ފަތުރުވެރިކަމުގެދާއިރާގެ މަސައްކަތްތެރިންނަށް ވެކްސީންގެ ބޫސްޓާ ޑޯޒް ދިނުން އަވަސްކުރުމަށާއި ހައްޤުތަށް ރައްކާތެރިކުރުމަށް ޓޫރިޒަމް އެމްޕޮލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ގޮވާލައްވައިފިއެވެ. ޓީމް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މުޅި ކޯވިޑުގެ ވަބާގައި އެންމެ ބޮޑު ގުރުބާނީއެއް ވާ ބަޔަކީ ޓުއަރިޒަމް ދާއިރާގެ މަސައްކަތްތެރިން ކަމަށެވެ. އެހެންކަމުން މިހާރުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ އޮމިކްރޯން ވޭރިއެންޓުން ރައްކާތެރިވުމަށްޓަކައި ބޫސްޓ...
އައިޝަތު ނަސާޔާ
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ކަނޑައެޅި 60 ބިން ހަމައެކަނި މާލޭގެ ރައްވެހިންނަށް ގަނެވޭގޮތަށް އުސޫލަށް ބަދަލުގެނެސް އާންމުކޮށްފިއެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކުރިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން 18 އަހަރުން މަތީ ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްވެއްސަކަށް ވެސް ބިން ގަނެވެއެވެ. ނަމަވެސް އެޗްޑީސީން ވަނީ އެ އުސޫލަށް ބަދަލުގެނެސް މިހާރު އެ ބިންތައް ގަނެވޭނީ ހަމައެކަނި މާލޭ ރައްވެހިންނަށް ކަމަށް ކަނޑައަޅާފައެވެ. މި ބިންތައް ގަތުމުގެ ޝަރުޠުތައް: މާލޭގައި ރަޖިސްޓްރީވެ...
ޔުމްނާ ޢަލީ
މިއަހަރު ދިވެހި ރާއްޖެއަށް ޒިޔާރަތްކުރި އެންމެ ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އިން ހޫނު މަރުޚަބާއެއް ކިޔައިފިއެވެ. މޯލްޑިވްސް މާރކެޓިން އެންޑް ޕީއާރު ކޯޕޮރޭޝަން އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ފުރުސަތު ލިބިވަޑައިގެންނެވި ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ގެ ޖޯޖީނާ ކެނިންގއެވެ. ޖޯޖީނާ ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނު 06:10 ގައެވެ. މިފަރާތަށް މަރުޚަބާ ދެންނެވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއ...
އައިޝަތު ނަސާޔާ
މިފެށުނު 2022 ވަނަ އަހަރުގެ ޢަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް، އެމީހެއްގެ ފެންވަރުން ޤައުމުގެ ތަރައްޤީގައި ޢަމަލީގޮތުން ބައިވެރިވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިފަދައިން ވިދާޅުވެފައި ވަނީ 2022 ވަނަ އަހަރު ފެށުމާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ދެއްވެވި ތަޙުނިޔާގެ ޚިޠާބުގައެވެ. ރައީސް ޚިޠާބުގައި ވިދާޅުވީ، އަހަރަކަށް އަލްވަދާޢު ކިޔައި، އައު އަހަރަކަށް މަރުޙަބާ ކިޔާއިރު، ކޮންމެ މީހަކުމެ ކުރާ އުންމީދުތަކަކާއި، ދެކޭ ހުވެފެންތަކެއް...
ޝިއުނާ އާދަމް
ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގާ އިންޖީނުގެތައް ހުރި ރަށްތަކުގައި، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ އެކަހެރި ކުރުމުގެ މަސައްކަތުގެ 99 އިންސައްތަ ހާސިލުކުރެވިފައިވާކަމަށް ފެނަކައިން ބުނެފިއެވެ. މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ އެކަހެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ. ފެނަކައިން ބުނީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރ...
އަލީ އާދިލް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި 4 ދުވަހުގެ މި ނުރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަބަލުން ފަޒްނާ އަޙްމަދު ވަނީ މިދިޔަ ނޮވެމްބަރ މަހުވެސް ލަންކާއަށް ވަޑައިގެންފައެވެ. އެދަތުރުފުޅަކީ އެގައުމުގެ “ޕް...
އައިޝަތު ނަސާޔާ
ބަރމިންގހަމް ކޮމަންވެލްތް ގޭމްސްގައި ބޭނުންކުރާ ދަންމަރު (ބަރމިންގހަމް 2022- ކްއީންސް ބެޓްން) އަށް ދިވެހިރާއްޖެއިން ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ. ކުއީންސް ބެޓަންއަށް މަރުހަބާ ދެންނެވުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ބައިވެރިވެ ވަޑައިގަންނަވާފައެވެ. މީގެއިތުރުން ނައިބް ރައީސް ފައިޞަލް ނަސީމް ވެސް ވަނީ އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި، ކޮ...
އިބްރާހިމް ޚަލީލް
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގެ ސައިޒުގެ ކުޑަބޮޑު މިނަކުން ނުވަތަ އާބާދީގެ ގިނަމަދު މިނަށް ބަލައި ސަރުކާރުން ކުރި ފަރަގެއް، ތަފާތެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ މިހާތަނަށް ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ނުފެށި އޮތް 23 ރަށުގައި އެ ޚިދުމަތް ޤާއިމުކުރުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ތަރައްގީގެ ވާހަކަ ދައްކަންވާނީ ވެސް ގައ...
ޙުސައިން ޝަހުދީ
އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)ގެ އެއް ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމް އެ ޕާޓީން ވަކިވާން ހުށަހަޅުއްވައިފިއެވެ. އަދާލަތު ޕާޓީގައި އިސްކޮށް މަސައްކަތްކުރެއްވި މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޑރ. އަނާރާ ވަނީ އޭނާ އަދާލަތު ޕާޓީން ވަކިވާން ހުށަހަޅުއްވާފައިވާކަމަށް މިއަދު ވިދާޅުވެފައެވެ. އަދާލަތުން ވަކިވާން ހުށަހެޅުއްވިކަން ހާމަކުރަށްވާ، އެކަމަށް އެދި ހުށަހެޅުއްވި ސިޓީގައި ޑރ. އަނާރާ ވަނީ ވޭތުވި ދުވަސްތ...
ޔުމްނާ ޢަލީ
ހެލްތް ޕްރޮފެޝަންގެ ފަންނީ ވަޒީފާތަކުގެ ކުރިއެރުން ލިބޭނެ ގޮތެއް ވެފައިނުވަނީ، ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ނެތުމުގެ ސަބަބުންކަމަށްވާތީ، ސިވިލް ކޯޓަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ. ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓަރާއި، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ އޮނިގަނޑެއް ހަދާ ތަންފީޒު ކުރަމުން ނުގެންދާތީ ޞިއްޙީ ދާއިރާގެ މުވައްޒަފުންނަށް އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ޙައްޤ...
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަށް ދިވެހި ރައްޔިތުންނަށް އެއްވެސް އުންމީދެއް ނުދެވުނު ކަމަށާއި، އެ މަނިކުފާނުގެ ވައުދަކީ ވެސް އަދި މެނިފެސްޓޯ އަކީ ވެސް ބަދަލުހިފުމުގެ ރޫހާއި ނަފުރަތުން ފުރިގެންވާ “އިންޑިއާ އައުޓް” އެޖެންޑާކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނެފިއެވެ. އެމްޓީޑީން މިއަދު އާންމުކުރި ބަޔާނެއްގައި ވަނީ ރާއްޖެއާއި އިންޑިއާއި އޮތް ޒަމާންވީ ގުޅުންތަކުގެ މައްޗަށާއި، އެކަމުން އޮތް ފައިދާތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. އަދި އިދިކޮޅުން މިހާރު އިންޑިއާ މިލ...
އަލީ އާދިލް
މާލޭގެ ރައްޔިތުންގެ ހައްގުގައި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) މިހާރު އުވާލަންޖެހިފައިވާކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެޗްޑީސީއިން އިއްޔެ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން ޢިއުލާންކޮށްފައެވެ. އެކަމާ ސިޓީ ކައުންސިލާއި މޭޔަރު ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މޭޔަރު ޑރ. މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ ރައްޔިތުންގެ ހައްގުގައި އެޗްޑީސީ މިހާރު އުވާލަންޖެހިފާ ވާކަމަށެވެ. އަދި މާލޭގެ ރައްޔިތުންގެ ހައްގުތަކަށް އޮ...
އަލީ އާދިލް
ތިލަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މަރުވީ ހަދަމުން ދިޔަ އިމާރާތެއްގެ ތިރީހަކަށް ފޫޓު މަތީގައި ހުރި ޖުންގެއްގެ މަތިން ތިރީ ފްލޯއަށް އެ މީހާ ފުންމާލުމުންނެވެ. އެމީހާ ތިރިއަށް ފުންމާލި ވަގުތު ސިމެންތި ފިލާ ފަޅައިގެންގޮސް ބިންމައްޗަށް ޖެހުނުކަމަށް މަންޒަރުދުއްމީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފަ ވެއެވެ. ފުލުހުންގެ ޚިދުމަތުން ބައެއް މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި ތިލަފުށީގައި އިމާރާތްކުރަމުން ދިޔަ...
އައިޝަތު ނަސާޔާ
އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) ގެ ހުރިހާ މެމްބަރުން އުސްތިއުފާ ދެއްވައިފިއެވެ. މި ބޭފުޅުން އިސްތިއުފާ ދެއްވާފައި ވާކަން އޭސީސީއާއި ރައީސް އޮފީހުން ވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ. އޭސީސީގެ 5 މެމްބަރުންގެ ތެރެއިން 2 ބޭފުޅަކު ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންތައް ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ބެހޭ ކޮމިޓީން ފެށުމުން ކުރިން އިސްތިއުފާދެއްވާފައެވެ. އަދި ބާކީ ތިއްބެވި 3 ބޭފުޅުން ވަނީ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މި […]
އައިޝަތު ނަސާޔާ
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައުލީމު އުނގަންނައިދެމުން އަންނަ އަމިއްލަ ކޮލެޖެއްކަމަށްވާ އެވިޑް ކޮލެޖުން އެ ކޮލެޖުގެ 2020-2021 ވަނަ އަހަރުގެ ދަސްވެނިމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ދެ ދަންފަޅިއަކަށް ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު އޮތީ އިއްޔެ ހުޅުމާލޭގެ ހުރަވީ ސްކޫލްގައެވެ. ފުރަތަމަ ދަންފަޅި ޝަރަފްވެރިކޮށް ދެއްވާފައި ވަނީ ޑރ. ރަޝީދާ މުޙައްމަދު ދީދީއެވެ. ދެވަނަ ދަންފަޅި ކުރިއަށް ގެންގޮސްފައި ވަނީ ރޭގަނޑުއެވެ. މި ދަންފަޅީގެ ޝަރަފްވެރި މެޚްމާނަކީ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް...
ޝިއުނާ އާދަމް