ދިވެހި ރާއްޖޭގައި މިހާތަނަށް ހިންގާ އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ވިދާޅުވިގޮތުގައި، މިއީ ދިވެހިރާއްޖޭގައި މިހާތަނަށް ޕަވަރ ޕާރޗޭސިންގް އެގްރީމެންޓްގެ ދަށުން ސޮއިކުރެވޭ އެންމެ ބޮޑު ސޯލަރ ޕީވީ އެއްބަސްވުމެވެ. މިއަދު ސޮއިކުރެވުނު ކޮންޓްރެކްޓްގެ ދަށުން ތިން ސިޓީއާއި، ތިން ރަށެއްގައި 11 މެގަވޯޓު ސޯލާ ޕެނަލް ހަރުކުރާނެއެވެ. މި މަޝްރޫޢު ހިންގާ ސިޓީތަކާއި، ރަށްތައް: ހދ....
ޔުމްނާ ޢަލީ
މީގެ 11 އަހަރު ކުރިން ވިލިމާލޭގައި ގްރޫޕަކުން ހަމަލާދީ މަރާލި އަހުމަދު މިރުޒާ އިބްރާހިމްގެ ގާތިލަކު މަރަން ހުކުމްކޮށްފައި ވަނިކޮށް އޭނާގެ ވާރިސުން ސުޕްރީމް ކޯޓުގައި މިއަދު ގާތިލަށް މައާފް ދީފި އެވެ. 2011 ވަނަ އަހަރު ހުޅުމާލޭ ކުޑަކުދިންގެ ޕާކް ކައިރީގައި ނ. މާޅެންދޫ ވައިޓްހައުސް، މިރުޒާއަށް ލަކުޑި ބުރިން ހަމަލާދީ މަރާލި މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ދެ މީހުންގެ ތެރެއިން ޏ. ފުވައްމުުލަކު ޒާވިއާ އަބްދުﷲ ނަޒީފަށް ވާރިސުން މައާފް ދިނީ ސުޕްރީމް ކޯޓަށް […]
ހުސައިން ހަބީބް
ކޮންމެ ދުވަހަކު ހޮވާ އެސްޓްރޮނޮމީ ޕިކްޗާ އޮފް ދަ ޑޭ އަށް ރާއްޖޭގެ ފޮޓޯއެއް ހޮވިއްޖެއެވެ. ރޭގަނޑުގެ ވަގުތެއްގައި ނަގާފައިވާ އެ ފޮޓޯއަކީ ހިތްގައިމު އަދި އެހާމެ ރީތި ފޮޓޯއެކެވެ. އެ ފޮޓޯ ނަގާފައިވަނީ ޗެކް ރިޕަބްލިކްގެ އިބްސްޓިޓިއުޓެއްގެ އެމްބެސެޑަރެއް ކަމަށްވާ ޕީޓާ ހޮރަލެކްްއެވެ. އޭނާ ނަގާފައިވާ ފޮޓޯއިން ފެންނަނީ ޅ. މަޑިވަރު މަލަމައްޗެވެ. އަދި އެއާއެކު މަޑިވަރުގެ މަތިން ޖައްވުގައި ހިމެނޭ ތަރިތައް ފެނެއެވެ. އެ ފޮޓޯއާއެކު ފޮޓޯގައި ފެންނަން ހުރި ތަރިތަކުގެ މައުލޫމާތު ވެސް […]
އަޙްމަދު ވަހީދު
މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތުގައި، ދިވެހި ބަހުގެ ގަވާއިދާ ޚިލާފަށް ދައުލަތުން ދައުވާ ލިޔެފައިވާ މައްސަލަ ދިފާއީ ވަކީލުން ކޯޓުގައި މިއަދު ފެންމަތިކޮށްފި އެވެ. މިދިޔަ އަހަރުގެ މެއި މަހު ބޮމެއް ގޮއްވާލައިގެން ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހަ މީހެއްގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ނެންގެވީ ދައުވާލިބޭ މ. ކުދެހިގޭ އިސްހާގުގެ ވަކީލް އަހުމަދު ޔާމީނެވެ. އެއް ދައުވާގައި ލިޔެފައި […]
ހުސައިން ހަބީބް
އިސްރަށްވެހިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، ޕެންޝަން އޮފީހާއި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުއިއްޔާއާއި ދެމެދު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގް (އެމް.އޯ.ޔޫ) އެއްގައ ސޮއިކޮށްފިއެވެ. ޕެންޝަން އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މިއެމްއޯޔޫގައި ސޮއިކޮށްފައިވަނީ މިއަދުއެވެ. އެއޮފީހުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކްޓިންގ ޗީފް އެގްޒެކްޓިވް އޮފިސަރ ސުޖާތާ ޙަލީމް އެވެ. އަދި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުއިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމުއިއްޔާގެ ރައީސް ޢަބްދު...
އައިޝަތު ނަސާޔާ
މުޅިރާއްޖެ ތަރައްޤީކުރުމުގައި އައްޑޫ ސިޓީގެ ޙިއްޞާބޮޑުކަމަށާއި، އެ ސަބަބަށްޓަކައި ރާއްޖެ ތަރައްޤީވުމުގައި އައްޑޫ ސިޓީ ތަރައްޤީވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙްގެ ދެ ކަނބަލުން އައްޑޫ ސިޓީގެ ރައްޔިތުންނަށް މިރޭ ދެއްވި މާހެފުމުގެ ތެރެއިން ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އައްޑޫ ސިޓީގެ މަތިން އެމަނިކުފާނު ހަނދުމަފުޅު ނައްތަވައިނުލައްވާކަމުގައި ވިދާޅުވެފައެވެ. މިރޭ ދެއްކެވި ވާހަކަފުޅުގައި ރިޔާސީ އިންތިޚ...
އަލީ އާދިލް
އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ކޮލެޖު ހުޅުވައިދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ކޮލެޖް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ރައީސް އައްޑޫއަށް ކުރަށްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ސ. ޖައިޝަންކަރު ވެސް ބައިވެރިވެވަޑައިގަތެވެ. މި ކޮލެޖަކީ ސެކިއުރިޓީ އެންފޯސްމެންޓް ދާއިރާތަކަށް ބޭނުންވާ ކަމާ ބެހޭ މީހުން ތަމްރީނުކޮށް، ލޯ...
ޔުމްނާ ޢަލީ
މިއަދު ކުރިއަށް ދިޔަ ބައި- އިލެކްޝަންތަކުން އިދިކޮޅު ޕީޕީއެމް ދެ ގޮނޑި ކާމިޔާބުކޮށް، އެމްޑީއޭ އިން ގޮނޑިއެއް ކާމިޔާބުކޮށްފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ވަނީ ތިން ގޮނޑިއަކަށް މީހުން އިންތިޚާބު ކުރުމަށް ބައި-އިލެކްޝަން ކުރިއަށް ގެންގޮސްފައެވެ. އެއީ ޅ. ކުރެންދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށާއި، ދ. މީދޫ އަދި ފ. ނިލަންދޫން ކުރެ ކޮންމެ ރަށަކަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރަކު އިންތިޚާބު ކުރުމަށެވެ. މިގޮތުން މިއަދު ކުރިއަށް ދިޔަ ޅ. […]
އަލީ އާދިލް
އިއްޔެ ހަވީރު ވެރިރަށް މާލޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން “ނޭވާ ހޮޅިއަށް” ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތް ބޭއްވި ސަރަހައްދުން ފުލުހުންނަށް އިރުޝާދު ދެމުންދިޔަ ކަމަށް ތުހުމަތުކުރެވުނު މިހާއަކީ ފުލުހުންގެ ސިއްޙީ ޚިދުމަތްދޭބައިގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެއް ކަމަށް ފުލުހުން ބުނެފިއެވެ. އިއްޔެ އިދިކޮޅު އިހުތިޖާޖު ހިނގި ސަރަހައްދުގައި އިންޑިއާ މީހެއްކަމަށް ބެލެވޭ މީހަކު ފުލުހުންނަށް އިރުޝާދު ދީފައިވާކަމަށް ތުހުމަތުކޮށް މީސް މީޑިއާގައި ވަނީ މީހެއްގެ ފޮޓޯ ދައުރުވެފައެވެ. މިއަދު ފުލު...
އަލީ އާދިލް
ޕީއެމްއާއި ޕީއެންސީން މިއަދު ބޭއްވި “ނޭވާ ހޮޅިއަށް” ހަރަކާތުގެ ތެރެއިން 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިކަމާއި ގުޅިގެން މިއަދު ފުލުހުން ވިދާޅުވެފައި ވަނީ ޕީޕީއެމްއިން ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިންގެ ތެރެއިން 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެމީހުންނަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބައެއް ކަމަށް ވެސް ވިދާޅުވިއެވެ. ޕީޕީއެމުން ބުނީ މިއަދު ހައްޔަރުކުރި މީހުންގެ ތެރ...
އަލީ އާދިލް
“ނޭވާހޮޅިއަށް” ނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު ވެރިރަށް މާލޭގައި ބާއްވަން ނިންމި ބޮޑު އެއްވުން ފަށައިގެން ކުރިއަށް އެބަގެންދެއެވެ. މި އެއްވުން ކުރިއަށް ނުގެންދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގާފައި ވަނިކޮށް ކުރިއަށް ގެންދާ މި ހަރަކާތުގެ ފޮޓޯތައް އިދިކޮޅު ޕީޕީއެމުން މީސް މީޑިއާގައި އާންމުކުރަމުން އަންނައިރު އެއްވުމުގެ ބައިވެރިންގެ ތެރެއިން އިދިކޮޅު ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވެސް ފެނެއެވެ. މި އެއްވުން ލީޑް ކުރެއްވުމުގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް...
އަލީ އާދިލް
މާލޭ ސިޓީގެ ގެއެއްގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ޑްރަގް އެންފޯސްމެންޓް އެންޑް ނާކޮޓިކްސް އިންޓެލިޖެންސުން އިއްޔެއިން ފަށައިގެން މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި ގެއެއްގެ ތަޅުންގަނޑު ދަށުގައި ވަޅުލާފައި ހުއްޓާ 42 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. މިތަކެތި އަތުލާފައި ވަނީ މާލެ ސިޓީގެ މާފަންނުގައި ހުންނަ ގެއަކުންނެވެ. މި މައްސަލާގައި އެކަކު ވަނީ ހަ...
ޔުމްނާ ޢަލީ
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރު ކޮށްފިއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މައި ޕާޓީގެ މީސް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި ޑެޕިއުޓީ މޭޔަރު ނަރީޝް ވަނީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ނަރީޝް މިނިވަންކުރުމަށް ވެސް ޕީޕީއެމުން ގޮވާލާފަވެއެވެ. ނަރީޝް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެ […]
އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ހަތަރު ދުވަހުގެ މިދަތުރުފުޅުގައި، ފުވައްމުލައް ސިޓީއާ އައްޑޫސިޓީގެ ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުމާއި މި ދެ ސިޓީގައި ކުރިޔަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ބައްލަވާލެއްވުމާއި ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެ...
ޔުމްނާ ޢަލީ
ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ‘ޤަޟާއީ އަހަރު 2022’ އިފްތިތާޙުކޮށްފިއެވެ. ‘ޤަޟާއީ އަހަރު 2022’ އިފްތިތާޙުކޮށްވީ، މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، ފާއިތުވި އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވީ މިންވަރު ދެނެގަނެ...
ޔުމްނާ ޢަލީ