ދައްކާލާ ވާހަކައަކުން ނުފުދޭ، އަންހެނުންނަށް ފަހި ރަނގަޅު ނިޒާމެއް ގާއިމުކޮށްދީ: އަނާރާ
ހަމައެކަނި ދައްކާލާ ވާހަކައަކުން ނުފުދޭ ކަމަށާއި، ދިވެހި އަންހެނުނަށް ފަހި ރަނގަޅު ނިޒާމެއް ގާއިމުކޮށްދޭން ޖެހިފައިވާ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ވިދާޅު ވެއްޖެއެވެ. އަނާރާ މިހެން ވިދާޅުވީ މާލޭ ސިޓީގައި ޓެކްސީ ކުރާ ކަނބަލެއް ކަމަށްވާ އާމިނަތު ވަހީދާ ދުއްވާ ކާރަށް އެކިފަހަރު މަތިން ގެއްލުން ދެމުންދާތާ ދުވަސްތަކެއް ވޭތުވެފައިވާއިރު، އެންމެ ފަހުން ދިން ގެއްލުން ތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލިސްއަށް އިއްޔެ ކުއްލި މައްސަލައެއް ހުށަހެޅި ބަހުސް ކޮށްފައިވަނި ކޮށެވެ. […]