ޢިލްމްވެރިންގެ ގުޅުމުން "އުތެމަ" އިން ނެރެފައިވާ ބަޔާން ކުށްވެރިކޮށްފި
މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އެފަދަ ޢަމަލުތަކަށް ޤާނޫނީ ބާރުތައް ހޯދައިދިނުމަށް މަގުފަހިކުރުމަށް ކުރާ މަސައްކަތްތައް ފާޅުކޮށް ފެންނަންހުރި ބަޔާނެއް “އުތެމަ” ޖަމްޢިއްޔާއިން ނެރެފައިވާ ކަމަށާއި، އެޖަމްޢިއްޔާއާއި އެކަމުގައި ބައިވެރިވެފައިވާ ފަރާތަކުގެ އެ ޢަމަލުތަކަށް އިންކާރުކޮށް އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށް ޢިލްމް ވެރިންގެ ގުޅުމުން ބުނެފިއެވެ. ޢިލްމް ވެރިންގެ ގުޅުމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “އުތެމަ” ޖަމްޢިއްޔާ ނިވާފަތްގަނޑެއްކަމުގައި ހަދައިގެނ...