މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 996 ވަނަ ޞަފްޙާ

މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން ހާމަކުރަން މެޖޯރިޓީ މެމްބަރުން ބޭނުމެއް ނުވޭ!

މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން ހާމަކުރަން މެޖޯރިޓީ މެމްބަރުން ބޭނުމެއް ނުވޭ!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފިރިންނާއި އަނބިދަރިންގެ މާލީ ބަޔާން އާންމުނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން އާންމު ކޮމެޓީއިން މަޖިލިސްގެ ޤަވާޢިދަށް ގެނައި އިސްލާހު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. 19 ވަނަ މަޖިލީހުގެ ކުރިން ހިނގާ ދިޔަ ދައުރުތަކުގައި މެމްބަރުންގެ ފިރިންނާއި އަނބިދަރިންގެ މާލީ ބަޔާން އާންމު ކުރަން ޖެހޭ ގޮތަށް މަޖިލިސް ޤަވާޢިދަކު ނޯވެއެވެ. އެ ބައި މަޖިލިސް ޤަވާއިދުގައި ހިމެނީ ނަޒާހަތްތެރި މަޖިލިސްއެއްކަން ކަށަވަރުކޮށް...

އަލީ އާދިލް
އޭއައިއައިބީން ރާއްޖެއަށް 7.3 މިލިއަން ޑޮލަރުގެ ލޯނެއް ދެނީ

އޭއައިއައިބީން ރާއްޖެއަށް 7.3 މިލިއަން ޑޮލަރުގެ ލޯނެއް ދެނީ

ކޯވިޑް19 އިން ރައްކާތެރިވުމަށް އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކުން 7.3 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއަށްދޭން ނިންމައިފިއެވެ. މި ލޯނު ދިނުމަށް އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މިހާރު ވަނީ ނިންމާފައެވެ. އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކު، އޭއައިއައިބީން ބެންކުން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނީ މިއީ އެ ބޭންކުން ރާއްޖެއަށް ފޯރުކޮށްދޭ ފުރަތަމަ ޕްރޮޖެކްޓް ފައިނޭންސިން ކަމަށެވެ. އަދި މިއީ ރާއްޖޭގައި ކޯވިޑް19 ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށާއި ޕާސަނަލް ޕްރޮ...

ޔުމްނާ ޢަލީ
ހަނިމާދޫގައި ރީޖަނަލް ލެބޯޓްރީ ޤާއިމްކުރުމަށް ބީލަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

ހަނިމާދޫގައި ރީޖަނަލް ލެބޯޓްރީ ޤާއިމްކުރުމަށް ބީލަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

ހދ. ހަނިމާދޫގައި ރީޖަނަލް ލެބޯޓަރީގެ މަސައްކަތް ޑިޒައިން، ބިލްޑް އަދި ކޮންސްޓްރަކްޝަން އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ކޮށްފައިވާ އިޢުލާނަށް ބީލަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މިކަމާއި ގުޅިގެން އެ މިނިސްޓްރީއިން 20 އޭޕްރިލް 2020 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ބީލަން ހުޅުވުން އޮންނާނީ 03 ޖޫން 2020 ވާ ބުދަ ދުވަހުގެ 13:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. ނަމަވެސް ބީލަން ހުޅުވުމުގެ މުއްދަތު […]

އިބްރާހިމް ޚަލީލް
ލޯންޗެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ

ލޯންޗެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ

ކޯމޯ މާލިފުށި ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއްގައި ރޯވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާން ރޯވީ “މާލިފުށި 2” ނަމަކަށް ކިޔާ ލޯންޗެއްގައި އަލިފާން ރޯވުމާއި ގުޅިގެން، ލޯންޗުން ދަތުރުކުރަމުން ދިޔަ ދެ މީހަކު ފިހިފައިވާކަމަށެވެ. ލޯންޗުގައި އަލިފާން ރޯވީ ރިސޯޓުން ފުރައިގެން މާލެ ދިއުމުގެ މަގުމަތީގައި ގުރައިދޫއަށް ޖައްސަން ދަނިކޮށް، އެރަށު ބޭރުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ލޯންޗެއްގައި ރޯވެ ދެ މީހަކު ފިހިއްޖެhttps://t.co/4TwTPKPVjM pic...

ޔުމްނާ ޢަލީ
އިސްލާމްދީނަށް ތައުހީނުކުރާ މީހުންނަށް ހައްޤު އަދަބުދޭން ގޮވާލާ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ބަޔާނެއް

އިސްލާމްދީނަށް ތައުހީނުކުރާ މީހުންނަށް ހައްޤު އަދަބުދޭން ގޮވާލާ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ބަޔާނެއް

އިސްލާމްދީނުގެ އަސްލު އުސޫލުތައް ތަރުހީނު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި އެދީނުގެ މަތިވެރި އުސޫލުތަކާއި ޚިލާފަށް ކުރެވޭ ކަންކަން ކުށްވެރިކުރުމާއި އެކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް އަދާލަތު ޕާޓީ (އޭޕީ) ގެ ޢިލްމުވެރިންގެ މަޖިލީހުން ގޮވާލާއިފިއެވެ. އެޕާޓީއިން މިރޭ ނެރުނުބަޔާނުގައި ބުނެފައިވަނީ އިސްލާމީ ޝަރީޢަތުގެ މައިގަނޑު މަޤުޞަދަކީ އިސްލާމްދީނާއި، މީސްތަކުންގެ ފުރާނައާއި، މުދަލާއި، ބުއްދިއާއި، އިންސާނީ ނަސްލާއި އަބުރާއި ޢިއްޒަތް ރައްކާތެރިކުރުންކަމަށާއި މިކަންކަން ރައް...

އަލީ އާދިލް
މާދަމާއިން ފެށިގެން ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5 ކުން ރޭގަނޑު 10 އަކަށް

މާދަމާއިން ފެށިގެން ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5 ކުން ރޭގަނޑު 10 އަކަށް

މާދަމާއިން ފެށިގެން ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި އަކީ ފަތިހު 5 ކުން ރޭގަނޑު 10 އަކަށްކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ބުނެފިއެވެ. އެމިނިސްޓްރީއިން މިރޭ ކުރި އިޢުލާނެއްގައި ބުނެފައިވަނީ ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ މުއްދަތުގައި، މިހާތަނަށް ޢަމަލުކުރަމުން އައި އުޞޫލަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ލުއި ދިނުމަށް ނިންމުމާއި ގުޅިގެން، 01 ޖުލައި 2020 އިން ފެށިގެން، މާލެ، ހުޅު...

އިބްރާހިމް އަސްވާޤް
މި އަހަރުގެ ބަޖެޓު މުރާޖަޢާކުރަން މަޝްވަރާ ކޮށްފި

މި އަހަރުގެ ބަޖެޓު މުރާޖަޢާކުރަން މަޝްވަރާ ކޮށްފި

ކޯވިޑް-19 އަށްފަހު މި އަހަރުގެ ބަޖެޓް އަލުން މުރާޖަޢާކޮށް އެކުލަވާލެއްވުމާއި 2021 ވަނަ އަހަރުގެ މެދުރާސްތާގެ ބަޖެޓާއި ބެހޭ މަޝްވަރާތައް މިއަދު ބޭއްވެވި ކެބިނެޓް ވަރކިންގ ސެޝަނުގައި ކުރިއަށް ގެންދަވައިފިއެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ކޯވިޑް-19 އަށްފަހު ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލުތަކާއެކު މިއަހަރުގެ ބަޖެޓަށް ބަދަލު ގެންނެވުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅުއްވާ ކަންތައްތަކުގެ މަޢުލޫމާތު، މިނިސްޓަރ އޮފް ފިނޭންސް އިބ...

ޝިއުނާ އާދަމް
18 އަހަރުނުވާ 2 ކުދިން ރޭޕް ކޮށްފި، 2 ކުދިންވެސް އިނީ ބަލިވެ

18 އަހަރުނުވާ 2 ކުދިން ރޭޕް ކޮށްފި، 2 ކުދިންވެސް އިނީ ބަލިވެ

ރާއްޖޭގެ މެދުތެރޭގެ އަތޮޅުގެ ދެ ރަށެއްގައި އުމުރުން 18 އަހަރު ނުވާ ދެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މީޑީޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވަނީ މި ދެ މައްސަލާގައި ހިމެނޭ ދެ އަންހެން ކުދިންވެސް އިނީ ބަލިވެކަމަށެވެ. ފުލުހުން ބުނެފައިވަނީ ސެންޓްރަލް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކު ބަލިވެ އިން މައްސަލައެއް ޖެންޑާ މިނިސްޓްރީން މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން، ފުލުހުން […]

ޔުމްނާ ޢަލީ
ރިޔާސީ ކޮމިޝަންތަކުން ފޮނުވާ މަޢުލޫމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމާ ގުޅޭ އުޞޫލު ޢާންމުކޮށްފި

ރިޔާސީ ކޮމިޝަންތަކުން ފޮނުވާ މަޢުލޫމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމާ ގުޅޭ އުޞޫލު ޢާންމުކޮށްފި

ރިޔާސީ ކޮމިޝަންތަކުން އެޓަރނީ ޖެނރަލްގެ އޮފީހަށް ފޮނުވާ މަޢުލޫމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމަށްޓަކައި ޢަމަލުކުރާނެ ޚާއްޞަ އިޖުރާއަތުތައް އެކަށައަޅައި، ކަމާބެހޭ އިންތިޒާމްތައް ހަމަޖެއްސުމާބެހޭ އުޞޫލު ޢާންމުކޮށްފިއެވެ. ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެކުލަވާލި މި އުޞޫލުގެ ބޭނުމަކީ ރިޔާސީ ކޮމިޝަންތަކުން ތަޙުޤީޤުކޮށް، ދަޢުވާ ކުރުމަށާއި ފިޔަވަޅު އެޅުމަށް އެޓަރނީ ޖެނަރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ހިމެނޭ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަ...

އަލީ އާދިލް
ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން 5000 ފަރާތަކަށް ކޯސް ހިލޭ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން 5000 ފަރާތަކަށް ކޯސް ހިލޭ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް( ބީ.ސީ.ސީ )ގެ ފަރާތުން އޮންލައިން ކޮން ކިޔަވާދޭ ހިލޭ ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ބީ.ސީ.ސީ ގުޅިގެން ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން ބީ.ސީ.ސީ އަށް ވަނީ އެމެރިކާގެ އޮންލައިން ލާނިންގ ޕްލެޓްފޯމެއް ކަމުގައިވާ “ކޮސެރާ” ގެ ވާކްފޯސް ރިކަވަރީ އިނީޝިއޭޓިވްގެ ދަށުން 5000 މީހުންނަށް ތަފާތު އެކިއެކި...

އަލީ އިބްރާހިމް
ލޯކަލް ކައުންސިލް އިންތިޚާބު: 5 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފި

ލޯކަލް ކައުންސިލް އިންތިޚާބު: 5 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ނަންއަނބުރާ ގެންގޮސްފައިވާ ކެންޑިޑޭޓުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިޢުލާންކޮށްފިއެވެ. އީސީއުން މިއަދު ކުރި އިޢުލާނެއްގައިބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އެކޮމިޝަނުން ހުޅުވާލުމާ ގުޅިގެން މިއަދާ ހަމައަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގ...

އިބްރާހިމް އަސްވާޤް
ކޯވިޑް19: ފަރުވާ ދެމުން ދިޔަ ފިލިޕީންސް މީހާ މަރުވެއްޖެ

ކޯވިޑް19: ފަރުވާ ދެމުން ދިޔަ ފިލިޕީންސް މީހާ މަރުވެއްޖެ

ރާއްޖޭގައި ކޯވިޑް-19 އަށް ދަރުމަވަންތަ ހޮސްޕިޓަލު (ޑީއެޗް11)ގައި ފަރުވާ ދެމުން ދިޔަ ފިލިޕީންސްގެ މީހަކު މަރުވެއްޖެއެވެ. މިމީހާ މަރުވެފައި ވަނީ މިއަދުގެ 1:50 ހާއިރުގައި ކަމަށާއި، މިމީހާ އަކީ 43 އަހަރުގެ ފިރިހެނެއް ކަމަށް ލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވާފައި ވެއެވެ މިމީހާއަކީ އުމުރުން 43 އަހަރުގެ ފިލިޕީންސްގެ ރައްޔިތެކެވެ. މިމީހާއަކީ ރާއްޖެއިން ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ ހަމައެކަނި ފިލިޕީންސްގެ މީހާއެވެ. Today at 01:50 pm, a 43-year-old Filipino male admitted […]

ޝިއުނާ އާދަމް
ޤުރުއާން ކިލާސްތަކާއި އަމިއްލަ އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ޒަކާތު ފަންޑުން އެހީވަނީ

ޤުރުއާން ކިލާސްތަކާއި އަމިއްލަ އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ޒަކާތު ފަންޑުން އެހީވަނީ

ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ސަރުކާރުގެ ފަރާތުން ފައިސާގެ އެހީ ދިނުމަށް ނިންމައިފިއެވެ. މިއީ ކޯވިޑް-19 އާއި ގުޅިގެން ޤުރުއާން ކިލާސް ތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރާގަތުމަށް ޓަކައި އެހީތެރިވުމުގެގޮތުން ދެވޭ އެހީއެއްކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ބުނެފައިވެއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ  އެހީ ދިނުމަށް ހަމަ ޖެހިފައިވަނީ ޒަކާތު ފަނ...

އަލީ އިބްރާހިމް
އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު 6 މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު 6 މީހަކު ހައްޔަރުކޮށްފި

ކަނޑުމަގުން އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު 5.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް އަދި އައްޑޫ ސިޓީގައި މަސައްކަތްކުރާ ސިފައިންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ތިން ފިރިހެނުންނާއި 30 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ އަންހެނެކެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫން އައްޑޫ ސި...

ޝިއުނާ އާދަމް
މަދަމާއިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތްފަށާ ވިޔަފާރިތަކާއި ކެފޭތައް ހުޅުވަނީ

މަދަމާއިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތްފަށާ ވިޔަފާރިތަކާއި ކެފޭތައް ހުޅުވަނީ

މަދަމާއިން ފެށިގެން މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރަންފަށާ ސަރުކާރުގެ އޮފީސްތަކާއި ވިޔަފާރިތަކާއި ކެފޭ، ރެސްޓޯރަންޓްތައް ހުޅުވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުދަ ދުވަހުން ފެށިގެން ނިއުނޯމަލްގެ އުސޫލުތަކުގެ ތެރެއިން ސަރުކާރުގެ އޮފީސްތަކާއި، ވިޔަފާރިތަކާއި ކެފޭ، ރެސްޓޯރަންޓްތައް ހުޅުވުމުގެ ހުއްދަ ދެއްވާފައިވާކަމަށެވެ. ކޯވިޑް19ގެ ސަބަބުން މާލެ ސަރަހައްދު ފުރަބަންދުކުރުމާއި ގުޅިގެން ސަރުކާރުގެ އޮ...

އަލީ އާދިލް