ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެއްމެދު ޢިމާރާތުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ ރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް އެއްމެދު ޢިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކުރުމާއި، އެއްމެދު ޢިމާރާތްތަކުގައި ހިމެނޭ ޔުނިޓުތައް ގަނެވިއްކުމާއި މިލްކުކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އެއްމެދު ޢިމާރާތްތައް ބެލެހެއްޓުމާއި ބޭނުންކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ބިލެކެވެ. މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި، ރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް، އެއްމެދު ޢިމާރާތްތަކެއްގެ ގޮތުގައި ރަ...
ޝިއުނާ އާދަމް
ނޫސްވެރިންނަށް ހާއްސަ ދިވެހި ބަހުގެ ވޯރކްޝޮޕެއް ހިންގަން މޯލްޑިވްސް މީޑިއާކައުންސިލުން ނިންމައިފިއެވެ. މިއީ ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މީޑިއާކައުންސިލާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ، ދިވެހި ބަހުގެ ހާއްސަ ވޯރކްޝޮޕެކެވެ. މި ވޯރކްޝޮޕް ފެށުމަށް ނިންމާފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ފަސް ދުވަހުގެ މުއްދަތައް ހިންގާ މި ވޯރކްޝޮޕްއަކީ ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ޝަ...
ޔުމްނާ ޢަލީ
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަ ކުރާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ. އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރަން ނިންމާފައިވާ ކަމަށެވެ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ނިންމާ އެމްއެންޕީއިން މިއަ...
އަލީ އާދިލް
ރާއްޖެއިން ފަތުރުވެރިންނަށް ކުރެވޭ ތަފާތު ތަޖުރިބާތައް ދައްކުވައިދިނުމަށް ހާއްސަކޮށްފައިވާ “ރީކަނެކްޓް ވިތް މޯލްޑިވްސް” ޕްރޮގްރާމް ސީއެންއެންގެ ފީޑްތަކުގައި ދައްކައިފިއެވެ. މި ޕްރޮގްރާމް ސީއެންއެން ފީޑްތަކުގައި ދައްކާފައި މިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް) އަދި ސީއެންއެން އިންޓަރނޭޝަނަލް ގުޅިގެން ކުރިއަށް ގެންދާ ގްލޯބަލް ކެމްޕެއިންގެ ދަށުންނެވެ. 30 މިނެޓުގެ މި ޕްރޮގްރާމް ޕްރިމިއަރ ކޮށްފައިވަނީ 11 ޑިސެންބަރުގައެވެ. މި ޕްރޮގްރާމް...
އަލީ އާދިލް
ދިވެހިރާއްޖޭން އިންޑިޔާ ސިފައިން ބާލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން ރަސްމީކޮށް ޢިއުލާން ކުރަށްވާފައެވެ. އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންދާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް “އިންޑިއާ އައުޓް ކެމްޕޭނަކީ ޖަރީމާއެއް” ކަމަށް މިއަދު ވިދާޅުވި ކަމަށް އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއްގެ ސްކްރީނ...
އަލީ އާދިލް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ދަޢުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. ފުރަމާނަ ދަތުރުފުޅެއްގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދިވެހިރާއްޖެއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވަނީ މި މަހު 22 ން 27 އަށެވެ. މިދަތުރުފުޅުގައި އެ ކަމަނާގެ ރަސްމީ ހަރަކާތްތައް ކުރިޔަށްދާނީ މި މަހުގެ 22 ން 23 ގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ. ރައީސް އޮފީހުން ވިދާޅުވީ، އެ ކަމަނާގެ މި ދަތުރުފުޅަކީ ރައީސް އިބްރާހީމ...
އިބްރާހިމް އަސްވާޤް
ދީނީ ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާއި ތަފާތު ދާއިރާތަކުގެ ޢިލްމީ ފުންނާބު އުސް ބޭފުޅުން ހިމެނޭހެން އުފައްދާފައިވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)އިން އިސްލާމީ ޙަޟާރަތާ ގުޅޭ ފުރިހަމަ މަޢުލޫމާތު ހިމެނޭ ގޮތައް 30 އެޕިސޯޑްގެ މައްޗަށް އެކުލެވިގެންވާ ޚާއްޞަ ޕްރޮގްރާމެއް އުފައްދަން ނިންމައިފިއެވެ. އައިއޯސީސީން ބުނީ އެ ޖަމާއަތުގެ އިސްލާމިކް އެޑްވައިޒަރީ ކައުންސިލްގެ ކޮމިޓީގައި އިއްޔެ މިކަަމަށް މަޝްވަރާ ހިންގާފައިވާ ކަމަށެވެ. މިގޮތުން އިސްލާމީ ޙަޟާރަތު އެ އަސާސެއްގ...
ޔުމްނާ ޢަލީ
ރާއްޖޭގައި މިވަގުތު އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު މަދަރުސާކަމަށްވާ، އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސުކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމާއި ގުޅިގެން ރާއްޖޭގެ ބައެއް އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ. އެ ޑިޔުކޭޝަންގެ މި ނިންމުމާއި ދެކޮޅަށް އަރަބިއްޔާގެ ބެލެނިވެރިން ވެސް ވަނީ މި މަހުގެ 17 ވީ ހުކުރު ދުވަހު އިހުތިޖާޖުކޮށްފައެވެ. އަރަބިއްޔާ ސުކޫލު ކުރިމަތީ ތިބެގެން އިހުތ...
އަލީ އާދިލް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ 34 ޕްރިޒަން އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން މިއަދު ދީފިއެވެ. ކަރެކްޝަނަލް ސާވިސްއިން ވިދާޅުވި ގޮތުގައި އެ އިދާރާގެ އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދީފައިވަނީ މާފުށީ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ލިބުނު ކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒ...
ޝިއުނާ އާދަމް
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުޅުވާލައިފިއެވެ. އެމްޑީޕީއިން ކުރި ޢިއުލާނެއްގައި ބުނީ، ކޮމަންޑޫ ދާއިރާ ޕާލިމަންޓަރީ ބައި އިލެކްޝަން ޕްރައިމަރީ މިހިނގާ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ. މި ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދު ހުޅުވާލާފައިވާއިރު، މި ބައި އިލެކްޝަން ގައި ވާދަކުރަން ބޭނުންވާ އެމްޑީޕީގެ މެމްބަރުން މަޤާމައް ކުރިމަތިލާންއެދޭ ފޯމް ފު...
ޔުމްނާ ޢަލީ
ޓީމުން ބޭރު މީހުން ގަންޖުފަރާސް ލައްވާފައި ޓީީމަށް ގޭމު ކުޅެން އެރުވުމަކީ ކުޅިވަރުގެ ރޫހާ މުޅިން މުޑިއަރާ، ސުމެއްގެ ކަމެއްކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ޑރ. މައުސޫމް މިމޭރުމުން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައިއެވެ. ބެލެވޭ ގޮތުގައި އެ ޓްވީޓްގައި މިނިސްޓަރު މައުސޫމް އިޝާރާތް ކުރައްވާފައި ވަނީ މާލެ އަތޮޅު ގުރައިދޫގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕޭންގައި ބޭރުމީހެއް، އެ ކެމްޕޭންގެ ޓީޝާޓެއް ލައްވައިގެން ހުއްޓާ ފެންނަ ދައު...
އަލީ އާދިލް
އިސްލާމް ދީން އޮތް ޤައުމަކަށް ލާދީނިއްޔަތު ވުޖޫދު ވެއްޖެނަމަ އެންމެ ފުރަތަމަ ވެސް އެބަޔަކު ކޮކަޑި ލާނީ އިސްލާމީ ތަޢުލީމަށްކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މިއަދު އަލްމަދަރަސަތުލް އިސްލާމިއްޔާ އަކީ މިރާއްޖޭގައި އިސްލާމީ ތަޢުލީމު އުނގަންނައި ދިނުމުގެމުހިއްމު އެއް ތަނބުކަމަށެވެ. އެމަދަރުސާއަކީ ދިވެހި މުޖުތަމަޢުގެ އަޚުލާޤާއި,...
އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ލޯފަން މީހުންނާއި ބައްދަލުކުރައްވައި އެބޭފުޅުންނަށް ދަތިވާކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ބައެއް ލޯފަން މީހުންނާއި، އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ އިތުރުން، އެންސްޕާގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ބައިވެރިން މައިގަނޑު ގޮތެއްގައި ފާހަގަކުރަ...
ޔުމްނާ ޢަލީ
މާލޭ ސިޓީގެ މާލޭގައި ޒުވާނަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި މާލޭގެ މެހެލިގޯޅީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލަފައިވާ ކަމުގެ ރިޕޯޓް އެ އިދާރާއަށް މިއަދު ހެނދުނު 8:20 ހާއިރު ވަނީ ލިބިފައެވެ. ހަމަލާ ދީފައިވަނީ 22 އަހަރުގެ ފިރިހެނަކަށް ކަށެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އިތުރުތަފްސީލް އަދި ފުލުހުން ހާމަކުރަށްވާފައިނުވާއިރު، މި މައްސަލަ ތަހުގީގުކުރަށްވަމުން ގެންދަވާކަމަ...
ޝިއުނާ އާދަމް
ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން މާލޭ ސިޓީގެ މާލެއާއި، ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި 119 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ. މިއީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. މި ޑިސެމްބަރު މަހުގެ 12 ން 14 އަށް މާލެއާއި ހުޅުމާލޭގައި ހިނ...
ޝިއުނާ އާދަމް