މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 850 ވަނަ ޞަފްޙާ

ތިމާ ނުރުހޭ ކޮންމެ މީހަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހެއްގެ ގޮތުގައި ލޭބަލް ކުރުން ހުއްޓާލަންވެއްޖެ: އިބްރާހީމް ރަޝީދު

ތިމާ ނުރުހޭ ކޮންމެ މީހަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހެއްގެ ގޮތުގައި ލޭބަލް ކުރުން ހުއްޓާލަންވެއްޖެ: އިބްރާހީމް ރަޝީދު

ތިމާމެން ނުރުހޭ ކޮންމެ މީހެއްގެ ގައިގާ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހެއްގެ ލޭބަލް އެޅުވުމާއި، ނުރުހޭ ކޮންމެ މުއައްސަސާއަކީ ވެސް އެފިކުރަށް ތާއީދުކުރާ ބައެއްކަމަށް ހެދުން ހުއްޓާލަންވެއްޖެ ކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ ރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ސެއިޚްގެ އެ ޕޯސްޓްގައި ވިދާޅުވެފައި ވ...

ޔުމްނާ ޢަލީ
ގަވާއިދާ ހިލާފުވި މަސް ބޯޓެއްގެ ވެރިފަރާތް 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ގަވާއިދާ ހިލާފުވި މަސް ބޯޓެއްގެ ވެރިފަރާތް 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސް ބޯޓެއްގެ ވެރިފަރާތް 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވީ، މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤަވާއިދާ ޚިލާފަށްވަދެ، މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަތް ބޯޓުގެ ވެރިފަރާތް ކަމަށެވެ. އެ ފަރާތް ޖޫރިމަނާކޮށްފައިވަނީ ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެދަށުން 4 ލައްކަ ރުފިޔާއިންކަމަށް ކަމަށް އ...

ޔުމްނާ ޢަލީ
އެޕޮއިންޓްމަންޓް ދީގެން ކޮވިޝީލްޑްގެ 2 ވަނަ ޑޯޒް ޖަހަން ފަށަނީ

އެޕޮއިންޓްމަންޓް ދީގެން ކޮވިޝީލްޑްގެ 2 ވަނަ ޑޯޒް ޖަހަން ފަށަނީ

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން 2 ވަނަ ޑޯޒް ނުޖެހިތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަނަ ފަށާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ. އެޗްޕީއޭއިން މިރޭކުރި އިޢުލާނެއްގައި ވިދާޅުވީ، ވެކްސިން ޖެހުން ފަށަން ހަމަޖެހިފައިވަނީ 4 ޖުލައި 2021 ގައި ކަމަށެވެ. އެޗްޕީއޭއިން ވިދާޅުވީ، ވެކްސިން ޖެހުމަށް އެޕޮއިންޓް ދެމުންގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެންކަމަށެވެ. މިގޮތުން2021 ވ...

އިބްރާހިމް އަސްވާޤް
އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓުވީޓުކުރި މީހަކު ހައްޔަރުކޮށްފި

އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓުވީޓުކުރި މީހަކު ހައްޔަރުކޮށްފި

ދިވެހިރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ހައްޔަރުކޮށްފައިވާކަމަށެވެ. މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާއިރު، މި އިންޒާރާ ގުޅިގެން އިންޑިއަން...

އަލީ އާދިލް
ގާނޫނު އަސާސީ ނުދަންނަ ކޯލިޝަން ވެރިކަމެއްގައި ގައުމުތަކާ އޮންނަ ގުޅުން ހީނަރުވާނެ: ބޮންޑެ

ގާނޫނު އަސާސީ ނުދަންނަ ކޯލިޝަން ވެރިކަމެއްގައި ގައުމުތަކާ އޮންނަ ގުޅުން ހީނަރުވާނެ: ބޮންޑެ

ގާނޫނު އަސާސީ ނުދަންނަ ކޯލިޝަން ވެރިކަމެއްގައި އަވައްޓެރި ގައުމުތަކާ އޮންނަ ގުޅުން އަބަދުވެސް ހީނަރުވާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ. ބޮންޑެ މިހެން ވިދާޅުވީ، “ފޮރިން މިނިސްޓްރީއިން މީޑިއާތަކަށް: ގައުމުތަކާއެކު އޮންނަ ގުޅުން ހީނަރު ނުވާނެހެން މަސައްކަތްކުރޭ” މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ. ބޮންޑެ ވިދާޅުވީ، ގާނޫނު އަސާސީ ނުދަންނަ ކޯލިޝަން ވެރިކަމެއްގައި އަވައްޓެރި ގައުމުތަކާ...

އަލީ އާދިލް
ސިއްހީ ކުއްލި ނުރައްކާ އިތުރު މަހަކަށް ދަންމާލައިފި

ސިއްހީ ކުއްލި ނުރައްކާ އިތުރު މަހަކަށް ދަންމާލައިފި

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ. މީގެކުރިން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އޮތީ މިއަދަށް ހަމަވާ ގޮތަށެވެ. ނަމަވެސް މިހާރު ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްފައެވެ. ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުނު ގަރާރުގައި ބުނެފައިވަނީ ރާއްޖޭގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، މިދިޔަ އަހަރުގެ މާޗު...

އިބްރާހިމް އަސްވާޤް
6 މޭ ބޮމުގެ ހަމަލާ: ރައީސްގެ ހާއްސަ މަންދޫބު ރާއްޖެ ވަޑައިގެންފި

6 މޭ ބޮމުގެ ހަމަލާ: ރައީސްގެ ހާއްސަ މަންދޫބު ރާއްޖެ ވަޑައިގެންފި

މި އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤާއި، އެންމެހާ ކޯޓު މަރުޙަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ޢައްޔަންކުރެއްވި މިސްޓަރ އައްބާސް ފާއިޒް ހުކުރު ދުވަހު ހެނދުނު މާލެ ވަޑައިގެންފިއެވެ. މިސްޓަރ ފާއިޒަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހު...

އިބްރާހިމް އަސްވާޤް
މާއްދާ 27ގެ އިމުގެ ތެރެއިން ހިޔާލު ފާޅުކޮށްގެން އަދަބުދީ ފިޔަވަޅު އަޅައިގެންނުވާނެ: އަލީ

މާއްދާ 27ގެ އިމުގެ ތެރެއިން ހިޔާލު ފާޅުކޮށްގެން އަދަބުދީ ފިޔަވަޅު އަޅައިގެންނުވާނެ: އަލީ

ޤާނޫނު އަސާސީގެ މާއްދާ 27ގެ އިމުގެ ތެރެއިން ހިޔާލުފާޅު ކޮށްގެން އެއްވެސް މީހަކަށް އަދަބުދީ ފިޔަވަޅު އަޅައިގެންނުވާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ. މާއްދާ ހަތާވީހަކީ ދިވެހި ރާއްޖެގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ”ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން” (މާއްދާ 27:އެ މާއްދާގެ މިނިވަން ކަމާއި އެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާއި ޚިލާފްނުވާ ގޮތެއްގެ މަތީން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތް ގޮތަށް ފާޅުކ...

އަލީ އާދިލް
އިޔާޟުއަކީ ހިދުމަތްތެރި، އިތުބާރު ލިބިފައިވާ ދަންނަބޭކަލެއް، ފިޔަވަޅުއެޅީ ޢަދުލުވެރި އިޖުރާއަތެއް ނެތި: އަދާލަތު

އިޔާޟުއަކީ ހިދުމަތްތެރި، އިތުބާރު ލިބިފައިވާ ދަންނަބޭކަލެއް، ފިޔަވަޅުއެޅީ ޢަދުލުވެރި އިޖުރާއަތެއް ނެތި: އަދާލަތު

ދީނީ ޢިއްމްވެރިޔާ ޑރ. މުހައްމަދު އިޔާޟު އަބުދުއްލަތީފްއަކީ ދިވެހިރާއްޖޭގެ ޢިލްމީ ވެއްޓަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ، ދިވެހި ރައްޔިތުންގެ އިޙްތިރާމާއި އިތުބާރު ލިބިފައިވާ ދަންނަބޭކަލެއްކަމަށާއި، އޭނާއާއިމެދު އަޅާފައި ވަނީ ޢަދުލުވެރި އިޖުރާއަތެއް ނެތި، ހަމައާއި އިންސާފުގެ ތަރާދުގެ ބޭރުން އަޅާފައިވާ ފިޔަވަޅެއްކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނަވަނިކޮށް މިއަދު ވަނީ ޑރ. އިޔާޟު ވަޒީފާއިން ވަކިކޮށްފައެވެ. އެކަމާ...

ޝިއުނާ އާދަމް
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޓިޕް ރިޕޯޓުގެ ޓިއަރ 2 އަށް ރާއްޖެ ޕްރޮމޯޓުވެއްޖެ

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޓިޕް ރިޕޯޓުގެ ޓިއަރ 2 އަށް ރާއްޖެ ޕްރޮމޯޓުވެއްޖެ

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކޮންމެ އަހަރަކު ނެރުއްވާ ޓްރެފިކިންގ އިން ޕަރސަންސް (ޓިޕް) ރިޕޯޓުގެ ޓިއަރ 2 އަށް ރާއްޖެ ޕްރޮމޯޓުވެއްޖެއެވެ. ޓިއަރ 2 އަށް ޕްރޮމޯޓުވެފައިވަނީ ވިދިވިދިގެން 3 އަހަރު ވޮޗްލިސްޓުގައި އޮތުމަށްފަހު އެވެ. އެމެރިކާ ސަރުކާރުންވަނީ، 2017 ވަނަ އަހަރު، ރާއްޖޭގެ ޓްރެފިކިންގ ރެކޯޑަށް ބެެއްލެވުމަށްފަހު، ޓްރެފިކިންގ ވޮޗްލިސްޓުގައި ހިމަނުއްވާފައެވެ. 2020 ވަނަ އަހަރު ރާއްޖެއިން ވަނީ، ހިއުމަން ޓްރެފިކިންގާ ދެކޮޅަށް އާ އެކްޝަން ޕްލޭނެއް އެކުލަވާލައި، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިނ...

އަލީ އާދިލް
ޑިޕްލޮމެޓުންނާ ބެހޭ ގޮތުން ނަސީދަށް ބޭނުން އެއްޗެއް ކިޔެންޏާ އެހެން މީހުނަށްވެސް ކިޔޭނެ: ލަތީފް

ޑިޕްލޮމެޓުންނާ ބެހޭ ގޮތުން ނަސީދަށް ބޭނުން އެއްޗެއް ކިޔެންޏާ އެހެން މީހުނަށްވެސް ކިޔޭނެ: ލަތީފް

ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ ބެހޭ ގޮތުން ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުޙައްމަދު ނަޝީދަށް ބޭނުން އެއްޗެއް ވިދާޅުވެވޭނަމަ، އެހެން މީހުނަށްވެސް އެގޮތަށް ވާހަކަ ދެއްކޭނެ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ. ރައީސް މުޙައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ ގުޅޭގޮތުން ދައްކާ ވާހަކަތައް ހުންނަންޖެހޭނީ ވަކި ހަމަތަކެއްގައި ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރާއި، އެމްޑީޕީ...

އަލީ އާދިލް
ކައުންސިލްތަކަށް އެސްޖީއިން އައްޔަން ކުރުމުގައި ނުފޫޒު ފޯރުވާކަމުގެ ތުހުމަތު

ކައުންސިލްތަކަށް އެސްޖީއިން އައްޔަން ކުރުމުގައި ނުފޫޒު ފޯރުވާކަމުގެ ތުހުމަތު

ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލުން އައްޔަން ކުރުމުގައި ސިވިލް ސަރވިސް ކޮމިޝަނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ތުހުމަތުކޮށްފިއެވެ. މިގޮތުން އެ ކޯލިޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ ކަމަށްވާ ސެކެޓްރީ ޖެނެރަލުން ޢައްޔަން ކުރުމަށްޓަކައި ކުރި އިއުލާނުގެ މުއްދަތު މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު، ސަރުކާރުން ބޭނުންވާ ބައެއް ފަރާތްތަކަށް ގުޅާ އިތުރު ފުރުސަތު ދެމުން...

އަލީ އާދިލް
ކޮލަމްބޯގެ ދެކުނުން 5.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް

ކޮލަމްބޯގެ ދެކުނުން 5.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް

އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ދެކުނުން ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މިއީ 5.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. މި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ، މިރޭ 20:06 ހާއިރުއެވެ. މި ބިންހެލުން އައިސްފައި ވަނީ، ރާއްޖެއާއި 948 ކިލޯ މީޓަރުގެ ދުރުންނެވެ. އަދި މި ބިންހެލުން ރެކޯޑް ކުރެވިފައިވަނީ އިންޑިއާ ކަނޑުގެ 10 ކިލޯމީޓަރު އަޑިންނެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްއިން ވިދާޅުވީ މި ބިން ހެލުމުގެ އަސަރު ރާއްޖެއަށް ނުފޯރާނެ ކަމަށެވެ.

ޔުމްނާ ޢަލީ
އިޔާޒްއަށް އެޅީ އިންސާފްވެރި ފިޔަވަޅެއްނޫން، ނިންމުން މުރާޖައާ ކުރަށްވާ: އިމްރާން

އިޔާޒްއަށް އެޅީ އިންސާފްވެރި ފިޔަވަޅެއްނޫން، ނިންމުން މުރާޖައާ ކުރަށްވާ: އިމްރާން

މަސްހޫރު ދީނީ ޢިލްމްވެރިޔާ، ޑރ. މުހައްމަދު އިޔާޒް އަބުދުއްލަތީފް ވަޒީފާއިން ވަކުރީ ރަނގަޅަށް ނޫންކަމަށާއި، އެ ނިންމުން މުރާޖައާކޮށްދެވުމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ގޮވާލަށްވައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނަވަނިކޮށް މިއަދު ވަނީ ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައެވެ. އެމްއެންޔޫއިން ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް ސެއިޚް އިމްރާން ވަނީ އެކަމާއި ގުޅިގެން މިރޭ ފުލުފުލުގައި ދެ ޓްވީޓެއް ކުރަށ...

އަލީ އާދިލް
ދުނިޔެމަތީ އަދަބު ދެވިދާނެ، އިރާދަކުރެއްވިއްޔާ ނިކަމެތި ކަމެއް ނުލިބޭނެ: ޑރ. އިޔާޒް

ދުނިޔެމަތީ އަދަބު ދެވިދާނެ، އިރާދަކުރެއްވިއްޔާ ނިކަމެތި ކަމެއް ނުލިބޭނެ: ޑރ. އިޔާޒް

މި ދުނިޔެމަތީ ޙުކުމްކޮށް އަދަބު ދެވިދާނެ ކަމަށާއި، މާތް اللهގެ އިރާދަފުޅާއެކު އޭނާއަށް ނިކަމެތި ކަމެއް ނުލިބޭނެކަމަށް މަސްހޫރު ދީނީ ޢިލްމްވެރިޔާ، ޑރ. މުހައްމަދު އިޔާޒް އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނަވަނިކޮށް މިއަދު ވަނީ އޭނާ އެ މަގާމުން ވަކިކޮށްފައެވެ. ޑރ. އިޔާޒު ވަޒީފާއިން ވަކިކުރެއްވިއިރު ހުންނެވީ، އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާގެ މަގާމުގައެވެ. ޑރ. އި...

ޔުމްނާ ޢަލީ