އަލުން ހަނގުރާމަ ފަށައިފިނަމަ ހަނގުރާމަ މެދުއިރުމަތީގެ ސަރަހައްދުން ބޭރަށް ފުޅާވާނެ: އީރާން
އީރާނަށް އަމާޒުކޮށް އިތުރު ހަމަލާއެއްދީ އަލުން ހަނގުރާމަ ފަށައިފިނަމަ، މިހާރު ހިނގަމުންދާ ހަނގުރާމަ މެދުއިރުމަތީގެ ސަރަހައްދުން ބޭރަށް ފުޅާވެގެންދާނެ ކަމުގެ ވަރުގަދަ އިންޒާރެއް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ދީފިއެވެ. ތަސްނީމް އަދި ފާރްސް ނިއުސް ފަދަ ދައުލަތުގެ މީޑިއާތަކުން އާންމުކުރި މި ބަޔާނަކީ، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން އައިއާރުޖީސީގެ ރަސްމީ ސިޔާސަތަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ބެލެވެއެވެ. އައިއާރުޖީސީގެ ބަޔާނުގައި...