ފައިސާ ނުދައްކާތީ ދޯންޏަށް އެރީ ތޫނު ހަތިޔާރާއިއެކު
ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބުދު ﷲ ޖާބިރު ބައްލަވައިގެންފައިވާ ކަމަށް ބުނާ ދޯންޏަކަށް ފައިސާ ނުދައްކާތީ ކަމަށް ބުނެ، ތޫނު ހަތިޔާރާއިއެކު ބަޔަކު އެ ދޯންޏަށް އަރައިފިއެވެ. އެ ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ ރޭ 11:55 ހާއިރު ލާމު އަތޮޅު އެތެރެވަރީން ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު ދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެ ދޯންޏަށް އެރިމީހުން މާރާމާރީއެއް އަދި ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށާއި، ލ. ގަން […]