މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,863 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 920 ވަނަ ޞަފްޙާ

ޢާއިލީ ވިޔަފާރި ދެމިއޮންނަތާ ގަރުނެއް ވެއްޖެ، ކުރަނީ އަބުރުކަތިލުމުގެ ތުހުމަތެއް: ޝަޒައިލް

ޢާއިލީ ވިޔަފާރި ދެމިއޮންނަތާ ގަރުނެއް ވެއްޖެ، ކުރަނީ އަބުރުކަތިލުމުގެ ތުހުމަތެއް: ޝަޒައިލް

ޢާއިލީ ވިޔަފާރި ދެމިއޮންނަތާ ޤަރުނެއް ވެއްޖެ ކަމަށާއި، އޭނާގެ މައްޗަށް ކޮށްފައިވަނީ އަބުރުލު ކަތިލުމަށް ކުރާ ސިޔާސީ ތުހުމަތެއް ކަމަށް ސަސްޕެންޑުކޮށްފައި ހުރި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ވިދާޅުވެއްޖެއެވެ. ޝަޒައިލް މިގޮތަށް ވިދާޅުވީ، އޭނާއަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހަޅައިފިކަމަށް އޭސީސީން މިއަދު ބައެއް މީޑިއާތަކަށް މަޢުލޫމާތު ދީފައި ވަނިކޮށް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ސަސްޕެންޑް ކުރެވުނު...

އަލީ އާދިލް
75 އަހަރުގެ މީހަކަށް ޖިންސީ ގޯނާކުރި 28 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

75 އަހަރުގެ މީހަކަށް ޖިންސީ ގޯނާކުރި 28 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

75 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކޮށް، އޮރިޔާން ކާޑު އުފެއްދި މައްސަލައިގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ ގަދަކަމުން ޖިންސީ ގޯނާ ކުރި ކަން އެ އިދާރާ އަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި މިމައްލައިގައި ހައްޔަރުކުރި ޒުވާނާ ހައްޔަރުކޮށްފައިވަނީ ލ. ގަމުން އިއްޔެގެ ވަގުތެއްގައިކަމަށެވެ. މި މައްސަލައިގައި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ. މައްސަލައިގެ ހައް...

ޔުމްނާ ޢަލީ
ޕާޓީގެ ދުސްތޫރަށް އެއްވެސް އިސްލާހެއް ނުގެންނަން: އަދާލަތު

ޕާޓީގެ ދުސްތޫރަށް އެއްވެސް އިސްލާހެއް ނުގެންނަން: އަދާލަތު

އަދާލަތު ޕާޓީ (އޭޕީ)ގެ ދުސްތޫރަށް މިފަހުން އެއްވެސް އިސްލާހެއް ގެނެސްފައި ނުވާނެ ކަމަށް އެޕާޓިން ބުނެފިއެވެ. ވެރިކަން ކުރާ ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތު ޕާޓީއިން މިގޮތަށް ބުނީ އެ ޕާޓީން ކޮށްފައިވާ ޓުވީޓެއްގައެވެ. އެ ޕާޓީން ބުނީ، އެ ޕާޓީގެ ދުސްތޫރަށް މިފަހުން އެއްވެސް އިސްލާހެއް ގެނެވިފައިނުވާ ކަމަށެވެ. އަދި އެ ޕާޓީން އެކަން އެގޮތަށް ހާމަކުރީ، ބައެއް މީޑިއާތަކުގައި ދައުރުވަމުންދާ މައުލޫމާތަކާއި ގުޅިގެން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. Baeh media thakugai […]

އަލީ އާދިލް
އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފި

އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފި

ރައީސޫލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލާއެކު އިޞްލާޙު ކުރެވިފައިވާ އެ ޤާނޫނުގެ 7 ވަނަ މާއްދާގައި ހިމެނޭ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެ...

ޝިއުނާ އާދަމް
ވަޒީފާއިން ވަކިކޮށް ޖަލަށްލައި، އުލު ބޭންދިޔަސް ފަހަތަކަށް ނުޖެހޭނަން: ސުއޫދާ

ވަޒީފާއިން ވަކިކޮށް ޖަލަށްލައި، އުލު ބޭންދިޔަސް ފަހަތަކަށް ނުޖެހޭނަން: ސުއޫދާ

ވަޒީފާއިން ވަކިކޮށް ޖަލަށްލާ އުލުގައި ބޭންދިޔަސް ފަހަތަކަށް ނުޖެހޭނެ ކަމަށް މިއަދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވަޒީފާއިން ވަކިކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރު ސުއޫދާ އަބްދުﷲ ބުނެފިއެވެ. މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، މީސް މީޑިއާގައި ޚިޔާލު ފާޅުކުރަމުން ދަނިކޮށް ވަޒީފާއިން ވަކިކޮށްފައިވާ، ސުއޫދާ މިހެން ބުނީ އޭނާ ވަޒީފާއިން ވަކިކުރުމުން ނޫހަކުން ގެނެސްދީފައިވާ ޚަބަރު ފޭސްބުކްގައި ހިއްސާ ކުރަމުންނެވެ. އެ ޕޯސްޓްގައި ސުއޫދާ އިތުރަށް ބުނެފައި ވަނީ ރައީސް ޔާމީނު މިނިވަން...

އަލީ އާދިލް
އެއްވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް މި އަހަރުން ފެށިގެން ޚާއްޞަ މެޑެލެއް

އެއްވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް މި އަހަރުން ފެށިގެން ޚާއްޞަ މެޑެލެއް

ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް، މި އަހަރުން ފެށިގެން ޚާއްޞަ މެޑެލެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، މި އަހަރު 1 ވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ޚާއްޞަ މެޑެލް ދެއްވުން ދައުލަތުން ދެއްވާ އެކި އިނާމުތައް ދެއްވުމަށް މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމިއްޔާތު އޮންނާނެ ކަމަށެވެ. ކީރިތި ޤުރްއާން ހިތުދަސްކޮށް، 2 ވަނަ ދަރަޖަ އަދި […]

ޔުމްނާ ޢަލީ
ފެލިވަރުގައި މަސްވެރިންގެ އިހުތިޖާޖެއް

ފެލިވަރުގައި މަސްވެރިންގެ އިހުތިޖާޖެއް

ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންތަކެއް، ފެލިވަރުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ. ފެލިވަރުގައި އިހުތިޖާޖު ކުރަމުންދާ މަސްވެރިން ބުނެފައި ވަނީ އެމީހުން އިހުތިޖާޖު ކުރަމުން ދަނީ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ނުލިބި ގިނަދުވަސްތަކެއްވެ، ހައްލު ނުލިބި ދިގުދެމިގެންދާތީ ކަމަށެވެ. މަސްވެރިން ދަނީ ފެލިވަރު ބަނދަރުގައި ތިބެގެން އިހުތިޖާޖު ކުރަމުން ކަމަށާއި، އެ އިހުތިޖާޖުގައި ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ވިއްސަކަށް ދޯނީގެ މަސް...

ޔުމްނާ ޢަލީ
މިއަދުވެސް މޫސުން ގޯސް، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު

މިއަދުވެސް މޫސުން ގޯސް، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. މިގޮތުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސް ގެ މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތަކީ މިއަދު ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ. މި ހުދު ސަމާލްގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާ […]

އަޙްމަދު ވަހީދު
އެޗްޕީއޭގެ އެންގުންތަކާއި ޚިލާފުވާނަމަ ކުރާ ޖޫރިމަނާ ބޮޑުކޮށް އާ އުސޫލު އާންމުކޮށްފި

އެޗްޕީއޭގެ އެންގުންތަކާއި ޚިލާފުވާނަމަ ކުރާ ޖޫރިމަނާ ބޮޑުކޮށް އާ އުސޫލު އާންމުކޮށްފި

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކާއި ޚިލާފުވާ މީހުންނާއި، ގާނޫނީ ޝަޚުޞުން ޖޫރިމަނާ ކުރާ ޢަދަދު ބޮޑުކޮށް، އެފަދަ މީހުންނާއިމެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ ގޮތުގެ އާ އުސޫލެއް އާންމުކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި މި އުސޫލުގައި ބުނާގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކަށް އާންމު ފަރުދަކު ތަބާނުވެއްޖެނަމަ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ...

ޔުމްނާ ޢަލީ
ވެރިންގެ އަބުރު ކަތިލުމަށް، މަދު ބަޔަކު ހިންގަމުންދަނީ ނާތަހުޒީބު ފިނޑި އަމަލެއް: ފެނަކަ

ވެރިންގެ އަބުރު ކަތިލުމަށް، މަދު ބަޔަކު ހިންގަމުންދަނީ ނާތަހުޒީބު ފިނޑި އަމަލެއް: ފެނަކަ

ފެނަކަ ކޯޕަރޭޝަނާއި ބެހޭ ގޮތުން ހަގީގަތާ ހިލާފު، ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފަތުރާ، ކުންފުނީގެ އެކި ޒިންމާތަކުގައި ތިއްބެވި ވެރިންގެ އަބުރު ކަތިލުމަށް، މަދު ބަޔަކު އަޑީގައި ތިބެގެން ހިންގަމުންދަނީ ނާތަހުޒީބު ފިނޑި އަމަލެއްކަމަށް އެކުންފުނިން ބުނެފި އެވެ. އެ ކުންފުނިން މި ގޮތަށް ބުނެފައި ވަނީ ބައެއް އޮންލައިން ނޫސްތަކުގައި ފެނަކައާ ބެހޭގޮތުން ދޮގު ވާހަކަތަކެއް ފަތުރާފައިވާކަމަށް ބުނެ ނެރެފައިވާ ނޫސްބަޔާނެއްގައެވެ. ފެނަކައިން ބުނެފައިވަނީ މިހާރު މެނޭޖްމެންޓުން ކުންފުނި ހިންގަން ހަވާލުވުމަށް ފަހ...

އަލީ އާދިލް
"ސަޕްރައިޒް" އަކާއިއެކު އިދިކޮޅުގެ ޖަލްސާއެއް ހޮނިހިރު ދުވަހު

"ސަޕްރައިޒް" އަކާއިއެކު އިދިކޮޅުގެ ޖަލްސާއެއް ހޮނިހިރު ދުވަހު

އިދިކޮޅުން ޕްރްގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހޮނިހިރު ދުވަހު “ވިސްނާ”ގެ ނަމުގައި ޖަލްސާއެއް ވަރަށް “ސަޕްރައިޒިން” ކަންތައްތަކާއި އެކު ބާއްވަން ނިންމައިފި އެވެ. މިއަދު ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވީ މި ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި 8:30 ގައި ކަމަށެވެ. މި ޖަލްސާއާ ގުޅިގެން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް އެދި މާލޭ ސިޓީގެ މޭޔަރު އަދި އެޗްޕީއޭ އަށް ވެސް ސިޓީ […]

އަލީ އާދިލް
ބޯހިޔާވަހިކަމާއިގުޅޭ ދިރާސާއެއް ފަށައިފި

ބޯހިޔާވަހިކަމާއިގުޅޭ ދިރާސާއެއް ފަށައިފި

މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، “މޯލްޑިވްސް ހައުސިންގ މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ”ގެ ނަމުގައި ބޯހިޔާވަހި ކަމާއިގުޅޭ ދިރާސާއެއް ފަށައިފިއެވެ. މި ދިރާސާއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރިއަށް ގެންދާ ދިރާސާއެކެވެ. ޕްލޭނިން މިނިސްޓްރީން ބުނީ، މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ވާރލްޑް ބޭންކުގެ ހިލޭއެހީއާއި ލޯނުގެ ދަށުން އެ މިނިސްޓްރީއިން ތަންފީޒު ކުރާ މަޝްރޫއުއެއް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށް...

އަޙްމަދު ވަހީދު
އައި.ޔޫ.އެމް "އިޤްރައު ވަރޗުއަލް ފޮތް މަޢުރަޒު 2020 "އިތުރު 2 ހަފްތާއަށް

އައި.ޔޫ.އެމް "އިޤްރައު ވަރޗުއަލް ފޮތް މަޢުރަޒު 2020 "އިތުރު 2 ހަފްތާއަށް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން “Explore the Virtual Book Shelf”ގެ ނަމުގައި 10 ދުވަހުގެ މުއްދަތަށް މި ޑިސެމްބަރުމަހުގެ 1ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އިޤްރައު އޮންލައިން ފޮތް މަޢުރަޒުގެ މުއްދަތު އިތުރު ދެހަފްތާއަށް، 24 ޑިސެމްބަރ 2020 ގެ ނިޔަލަށް އިތުރުކޮށްފި އެވެ. އައި.ޔޫ.އެމްއިން ބުނީ، މިފޮތް މަޢުރަޒުގެ މުއްދަތު އިތުރުކޮށްފައިވަނީ ބައެއް ފަރާތްތަކުގެ އެދިލެއްވުމުގެ މަތިން ކަމަށެވެ. އަދި މި މަޢުރަޒުން ފޮތް ގަތުމަށް ގިނަބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ. މިމަޢުރަޒުގެ މައި...

ތިލަދުން
ސަޢޫދީއިން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ސަޢޫދީއިން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރު މަތްރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީ، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. ފަތްކޮޅުއެރުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު މިކަމަށްޓަކައި ބޭއްވި ރައްމިއްޔާތެއްގަ އެވެ. މިރަސްމިއްޔާތުގައި ސަޢޫދީ ޢަރަބިއްޔާގެ އައު ސަފީރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާއި...

ޔުމްނާ ޢަލީ
ކެލާ ދާއިރާގެ ކުޅިވަރުގެ ހާލަތާއި، ޒުވާނުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފި

ކެލާ ދާއިރާގެ ކުޅިވަރުގެ ހާލަތާއި، ޒުވާނުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފި

ކެލާ ދާއިރާގެ ކުޅިވަރުގެ ހާލަތާއި ގުޅޭކަންކަމާއި، އެ ދާއިރާގެ ޒުވާނުންގެ ކަންބޮޑުވުންތައް ކުޅިވަރާއިބެހޭ ވަޒީރު، އަޙްމަދު މަހްލޫފާއި ހިއްސާ ކޮށްފިއެވެ. މިކަންކަން ހިއްސާ ކުރެއްވީ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ)، ކުޅިވަރާއިބެހޭ ވަޒީރު، އަޙްމަދު މަހްލޫފާއިއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައިއެވެ. އިއްޔެ ޔޫތު މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުވުމާއި ގުޅޭގޮތުން އިބްރޭ “ތިލަދުން”އަށް ވިދާޅުވީ އެ ބައްދަލު ވުމަކީ ކުޅިވަރާއިބެހޭ ވަޒީރު މަހްލޫފްގެ ފަރާތްޕުޅުން އުންމީދީ ޖަވާބ...

ޔުމްނާ ޢަލީ