމް ޚަލީލް
ސްޕެނިޝް ސްޕަރ ކަޕް: ރެއާލް ބެޓިސް ބަލިކޮށް ބާސާ ފައިނަލަށް

ސްޕެނިޝް ސްޕަރ ކަޕް: ރެއާލް ބެޓިސް ބަލިކޮށް ބާސާ ފައިނަލަށް

ސްޕެނިޝް ސްޕަރ ކަޕް ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ބާސެލޯނާއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ބާސާ ޖާގަ ހޯދައިފިއެވެ. ރޭ ސައުދީ އަރަބިއްޔާގެ ގިންގް ފަހުދު ސްޓޭޑިއަމްގައި ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނެތީޖާއިން އެއްވަރު ވެފައެވެ. މެޗުން ބާސާ މޮޅުވީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-2 އިން ކުރި ހޯދައިގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ […]

އިބްރާހިމް ޚަލީލް
ސްޕެނިޝް ސްޕަރ ކަޕް: ވެލެންސިއާ ބަލިކޮށް ރެއާލް ފައިނަލަށް

ސްޕެނިޝް ސްޕަރ ކަޕް: ވެލެންސިއާ ބަލިކޮށް ރެއާލް ފައިނަލަށް

ސްޕެނިޝް ސްޕަރ ކަޕްގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ވެލެންސިއާ އަތުން މޮޅުވެ މުބާރާތުގެ ފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދައިފިއެވެ. ރޭ ސައުދީ އެރެބިއާގެ ކިންގް ފަހުދު ސްޓޭޑިއަމްގައި ވެލެންސިއާއާއި ރެއާލް ބައްދަލުކުރި މެޗު ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ދެ ހާފު ކުޅެ ނިމުނު އިރު ވެސް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ރެއާލް މެޗުން މޮޅުވެފައި ވަނީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއިން ވެލެންސިއާގެ މައްޗަށް […]

އިބްރާހިމް ޚަލީލް
އިނގިރޭސި ލީގު ކަޕުން ސިޓީ ކަޓައިފި

އިނގިރޭސި ލީގު ކަޕުން ސިޓީ ކަޓައިފި

އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ސައުތުހެމްޓަން އަތުން ބަލިވެ، މެންޗެސްޓާ ސިޓީ މުބާރާތުން ކަޓައިފިއެވެ. ރޭ ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލް މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ރޭގެ މެޗަށް ސިޓީން ނުކުމެފައި ވަނީ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. މިގޮތުން އެ ޓީމްގެ އެއް ނަމްބަރު ފޯވާޑް ހާލަންޑްގެ ބަދަލު ރޭ ފުރަތަމަ އެގާރައިން ގާޑިއޯލާ ފުރުޞަތު ދީފައި ވަނީ އާޖެންޓީނާގެ ޒުވާން ފޯވާޑް […]

އިބްރާހިމް ޚަލީލް
ހޭންޑްބޯލް ގައުމީ ޓީމުތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ހޭންޑްބޯލް ގައުމީ ޓީމުތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމުތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސް އަހްމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ ސަރބިއާގެ ކޯޗަކާއި އެކު ދިވެހި ގައުމީ ހޭންޑްބޯލް ސްކޮޑު އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވަނީ މި ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ކަމަށެވެ. އަދި ފަރިތަކުރުންތައް ކުރިއަށްދަނީ ރޭގަނޑު ކަމަށެވެ. އޭނާ ވިދާޅުވީ ގައުމީ ސްކޮޑަށް ކުޅުންތެރިން ހޮވުމަށް މިހާރުކުރިއަށްދާ ފަރިތަކުރުންތަކުގައި އަންހެން 30 އަދި ފިރިހެން 30 [...

މުޙައްމަދު އަފްރާޙް
ޔުނައިޓެޑް އިނގިރޭސި ލީގު ކަޕްގެ ސެމީއަށް

ޔުނައިޓެޑް އިނގިރޭސި ލީގު ކަޕްގެ ސެމީއަށް

އިނގިރޭސި ލީގު ކަޕް ކުއާޓާ ފައިނަލުގައި ޗާލްޓަން އެތުލެޓިކް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. ރޭ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މެޗު، އެ ޓީމުން ޗާލްޓަންގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 21 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެންތަނީއެވެ. ޗާލްޓަންގެ އޭރިއާ ބޭރުން ފްރެޑް އެންތަނީއަށް ކުޅުނު ބޯޅަ ކޮންޓްރޯލް […]

އިބްރާހިމް ޚަލީލް
އަރުތަ ޕްރޮގްރާމްގެ އެތުލީޓުންގެ ލިސްޓުގައި ދީމާގެ ނަން ހިމަނައިފި

އަރުތަ ޕްރޮގްރާމްގެ އެތުލީޓުންގެ ލިސްޓުގައި ދީމާގެ ނަން ހިމަނައިފި

އަރުތަ ޕްރޮގްރާމްގެ އެތުލީޓުންގެ ލިސްޓުގައި ރަސްމީކޮށް ޓީޓީ ތަރި ފާތިމަތު ދީމާ އަލީ ގެ ނަން ހިމަނައިފި އެވެ. މިއީ ކުޅިވަރުތަކަށް ޒުވާން ކުޅުންތެރިން ތަމުރީނުކޮށް ކުރިއެރުވުމުގެ މަގުސަދުގައި ޔޫތު މިނިސްޓްރީން ފެށި ޕްރޮގްރާމެކެވެ. ދީމާގެ ނަން އެ ލިސްޓުގައި ހިމެނާފައިވާކަން ހާމަކުރައްވާ ކުޅިވަރާއިބެހޭ ވަޒީރު އަހްމަދު މަހްލޫފު ވަނީ ޓްވީޓެެއް ކުރައްވާފަ އެވެ. އެ ޓްވީޓުގައި ވިދާޅުވީ އަރުތަ ޕްރޮގްރާމްގެ އެތުލީޓުންގެ ލިސްޓުގައި ރަސްމީކޮށް ޓީޓީ ތަރި ދީމާވެސް މިވަނީ ހިމެނިފައިވާ ކަމަށެވެ. އަދި ރާއްޖޭއިން...

މުޙައްމަދު އަފްރާޙް
ލޮރިސް ފްރާންސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ލޮރިސް ފްރާންސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ފްރާންސާއި ޓޮޓެންހަމްގެ ގޯލްކީޕަރ ހޫގޯ ލޮރިސް އުމުރުން 36 އަހަރުގައި ފްރާންސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. ލޮރިސް ފްރާންސް ގައުމީ ޖޯޒީގައި އެންމެ ފަހުން ކުޅެފައި ވަނީ މިދިޔަ ޑިސެމްބަރ 18 ވަނަ ދުވަހު ގަތަރުގައި ނިމިގެންދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި އާޖެންޓީނާއާއި ދެކޮޅަށެވެ. ލޮރޮސް ބުނެފައި ވަނީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ، ގައުމީ ޓީމަށް ހުރިހާ ކަމެއް ކޮށްދެވިފައިވާ ކަމުގެ އިހުސާސާއި އެކުގައި ކަމަށެވެ. ކުރިއަށް އޮތް […]

އިބްރާހިމް ޚަލީލް
އެފްއޭ ކަޕް: އޮކްސްފޯޑް ޔުނައިޓެޑް ބަލިކޮށް އާސެނަލް ހަތަރުވަނަ ބުރަށް

އެފްއޭ ކަޕް: އޮކްސްފޯޑް ޔުނައިޓެޑް ބަލިކޮށް އާސެނަލް ހަތަރުވަނަ ބުރަށް

އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ އާސެނަލްއާއި އޮކްސްފޯޑް ޔުނައިޓެޑް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުނަ އާސެނަލް ޖާގަ ހޯދައިފިއެވެ. ރޭ އޮކްސްފޯޓް ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އޮކްސްފޯޑުން ވަނީ އާސެނަލަށް ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ. ނަމަވެސް ދެވަނަ ހާފުގައި އާސެނަލުން ވަނީ ތިން ލަނޑު ޖަހައި މެޗު ކާމިޔާބު ކޮށްފައެވެ. ފުރަތަމަ […]

އިބްރާހިމް ޚަލީލް
ބޭލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ބޭލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

އުމުރުން 33 އަހަރުގައި ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. ވޭލްސްއައް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ބޭލް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިޢުލާން ކޮށްފައި ވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ. ބޭލް ވަނީ ވޭލްސްގެ ޖޯޒީގައި 111 މެޗު ކުޅެ 41 ލަނޑު ޖަހައިދީފައެވެ. އޭނާ ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ފުޓްބޯޅައިގައި އެންމެ އުނދަގޫ ނިންމުމަކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ކަމަށެވެ. ގައުމީ […]

އިބްރާހިމް ޚަލީލް
އެފްއޭ ކަޕް: ފަސޭހަ ކަމާއިއެކު ޗެލްސީ ބަލިކޮށް ސިޓީ އަނެއް ބުރަށް

އެފްއޭ ކަޕް: ފަސޭހަ ކަމާއިއެކު ޗެލްސީ ބަލިކޮށް ސިޓީ އަނެއް ބުރަށް

އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ޗެލްސީއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު، ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ސިޓީ ޖާގަ ހޯދައިފިއެވެ. ރޭ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ދެ ޓީމްގެ ވެސް މި މެޗަށް ނުކުމެފައި ވަނީ އާންމުކޮށް ފުރަތަމަ އެގާރާގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ފުރަތަމަ އެގާރާގައި ނުހިމަނައެވެ. ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން […]

އިބްރާހިމް ޚަލީލް
ޖެހިޖެހިގެން ހޯދި އަށް ވަނަ މޮޅާއިއެކު ޔުވެންޓަސް ދެވަނައަށް

ޖެހިޖެހިގެން ހޯދި އަށް ވަނަ މޮޅާއިއެކު ޔުވެންޓަސް ދެވަނައަށް

އިޓާލިއަން ލީގުގައި ޔުވެންޓަސް އެންމެ ފަހުން ކުޅުނު އަށް މެޗު ވެސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސް ނުކުމެފައި ވަނީ އުދިނޭޒީއާއި ދެކޮޅަށެވެ. މި މެޗު 1-0 ގެ ނަތީޖާއިން ޔުވެންޓަސް ވަނީ ކާމިޔާބު ކޮށްފައެވެ. މެޗު ފަށައިގެން ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ އުދިނޭޒީންނެވެ. އެ ޓީމްގެ ވެލަސް ބޮލުން ފޮނުވާލި ހަމަލާ ޔުވެންޓަސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އުދިނޭޒީގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން […]

އިބްރާހިމް ޚަލީލް
ވިޔަރެއާލް އަތުން ބަލިވެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ރެއާލުން ނަގާލައިފި

ވިޔަރެއާލް އަތުން ބަލިވެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ރެއާލުން ނަގާލައިފި

ސްޕެނިޝް ލަލީގާގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި މެޗު ވިޔަރެއާލުން ކާމިޔާބު ކޮށްފިއެވެ. މިރޭ ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިން ރެއާލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރެއާލް އަތުން ވިޔަރެއާލް މިރޭ މޮޅުވިއިރު، މިއީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހަށް ފަހު ރެއާލް އަތުން އެ ޓީމަށް މޮޅުވެވުނު ފުރަތަމަ ފަހަރެވެ. އެ މުއްދަތުގައި މި ދެ […]

އިބްރާހިމް ޚަލީލް
ނަސްރުގެ 100 ވަނަ މެރެތަން ޓޯކިޔޯ ނުވަތަ ލަންޑަނުގައި!

ނަސްރުގެ 100 ވަނަ މެރެތަން ޓޯކިޔޯ ނުވަތަ ލަންޑަނުގައި!

ފުލް މެރަތަން ނުވަތަ 42.195 ކިލޯމީޓަރު (މާލެވަށާ 8 ބުރު) ޖެހުމަކީ އާދައިގެ ކަމެއް ނޫނެވެ. ވަރަށް ހިތްވަރު ހުރި މީހަކަށް ނޫނީ ނުވާނެއެވެ. ޓްރެއިނިން ތަކެއް ހަދަން ޖެހެއެވެ. ގުރްބާނީތަކެއް ވާން ޖެހެއެވެ. ހާއްސަކޮށް ވަކި ވަގުތެއްގެ ކުރިން ކޮންމެ ދުވުމެއް ނިންމުމަކީ ހިތްވަރާއި ބުންވަރު ހުރެގެން ކުރެވޭނެ ކަމެކެވެ. ރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި އޮންނަގޮތުން ކާންބޯން މަސައްކަތްކުރުމަށްފަހު، އާއިލާއަށް ވަގުތުދީ ކަސްރަތު ކުރުމަށް ހިނދުކޮޅެއް ހޭދަކުރުމަކީ ވަރަށް މަދު ބަޔަކަށް ކުރެވޭ ކަމެކެވެ. އެހެންނަމ...

މުޙައްމަދު އަފްރާޙް