ރާއްޖޭގައި މަރާލި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލިކަމުގެ ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން، މީހަކަށް ހަމަލާދޭނެ ގޮތެއް ބަލަން ފޯނުން ސާޗްކުރި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. ރާއްޖޭގެ ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާއާ ލޯބީގެ ގޮތުން މާވިން ގުޅިގެން އުޅެމުން ދެ މީހުން ބައިވެރިވެގެން މޭރީ މަރާލި ކަމަށް ބުނެ ކުރާ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ “ހައު ޓު ނޮކް ސަމްވަން އައުޓް” ލިޔެފައި […]
ހުސައިން ހަބީބް
އިނގިރޭސިވިލާތުގެ “ޑިޕްލޮމެޓް މެގަޒިން” އިން ހޮވާ އޭޝިއާގެ މިއަހަރުގެ އެންމެ މޮޅު ޑިޕްލޮމެޓަކަށް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަހްނާޒް ފައިސަލް ހޮވިއްޖެ އެވެ. ޑރ. ފަރަހަނާޒަށް މި އެވޯޑް ލިބިވަޑައިގަތީ އޭޝިއާ އާއި އޯޝޭނިއާގެ ގައުމުތަކުގެ ޑިޕްލޮމެޓިކުންނާ ވާދަކުރައްވައިގެންނެވެ. ޑރ. ފަރަހަނާޒަށް މި އެވޯޑް ލިބިވަޑައިގަތުމުން މަރުޙަބާ ދައްނަވަމުން ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ޢަބުދުﷲ ޝާޙިދު ވިދާޅުވީ، ރާއްޖޭގެ މަސ...
ޝިއުނާ އާދަމް
މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރުކުރުމަށް ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ޓީވީ ޗެނަލްތައް ހިންގާ ޒީ ނެޓްވޯކް އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން މަސައްކަތް ފަށައިފިއެވެ. އެއް މަސްދުވެހުގެ މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ އިޝްތިހާރު, މެދުއިރުމައްޗަށް ހާއްސަކޮށް ޒީ ނެޓްވޯކްއިން ހިންގާ ޒީ އަލްވާން އަދި ޒީ އަފްލާމް ޗެނަލްތަކުގައި 30 ދުވަސް ވަންދެން ދައްކާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. 15 ސިކުންތުގެ މި އިޝްތިހާރުތަކުގެ ޒަރިއްޔާއިނ...
އަލީ އާދިލް
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް، ގިނަ މަސައްކަތްތައް ނުނިންމާ އިއްޔެ ނިންމާލައި މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ. މަޖިލީހުން މިއަދު އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ދައުރުގައި ނިންމާފައި ވަނީ %49.6 މަސައްކަތެވެ. ބާކީ %50.4 މަސައްކަތް ނުނިމެ އެވެ. މިދިޔަ އަހަރުގެ ފަހު ދައުރުގައި 20 ބިލެއް ފާސްކުރި އެވެ. އެގޮތުން، މިދިޔަ ދައުރުގައި %65.5 މަސައްކަތް ނިންމި އެވެ. މިދިޔަ އަހަރު ނުނިމި ހުރި ބައެެއް ކަންތައްތަކާއި، މިއަހަރު މަޖިލީހަށް ހުށަހެޅި […]
އަލީ އާދިލް
ކޮވިޑްގެ ވަބާއިން އެއްކޮށް އަރައިނުގަނެވި އުޅެނިކޮށް މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ކުރިމަތިލުންތަކުގެ ސަބަބުން ނިކުންނަ ނަތީޖާތަކާއެކު، ދުނިޔެއިން ފަޤީރުކަން ނައްތާލާއި، ހަމަހަމަކަން ޤާއިމްކޮށް، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރި މަސައްކަތްތައް އެތައް އަހަރެއް ފަހަތަށް ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އިންޑިއާގެ ވެރިރަށް ދިއްލީގައި މިހާރު ކުރިއަށްދާ ރައިޒީނާ ޑައިލޮގްގައި ވީޑިއޯ މެސެޖެއް މެދުވެ...
އިބްރާހިމް އަސްވާޤް
ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލިފައިވާ އައްމަޓީ ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބޭރުކޮށްލާފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މިއަދު އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވަނީ އެ މައްސަލަ ހައި ކޯޓުން އަލުން ބަލަން ޖެހޭނެ ކަމަށެވެ. ހައި ކޯޓުން އެ މައްސަލަ ބޭރުކޮށްލާފައި އޮތީ […]
ހުސައިން ހަބީބް
ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޮރި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުއާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި ދެ ޤައުމުގެ ދެމެދު ދެމުން އަންނަ އެއްބާރުލުމުގެ މައްޗަށް ދެބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ. މިގޮތުން ނައިބު ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި ޖަޕާނާއި ރާއ...
ޔުމްނާ ޢަލީ
އިސްލާމްދީނާއި ދުރުވެގެން ކާމިޔާބެއް ނެތްކަމަށާއި މާތްﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީންކަމަށް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ. ޑރ. ޢަލީ ޒާހިރު މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ އިޙްޔާ ޕްރޮގްރާމްގެ ރޭގެ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ. ރޭގެ މަޢުލޫއަކީ “ޒަމާނީ އޮއިވަރުތަކުން ރައްކާތެރިވެތިބުމަށް މަގެއް” އެވެ. މި މައުލޫއަށް ވާހަކަ ދައްކަވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ، އިސްލާމްދީނާއި ދުރުވެގެން ކާމިޔާބެއް ނެތްކަމަށެވެ. އަދި މާތްﷲގެ ހަޟްރަތުގައި ދީނ...
ޝިއުނާ އާދަމް
ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގެ ކުރިން، ދައުވާލިބޭ ހަލީމަތު ލަމްހާގެ އިންޒާރުގެ މެސެޖެއް ފޮނުވާފައިވާ ކަަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ. ޅ. ހިންނަވަރު މާފިނި، ލަމްހާ އާއި އޭނާގެ ލޯބިވެރިޔާ އަދި މޭރީގެ ފިރިމީހާ މާވިންއާ ގުޅިގެން މޭރީ މަރާލި ކަމަށް ބުނެ ލަމްހާގެ މައްޗަށް ކުރާ ދައުވާގައި ދައުލަތުން ތުހުމަތު ކުރަނީ އެ ދެ މީހުން ލޯބީގެ ގޮތުން އުޅުމަށްޓަކައި ދެ މީހުން ރާވައިގެން މިދިޔަ އަހަރުގެ […]
ހުސައިން ހަބީބް
އިޖުތިމާޢީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އ.ދ. އިން ދެމި އޮންނާނެކަމުގެ ޔަޤީންކަން، އ.ދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް މިއަދު ދެއްވައިފިއެވެ. އ.ދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް، ޒިޔާރަތެއް ކުރައްވައި، ރާއްޖޭގެ އިޖުތިމާޢީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ. މަޖިލީހުގެ އިދާރާއިން ބުނީ މަޖިލިސް ރައީސްގެ މި ދަތުރުފުޅަކީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި އޮބްސާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ބާއްވާ ހަތް ވަނަ ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ. ރައިސީނާ ޑައިލޮގަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި، އޮގްޒާވާ ރިސަރޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤްވާމީ ކޮން...
ޝިއުނާ އާދަމް
އަންނަ މެއި މަހުގެ 14 ވަނަ ދުވަހު އޮންނަ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ތާއީދު ކުރަށްވާ ކެންޑިޑޭޓަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މިހާތަނަށް ފާޅުކަން ބޮޑުގޮތެއްގައި ޔާސިރު އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކޮށް މަސައްކަތްކުރައްވާތަން ނުފެންނާތީ އޭނާގެ ތާއީދު އޮތީ ކޮން ކެންޑިޑޭޓަކާއެކުގައި ކަން މިހާތަނަށް އޮތީ އާންމުންނާ ހަމައަށް ތިލަނުވެއެވެ. ޔާސިރަކީ ކުޅުދުއްފުށީ ސިޓީގައި އެމްޑީޕީގ...
އަލީ އާދިލް
މިވަގު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ރަނގަޅު ގޮތަކީ “ފެތެމުންދާ” ސަރުކާރާއެކީ ޕާޓީ ނުފެތުންކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް މިރޭ ފޮނުއްވި މެސެޖެއްގައެވެ. ބޯމަތިވެފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި ގުޅިގެން އެ ޕާޓީ ދެ ފަޅިއަކަށް ބައިވެފައިވާއިރު، އެ އިންތިޚާބުގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ. މި ފޯރީގައި އެ ޕާޓީގެ ޗެއާޕާސަން ކަމަށް […]
އަލީ އާދިލް
ދިވެހިރާއްޖޭގައި ފާޅުކަން ބޮޑު ޤާނޫނީ ގޯސް ހަދަން ޖާގަ ލިބޭ އެއް ސަބަބަކީ ލީގަލް ކޮމިއުނިޓީއާއި، ބާ ކައުންސިލް ބަލިކަށިވުން ކަމަށް ދައުލަަތުގެ ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ. އިންޑިއާއި މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވުމާއެކު، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ މައްޗަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދ...
އަލީ އާދިލް
ވިލިމާލެ ދާއިރާގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ އަބަދުވެސް ލިބޭ ބޮޑު އުފަލެއް ކަމަށާއި، އެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރަން ނުކުމެ ހުރީ އެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އައު ހަރުފަތަކަށް ގެންދިޔުމުގެ ނިޔަތުގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓު އާމިނަތު ޝީޒާ ބުނެފިއެވެ. ޝީޒާގެ ވިލިމާލެ ކެމްޕޭން ޖަގަހަ ހުޅ...
އަލީ އާދިލް