އައްސޭރި ޖަލު ގައިދީން ޓީބީ އަށް ޓެސްޓު ކުރަނީ
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ތިބި ގައިދީނަށް ޓީބީ ސްކްރީނިންގ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. ކަރެކްޝަނުން ބުނިގޮތުގައި އައްސޭރި ޖަލުގެ ހުރިހާ ގައިދީންނަށް އަމާޒުކޮށްފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު 71 ޤައިދީންގެ ސާމްޕަލް ނަގާފައިވާ ކަމަށް ބުނެއެވެ. ކަރެކްޝަނުން ބުނީ މި ޕްރޮގްރާމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމް ހޮސްޕިޓަލްއާ ގުޅިގެން ކުރިއަށް ގެނ...