ރާއްޖޭގެ އެންމެ އުތުރުގައިވާ ރަށްކަން ރަމްޒުކޮށްދޭގޮތަށް ތުރާކުނުގައި ޗާލު މޮނިއުމަންޓެއް
ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށް ކަމަށްވާ ހއ. ތުރާކުނުގައި، އެ ރަށުގެ ޚާއްޞަކަން ރަމްޒުކޮށްދޭ ފަރުމާއަކަށް ތައްޔާރުކޮށްފައިވާ ޗާލު މޮނިއުމަންޓެއް ހުޅުވައިފިއެވެ. މި ބިނާއަކީ ތުރާކުނަކީ ރާއްޖޭގެ އެންމެ އުތުރުގެ ރަށްކަން އަންގައިދިނުމުގެ އިތުރުން، އެ ރަށުގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ބިނާއެކެވެ. ތުރާކުނު ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މޮނިއުމަންޓް ފަރުމާކޮށްފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް ބިނާކޮށްގެންނެވެ. އޭގެ ތެރޭގައި ހިމެނޭ ސަމުގާ އިން ރ...