މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 945 ވަނަ ޞަފްޙާ

''މަހާ ޖައްރާފު'' ހުސް ދިވެހިންނާއިއެކު، ރާއްޖޭގެ އިޤްތިޞާދުގައި އަހަރަކު 1 މިލިއަން ޑޮލަރު ހިފަހައްޓައިދޭނެ

''މަހާ ޖައްރާފު'' ހުސް ދިވެހިންނާއިއެކު، ރާއްޖޭގެ އިޤްތިޞާދުގައި އަހަރަކު 1 މިލިއަން ޑޮލަރު ހިފަހައްޓައިދޭނެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިންނަކީ ދިވެހިން ގޮތުގައި ހަމަޖައްސާފައިވާއިރު، އެ ބަދަލުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގައި އަހަރަކު 1 މިލިއަން ޑޮލަރު ހިފެހެއްޓޭނެ ކަމަށް އެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް ވިދާޅުވީ އެމްޓީސީސީގެ އެންމެ ބޮޑު ކޮންނަ ބޯޓު، މަހާ ޖައްރާފުގެ ހުރިހާ މުވައްޒަފުން ހުސް ދިވެހިންނަށް ބަދަލު ކުރުމާއި ގުޅިގެން، އެ ބަދަލުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގައި އަހަރަކު 1 މިލިއަން ޑޮލަރު […]

ޝިއުނާ އާދަމް
ފިޔަވަތިން ބައެއް ކުދިންނާއި މުވައްޒަފުން ޕޮޒިޓިވް

ފިޔަވަތިން ބައެއް ކުދިންނާއި މުވައްޒަފުން ޕޮޒިޓިވް

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ، ހުޅުމާލޭގައި ހުންނަ ފިޔަވަތިން ބައެއް ކުދިންނާއި މުވައްޒަފުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަަފީގު ވިދާޅުވީ، ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކާއި އެތަނުގައި ތިބި ކުދިންތަކެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ، މިދިޔަމަހުގެ 30 ވަނަ ދުވަހު ފިޔަވަތީގައި ކުދިން ބަލ...

އަޙްމަދު ވަހީދު
ދިއްދޫއިން ފުލުހުންތަކެއް ޕޮޒިޓިވް ވެއްޖެ

ދިއްދޫއިން ފުލުހުންތަކެއް ޕޮޒިޓިވް ވެއްޖެ

ހއ.ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންތަކެއް ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދިއްދޫއިން ޕޮޒިޓިވް ވެފައިވަނީ އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ 3 ފުލުހެކެވެ. ކުޅުދުއްފުށި ސިޓީގެ ފުލުހަކު ކޯވިޑް19 އަށް ޕޮޒިޓީވްވުމާއި ގުޅިގެން އެރަށުން އިއްޔެ ނެގި ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. މިއަދު އެރަށުން ވަނީ 23 ސާމްޕަލް އެއް ނަގާފަ އެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އަދި ހުރިހާ ސާންޕަލެއްގެ ނަތީޖާ ލިބިފައެއް ނުވެއެވެ. މިކޭސް […]

އަލީ އާދިލް
ވެމްކޯގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ދިނުން މުހިންމު: ނައިބު ރައީސް

ވެމްކޯގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ދިނުން މުހިންމު: ނައިބު ރައީސް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ މާލެ ސިޓީގައި ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާ ކުރުމާއި ގުޅޭގޮތުން ކަމާއިގުޅޭ އިދާރާތަކާއި ބައްދަލުކުރައްވައި، މަޝްވަރާކުރެއް ވުމަށް މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައި އެވެ. މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ...

ޔުމްނާ ޢަލީ
ދެ ރައީސުން ބައްދަލު ކުރަށްވައިފި

ދެ ރައީސުން ބައްދަލު ކުރަށްވައިފި

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލިސްގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލު ކުރަށްވައިފިއެވެ. އެ ދެބޭފުޅުން ބައްދަލު ކުރެއްވިކަން ހާމަކޮށް ރައީސް ޞާލިޙް ވަނީ ޓުވީޓެއް ކުރަށްވާފައި އެވެ. އަދި އެ ޓުވީޓުގައި ރައީސް ޞާލިޙް ވަނީ މަޖިލިސް ރައީސް، ރައީސް ނަޝީދާއި ބައްދަލު ކުރެއްވި ކަމަށް ވިދާޅުވެފައެވެ. ‏”ދާދި ދެންމެ އަޅުގަނޑުމެން ބައްދަލުކުރިން. ގިނަ ކަންތައްތަކާމެދު މަޝްވަރާ ކުރިން. ކޯވިޑް-19 އާއި އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ސަރު...

ޝިއުނާ އާދަމް
ފެންނަނީ މަޖިލިސް ތަޅުލާފައި ބަހައްޓަން: ޝިޔާމް

ފެންނަނީ މަޖިލިސް ތަޅުލާފައި ބަހައްޓަން: ޝިޔާމް

މިސަރުކާރު އޮތްހާ ހިނދަކު މަޖިލިސް ތަޅުލާފައި ބަހައްޓަން ފެނިވަޑައިގަންނަވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް އެހެން ވިދާޅުވީ އިންޑިއާއާ އެކު ހަދާފައިވާ ހުރިހާ އެއްބަސްވުމެއްގެ މައުލޫމާތު ހާމަކުރުމަށް ގޮވާލައި އޭނާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް މަޖިލީހުގެ ރިޔާސަތުން ވިދާޅު ވުމުންނެވެ. އެމައްސަލައާއި ގުޅިގެންމަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި، ރަށްކާތެރި ކަމާއި ދޭދޭ ޤަ...

އަލީ އާދިލް
ހޯނޑެއްދޫ ކަނޑޫފާވެސް މަރުވަނީ

ހޯނޑެއްދޫ ކަނޑޫފާވެސް މަރުވަނީ

ގދ. ހޯނޑެއްދޫ ކަނޑޫފާވެސް މަރުވެ، ނެތި ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑުވެއްޖެއެވެ. ހޯނޑެއްދޫގެ މަރުވަމުންދާ ކަނޑޫފަލުގެ ފޮޓޯތަކެއް އިއްޔެ މީސް މީޑިއާއަށް ދޫވެފައިވާއިރު، އެ ފޮޓޯތަކުން ފެންނަނީ އެ ކަނޑޫފާ ވަރަށް ބޮޑަށް މަރުވެފައިވާ ތަނެވެ. އެ ފޮޓޯތައް މީސް މީޑިއާގެ ސަމާލުކަމަށް ގެނެސްފައިވާ އެއް ޓުވީޓުގައި ބުނެފައިވަނީ، އެ ފޮޓޯތަކުން ފެންނަނީ ހޯނޑެއްދޫ ކުޅީގެ ސަރަޙައްދުން ކަނޑޫގަސްތައް މަރުވަމުންދާ މަންޒަރު ކަމަށެވެ. އަދި އެ ފޮޓޯ ތަކަކީ އެ ރަށުގެ ޖަމްއިއްޔާއެއް ކަމަށްވާ ”ހުވަދޫ […]

ޙުސައިން ޝަހުދީ
އެމްޓީސީސީން ތަރައްޤީކުރާ ފެހެންދޫ ބަނދަރުގެ މަސައްކަތް ކުރިއަށް

އެމްޓީސީސީން ތަރައްޤީކުރާ ފެހެންދޫ ބަނދަރުގެ މަސައްކަތް ކުރިއަށް

ބ. ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެމްޓީސީސީން ބުނީ 10 ނޮވެމްބަރ 2019 ގައި މޮބިލައިޒް ކުރެވިފައިވާ މި މަޝްރޫޢުގެ ދަށުން، 25،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 18،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅުފުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެއިތުރުން 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމ...

އަޙްމަދު ވަހީދު
ކުޅުދުއްފުށިން އިތުރު 2 ފުލުހުން ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށިން އިތުރު 2 ފުލުހުން ޕޮޒިޓިވްވެއްޖެ

ހދ. ކުޅުދުއްފުށީ ސިޓީއިން ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އިތުރު ދެފުލުހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށި ސިޓީ އިން މިރޭ ކޯވިޑްއަށް ޕޮޒިޓިވްވެފައިވަނީ މިއަދު އެސިޓީ އިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އެކަހެރިކޮށް ނެގި 10 ސާމްޕަލްގެ ތެރެއިން 2 ސާމްޕަލެކެވެ. ކުޅުދުއްފުށީ ސިޓީއިން އެކަހެރި ކުރި 10 މީހުންގެ ތެރޭގައި ހިމެނެނީ 6 ފުލުހަކާއި، ފުލުހުންގެ ލޯންޗްގައި މަސައްކަތްކުރާ ތިން މުވައްޒަފަކާއި، އާންމުންގެ މީހެކެވެ. މީގެ އިތުރުން ކުރިނބީއިން ނެގި 13 ސާމްޕަލްވަނީ ނެގެޓިވްވެފަ އެ...

އިބްރާހިމް އަސްވާޤް
ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް އިތުރު ކޮށްފި

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް އިތުރު ކޮށްފި

ކޯވިޑް-19 އާއި ގުޅިގެން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނޮވެމްބަރ 5 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ. ހެލްތު މިނިސްޓްރީ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މިނިސްޓަރު މުޙައްމަދު އަސްލަމް ސޮއިކުރައްވާ ނެރުއްވި ޤަރާރުގައި ބުނެފައިވަނީ މި މުއްދަތު ނޮވެމްބަރ މަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައި މިވަނީ ކޯވިޑް-19 ފެތުރުން އިތުރުވަމުން ދާތީ ޢާންމު ސިއްހަތު […]

ޔުމްނާ ޢަލީ
ކުޑަ އަންހެން ކުއްޖެއް "ގްރޫމް" ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ކުޑަ އަންހެން ކުއްޖެއް "ގްރޫމް" ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

14 އަހަރުގެ ކުޑަ އަންހެން ކުއްޖެއް “ގްރޫމް” ކޮށްގެން ޖިންސީ ގުޅުން ހިންގަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ތ އަދި ލ އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންއިން ވަނީ ސެޕްޓެމްބަރ މަހު 30 ވަނަ ދުވަހު ލިބުނު މައްސަލައަކާއި ގުޅިގެން 14 އަހަރު ގެ އަންހެން ކުއްޖަކު ގްރޫމް ކޮށްގެން ޖިންސީ ގުޅުން ހިންގުމަށް މަސައްކަތް ކުރި 35 އަހަރުގެ […]

މުޙައްމަދު މާއިލް ހަސަން
ކޮމެޓީން ނިންމީ މަޖިލީހުގެ ތަޅުމުގެ ތަރުތީބަށް ބަދަލު ގެންނަން

ކޮމެޓީން ނިންމީ މަޖިލީހުގެ ތަޅުމުގެ ތަރުތީބަށް ބަދަލު ގެންނަން

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން ތިއްބަވާ ތަރުތީބަށް ބަދަލު ގެންނަން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ. މިގޮތުން އާންމު ކޮމެޓީއިން ނިންމާފައި ވަނީ ސިޔާސީ ޕާޓީތަކުގެ މެމްބަރުން އެކުގައި، އެއް ހިސާބެއްގައި ތަޅުމުގައި ތިބޭ ގޮތަށް ތަޅުމުގެ ގޮނޑިތަކުގެ ތަރުތީބު ބަދަލު ކުރުމަށެވެ. އިއްޔެ ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ތިބޭ ތަރުތީބަށް ބަދަލު ގެނައުމަށް ހުށަހެއްޅުއްވީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވ...

އަލީ އާދިލް
"ސްކޫލެއް މޮޅު ސްކޫލަކަށް ވަނީ ކިޔަވައިދޭ ހީވާގި މުދައްރިސުންގެ ސަބަބުން"

"ސްކޫލެއް މޮޅު ސްކޫލަކަށް ވަނީ ކިޔަވައިދޭ ހީވާގި މުދައްރިސުންގެ ސަބަބުން"

ސްކޫލެއް މޮޅު ސްކޫލަކަށް ވަނީ އެ ސްކޫލެއްގައި ކިޔަވައިދޭ ހީވާގި މުދައްރިސުންގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ފާހަގަކުރި މުދައްރިސުންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ދެއްވި ވީޑިއޯ މެސެޖެއްގައި އެވެ. އެ މެސެޖުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ޤައުމެއް ކުރިއަރައި ދަނީ އެ ޤައުމެއްގައި އުފެދޭ ހަރުދަނާ ޤާބިލު ޖީލެއްގެ ސަބަބުން ކަމަށެވެ. އެފަދަ ޖީލެއް ބިނާ ކުރުމަށް އެންމެ އިސް ދައުރެއް އަދާކުރާ ބަޔަކީ […]

ޝިއުނާ އާދަމް
ދިވެހިރާއްޖޭގެ ހައިކޯޓަށް 40 އަހަރު ފުރުން ފާހަގަކޮށްފި

ދިވެހިރާއްޖޭގެ ހައިކޯޓަށް 40 އަހަރު ފުރުން ފާހަގަކޮށްފި

ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކޮށް، ރާއްޖޭގެ ޤާނޫނު އަސާސީއާއި އެއްގޮތްވާ ގޮތުގެ މަތިން އެތައް ބައިވަރު ހުކުމްތައް ކުރެވި، ރާއްޖޭގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ޤާއިމު ކުރުމުގެ އެންމެ އިސް އެއް ރޯލެއް އަދާ ކުރަމުންދާ ދިވެހިރާއްޖޭގެ ހައި ކޯޓަށް 40 އަހަރު ފުރުން ފާހަގަކޮށްފި އެވެ. 1980 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމް ނެރުއްވެވި ޤަރާރަކާއި އެކު، ދިވެހިރާއްޖޭގެ ހައިކޯޓު […]

މުޙައްމަދު މާއިލް ހަސަން
ޤައިދީންނަށް ހިންގާ ޤިރާއަތު ކޯހުގެ، 5 ބެޗްގެ ކިޔެވުން ފަށައިފި

ޤައިދީންނަށް ހިންގާ ޤިރާއަތު ކޯހުގެ، 5 ބެޗްގެ ކިޔެވުން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީންނަށް ޚާއްސަކޮށްގެން ހިންގާ ޤިރާއަތު ކޯހުގެ ލެވެލް 3 ގެ ފަސް ބެޗްގެ ކިޔެވުން މާފުށި ޖަލުގައި ފަށައިފިއެވެ. މިކޯހަކީ ކީރިތި ޤުރުއާން ކިޔަން ދަންނަ ޤައިދީންގެ ތެރެއިން ޤިރާއަތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ޤައިދީންނަށް ޚާއްޞަކޮށްގެން އެމްސީއެސް އިން ކުރިއަށް ގެންދާ ކޯހެކެވެ. 7 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޯރ ޤުރްއާން އެންޑް […]

ޔުމްނާ ޢަލީ