ޙަޔާތުގެ ތަފާތު ދެދުވަސް: ދަރިންނާއި އެކު ވަގުތު ހޭދަކުރުމުގެ މުހިންމުކަން
އަހަރެންގެ ބައްޕަ ދުނިޔެ ދޫކުރެއްވިތާ ގާތްގަނޑަކަށް 5 އަހަރު ފުރުނީއެވެ. ބައްޕަ ނިޔާވި ދުވަހުގެ ކުރީ ދުވަހަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. އެހެންކަމުން ޙަޔާތުގައި ތަޖުރިބާކުރަން ޖެހުނު އެންމެ އުފާވެރި ދުވަހާއި އެންމެ ހިތާމަވެރި ދުވަސް އަހަންނާ ބައްދަލު ކުރީ ޖެހިޖެހިގެން އައި ދެ ދުވަހުގެ ގޮތުގައެވެ. އޭރު އަހަރެމެން އުޅެމުންދިޔައީ އަހަރެމެންގެ ރަށުގައެވެ. ޢާއިލާގައި ހިމެނޭ 13 ކުދިންނަށް ކާންބޯންދީ އަންނައުނާއި ބޯހިޔާވަހިކަމާއި ޞިއްހީ ފަރުވާއާއި ތަޢުލީމު ހޯދައިދިނުމަށްޓަކައި...