މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 829 ވަނަ ޞަފްޙާ

ކަޅުދަބަހެއްގެ ވާހަކަ ވިދާޅުވަމުން ޔާމީންގެ ދިފާއުގައި އަލީ ވަހީދު

ކަޅުދަބަހެއްގެ ވާހަކަ ވިދާޅުވަމުން ޔާމީންގެ ދިފާއުގައި އަލީ ވަހީދު

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅުވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ޖިންސީ ގޯނާގެ ތުހުމަތު ކުރެވި، މަގާމުން ވަކި ކޮށްފައި ވަނިކޮށް ޢަލީ ވަހީދު ވަނީ ރާއްޖެ ދޫކޮށް ފުރާ ވަޑައިގެންފައެވެ. އެއިރު އޭނާގެ މައްޗަށް ޝަރީޢަތް ހިންގަން ފަށާފައި އޮތް ނަމަވެސް އޭނާ ފުރާ ވަޑައިގަތީ ބޭސްފަރުވާއަށް ރާއްޖެއިން […]

އަލީ އާދިލް
އެމްޑީޕީގެ އެތެރޭގައި އިންތިހާބުގައި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

އެމްޑީޕީގެ އެތެރޭގައި އިންތިހާބުގައި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ. އެޕާޓީން ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ޕާޓީން އާންމުކުރި މި ލިސްޓަކީ މި އަހަރުގެ މޭ މަހު އިންތިހާބު ބޭއްވުމަށް ޓަކާ އޭޕްރިލް މަހު އާންމުކުރި ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބަލާ އިސްލާހުކޮށްފައިވާ ލިސްޓެކެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީން ބޭނުންކުރަނީ 93،000ށް ވުރެ ގިނަ […]

ޝިއުނާ އާދަމް
އެމްއެމްސީގެ މެމްބަރު ކަމަށް ޝާފިއު އިންތިޚާބުކޮށްފި

އެމްއެމްސީގެ މެމްބަރު ކަމަށް ޝާފިއު އިންތިޚާބުކޮށްފި

މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު ކަމަށް މުހައްމަދު ޝާފިއު އިންތިޚާބުކޮށްފިއެވެ. އޭނާ މި މަގާމަށް އިންތިހާބުކޮށްފައި ވަނީ 57 ވޯޓުން އިންތިހާބު ކާމިޔާބުވެގެންނެވެ. އިއްޔެ ހެނދުނު 10:00 ން 11:00 އަށް ވެލާނާގެ ތިރީގައި ބޭއްވި އިންތިޚާބުގައި ވޯޓްލުމަށް ރަޖިސްޓްރީ ކުރި 103 މީޑިއާގެ ތެރެއިން 93 މީޑިއާއަކުން ވަނީ ވޯޓްދީފައެވެ. މޯލްޑިވްސް މީޑިއާ ކައުންސިލްގައި ތިބެނީ 15 މެންބަރުންނެވެ. އެއީ މީޑިއާ ތަމްސީލްކުރާ 8 މެންބަރުންނާއި އާންމު 7 މެންބަރުންނެވެ. އާންމު 7 މެންބަރުންނަކީ […]

ޝިއުނާ އާދަމް
ސިވިލްސާރވިސް މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލުމުން ކަންބޮޑުވެއްޖެ

ސިވިލްސާރވިސް މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލުމުން ކަންބޮޑުވެއްޖެ

ސިވިލްސާރވިސް މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުން މަޑަޖައްސާލުމުން މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ނެރެފައިވާ ސަރކިއުލަރގައި ބުނެފައިވާ ގޮތުގައި ސިވިލް ސަރވިސްގެ ފަންނީ އޮނިގަނޑުތަކުގެ ވަޒީފާގައި ތިބި ފަރާތްތަކަށް، ޕާރފޯމަންސް އެޕްރައިސަލްއަށް ރިޢާޔަތްކޮށް ދެވޭ ގްރޭޑް ކުރިއެރުން ދިނުން ވަގުތީ ގޮތުން މަޑުޖައްސާލައިފައިވާކަމަށް ބުނެފައިވެއެވެ. މިކަމާއި ގުޅިގެން މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލ...

އަޒްފާ ރަޝީދު
ގާސިމް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ގާސިމް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ނޫސްވެރިންގެ ބައްދަލުވުމެއް އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފިއެވެ. ޖޭޕީ ލީޑަރު ގާސިމް ނޫސްވެރިންނާ ބައްދަލުކުރަން ނިންމަވާފައިވާކަން އެ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސައުދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މި ނޫސްވެރިންގެ ބައްދަލުވުން ތާވަލްކޮށްފައި މިވަނީ އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްފަހުންނެވެ. ގާސިމް އިބްރާހިމް ނޫސްވެރިންނާ ބައްދަލުކުރައްވަން ތާވަލްކޮށްފައިވާއިރ...

އަލީ އާދިލް
ޔާމީން ކުރެއްވީ ގޭ ބަންދުގައި ހުންނަ މީހަކަށް ނުކުރެވޭނެކަމެއް ނޫން: އިދިކޮޅު ކޯލިޝަން

ޔާމީން ކުރެއްވީ ގޭ ބަންދުގައި ހުންނަ މީހަކަށް ނުކުރެވޭނެކަމެއް ނޫން: އިދިކޮޅު ކޯލިޝަން

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށްކަމަށާއި، ފިޔަވަޅު އަޅާނެކަމަށްް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެކަން ކުށްވެރިކޮށްފިއެވެ. އިދިކޮޅުން މިއަދު ހަވީރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ “އިންސާފު ހޯދަން” ނަމުގައި އެއްވުންތަކެއް ބާއްވާފައެވެ. މިގޮތުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ގޭ ބަންދުގައި ހުންނަވައިގެން ރައީސް ޔާމީން ވަނީ ބައިވެ...

އަޒްފާ ރަޝީދު
ރައީސް ޔާމީން މިއަދު ޢަމަލުކުރެއްވީ، ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް: ކަރެކްޝަން

ރައީސް ޔާމީން މިއަދު ޢަމަލުކުރެއްވީ، ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް: ކަރެކްޝަން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ. “އިންސާފު ހޯދަން” ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ގޭ ބަންދުގައި ހުންނެވި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވަނީ ގޭގައި ހުންނަވައިގެން ބައިވެރިވެވަޑައިގެންފަ އެވެ. ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލަ ބަލާ ފިޔަވަޅު އަޅުއް...

އަލީ އާދިލް
އެންމެ ފުރަތަމަ ދިވެހި ބަސް ކިޔަވައިދޭ ބޭރު ގައުމަކަށް ޗައިނާ

އެންމެ ފުރަތަމަ ދިވެހި ބަސް ކިޔަވައިދޭ ބޭރު ގައުމަކަށް ޗައިނާ

ޗައިނާގެ ބެއިޖީންގެ ފޮރިން ސްޓަޑީޒް ޔުނިވާސިޓީ (ބީއެފްއެސްޔޫ) ގައި ދިވެހި ބަހުގެ ކޯހެއް ކިޔަވައި ދޭން ފަށައިފި އެވެ. މިއީ އެހެން ގައުމެއްގެ ޔުނިވާސިޓީއެއްގައި ދިވެހި ބަހުގެ ކޯހެއް ރަސްމީކޮށް ހިންގާ ފުރަތަމަ ފަހަރެވެ. ދިވެހި ކޯސް ފެށުމުގެ ގޮތުން ބީއެފްއެސްޔޫގައި އިއްޔެ ބޭއްވި ހަފުލާއެއްގައި އެ ޔުނިވާސިޓީގެ އިސް ބޭފުޅުންނާއި ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ. އެގޮތުން އެ ހަފްލާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޗައިނާގައި ހުންނަވާ ރާއްޖޭގެ ޑެޕިއ...

ޝިއުނާ އާދަމް
ފޮތްތަކުން ކުށެއް ފެނިއްޖަ ނަމަ އަންގަން އެދިއްޖެ

ފޮތްތަކުން ކުށެއް ފެނިއްޖަ ނަމަ އަންގަން އެދިއްޖެ

ސްކޫލްތަކުގައި ކިޔަވައިދޭ އިސްލާމް އަދި ގުރުއާތް ފޮތްތަކުން ކުށެއް ފެނިއްޖެ ނަމަ އެކަން އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގަން އެ މިނިސްޓްރީން އެދިއްޖެއެވެ.  އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމް އަދި ގުރުއާން ފޮތްތަކުގައި ކުށް ހުރިތޯ ބެލުމަށް ރިވިއުކުރަމުންދާތީ އިސްލާހުކުރަން ޖެހޭ އެއްވެސް ކުށެއް ފާހަގަވެފައިވާނަމަ، އެފަދަ ކުށެއް ހިމެނޭ ފޮތާއި، ސަފްހާ އެނގޭނެހެން ލިޔުމަށް ފަހު curriculum@nie.gov.mv އަށް ފޮނުވުމަށް އެދޭ ކަމަށެވެ.  އިސްލާމް އަދި ގުރުއާން ފޮތްތަކުން ކުށް ފާހަގަވެގެން އެ...

ޝިއުނާ އާދަމް
ރައީސްގެ ދެ ކަނބަލުން މާލެ ވަޑައިގެންފި

ރައީސްގެ ދެ ކަނބަލުން މާލެ ވަޑައިގެންފި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅަށާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެންފިއެވެ. މިދިޔަ އަންގާރަ ދުވަހު އެމަނިކުފާނު ފެއްޓެވި މި ދަތުރުފުޅު ނިންމަލާޥލެއްވި އިއްޔެއެވެ. މި ފަތުރުފލޫގައި އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އިތުރުން ކެބިނެޓުގެ ބައެއް މިނިސްޓަރުންނާއި، އެކު ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވީ ރޭއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ށ. އަތޮޅުގެ 4 ރަށަކަށް އަދި ރ. ަތޮޅުގެ 5 ރަށަކަށް އެމަނިކުފާނ...

ޝިއުނާ އާދަމް
މަޑުއްވަރީ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް ރަސްމީކޮށް ހުޅުވައިފި

މަޑުއްވަރީ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް ރަސްމީކޮށް ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޑުއްވަރީ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު މި ހޯލު ހުޅުއްވާދެއްވާފައި ވަނީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި، އެކު ށ. އަދި ރ. އަތޮޅުގެ ބައެއް ރައްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ މަޑުއްވަރީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި މަޑުއްވަރީގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވާފައިވެއެވެ. އެމަނިކުފާނުގެ މި ދަތ...

ޝިއުނާ އާދަމް
ނޮޅިވަރަމުން ޕޮޒިޓިވްވި އަދަދު 216 އަށް އަރައިފި

ނޮޅިވަރަމުން ޕޮޒިޓިވްވި އަދަދު 216 އަށް އަރައިފި

ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 216 އަށް އަރައިފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އެރަށުން ކޯވިޑް ބަލި ޖެހުނު މީހުންގެ ޢަދަދު 216 އަށް އަރާފައިވާ ކަމަށެވެ. އެ ބަލިޖެހިފައިވޭތޯ ޓެސްޓް ކުރުމަށް މިހާތަނަށް 855 ސާމްޕަލެއް ނެގިފައިވާ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިހާލަތުގައި ޚިދުމަތްދޭން ތިބި ބައެއް ސިއްހީ ޚިދުމަތްތެރީންނާއި، ފުލުހުންގެ އޮފިސަރެއް ވެސް ހިމެނޭ...

އަލީ އާދިލް
އަބްދުﷲ ޝާހިދުގެ ތަރުޖަމާނަކަށް ބްރެޒިލް ބޭފުޅަކު އައްޔަންކޮށްފި

އަބްދުﷲ ޝާހިދުގެ ތަރުޖަމާނަކަށް ބްރެޒިލް ބޭފުޅަކު އައްޔަންކޮށްފި

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ތަރުޖަމާނަކަށް ބްރެޒިލް ބޭފުޅަކު އައްޔަންކޮށްފިއެވެ.  އދގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި މިނިސްޓަރ އަބްދުﷲ ޝާހިދު ހުންނަވާ ދައުރުގައި، އެމަނިކުފާނުގެ ތަރުޖަމާނެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މޮނިކާ ގްރޭލީއެވެ.  މޮނިކާއަކީ މިވަގުތު ޔޫ.އެން ނިއުސްގެ ޕޯޗްގީޒް އެޑިޓަރެވެ. އަދި އޭނާ ވަނީ އާއްމު މަޖިލީހުގެ 73 ވަނަ ސެޝަންގެ ރައީސާ މަރިއާ ފެރްނާންދާ އެސްޕިނޯސާ ގެ ތަރުޖަމާނުކަން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ކުރައްވާފައެވެ.  މި މަގާމާ ހަވާލުވުމަށް ފަހު […]

ޝިއުނާ އާދަމް
ގައިދީންނަށް ފޮނުވާ ފައިސާ ބެލެހެއްޓޭނޭ އައު ނިޒާމެއް ބޭނުންކުރަން ފަށައިފި

ގައިދީންނަށް ފޮނުވާ ފައިސާ ބެލެހެއްޓޭނޭ އައު ނިޒާމެއް ބޭނުންކުރަން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ގައިދީންނާއި ބަންދު މީހުންނަށް ފޮނުވާ ފައިސާ ބެލެހެއްޓޭނޭ އައު ނިޒާމެއް އެ ސާވިސްއިން ބޭނުންކުރަން ފަށައިފިއެވެ. “ޕްރިޒަނަރ އެކައުންޓްސް މެނޭޖްމަންޓް ސިސްޓަމް (ޕެމްސް)ގެ ނަމުގައި 09 ސެޕްޓެމްބަރ 2021 (މިއަދު) ބޭނުންކުރަންފެށި މި ނިޒާމުގެ ތެރެއިން ބަނޑޭރި ޕޭ މެދުވެރިކޮށް ކަނޑައެޅިފައިވާ އަދަދަށް ޤައިދިންނާއި ބަންދުމީހުންނަށް ފޮނުވާ ފައިސާއާއި އެލަވަންސް އުޞޫލުން މަސައްކަތްކުރާ ޤައިދީންގެ ފައިސާ ފަސޭހައިން ބެލެހެއްޓުމަށް މަގުފަހިވެގ...

އިބްރާހިމް ޚަލީލް
ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު އެކުލަވާލައިފި

ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު އެކުލަވާލައިފި

މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން “ޓީޗާރސް ރަޖިސްޓްރޭޝަން ބޯޑު” ގެ ނަމުގައި ބޯޑެއް އެކުލަވާލައިފި އެވެ. މިކަމާއި ގުޅުގެން އެ މިނިސްޓްރީން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވީ މި ބޯޑަކީ ރާއްޖޭގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓަރީ ކުރުމާގުޅޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދާފައިވާ ބޯޑެއްކަމަށެވެ. އެގޮތުން، އެ މިނިސްޓްރީން އެލުލަވާލެއްވި ބޯޑުގެ ރަޖިސްޓްރާރ އެއްގޮތުގައި ހަރަކާތްތެރިވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޢާއިޝަތު ޢާޠިޔާ ނަޞީރު އެވެ. އަދި އެޑިޔުކޭޝަނަލް މެނޭޖްމ...

އަޙްމަދު އަރުޝަމް