ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ދެކުނުގެ ބައެއް މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި ރައީސް ޞާލިޙް މިއަދު ވަނީ ރާއްޖޭގެ ދެކުނުގެ ބައެއް އިސް މަސްވެރިންނާ ބައްދަލުކުރައްވައި، އެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި މަސްވެރިންގެ ފަރާތުން ވަނީ ދެކުނުގެ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ހުށައަޅާފައެވެ. މި ބައްދަލުވުމުގައި މަސްވެ...
ޔުމްނާ ޢަލީ
ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) އަށް ތާއީދު ހޯދުމަށް އިއްޔެ ވިލިމާލޭގައި ކުރިއަށްދިޔަ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. އިއްޔެ ހަވީރު ވިލިމާލޭގައި ހިންގި މަހަރާކާތުގައި އިސްބޭފުޅެއް ގޮތުގައި ބައިވެރިވެވަޑައިގަތީ އެޕާޓީގެ ނައިބު ރައީސް އަދި މާލޭ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒެެވެ. މޭޔަރު މުޢިއްޒުގެ އިތުރުން މި ހަރާކާތުގައި މާލޭ ސިޓީގެ ޕީޕީއެމް ކައުންސިލަރުންނާއި، ފާތުނ...
އަލީ އާދިލް
ގޮތް ނޭނގޭ ފޮއްޓެއް ފެނިގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ. މި ފޮށި ފެނިފައި ވަނީ މާލޭ ސިޓީގެ ސްޓޭޑިއަމް ކައިރީގައި ޕާކްކޮށްފައި އޮތް ވެހިކަލެއްގެ ތެރެއިންނެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ފޮށި ފެނިގެން ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މިކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ އީއޯޑީ ޓީމުން ހަރަކާތްތެރިވެ، ބެލި ބެލުމުން ފޮށިން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ. މާލޭ ސިޓީން ދޭތެރެ ދޭތެރެއިން މިގޮތަށް ފޮށިތަކާއި، ދަބަސްތައް ދަނީ ފެންނަމުންނެވެ...
ތިލަދުން
ވިލިމާލެއަށް ނޭރުމަށް އިންޒާރު ދީފައި އޮތްނަމަވެސް އިއްޔެ ވިލިމާލެއަށް ވަޑައިގެން ކަމަށާއި، ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓަށް ތާއީދު ހޯދުމަށް އެއް ގެއަށް ވަނުމުގެ ފުރުސަތު ލިބުނު ކަމަށް މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ ޕީޕީއެމް މެންބަރު ނަޙުލާ ޢަލީ ވިދާޅުވެއްޖެއެވެ. ނަހުލާ އިއްޔެ ވަނީ އޭނާ ވިލިމާލެއަށް އަރައިގެން ނުވާނެ ކަމަށް އަންގާފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮންފަރާތަކުން ކަމެއް...
އަލީ އާދިލް
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް، ދިވެހި ސިވިލް ސަރވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 40 މުވައްޒަފަކު އިންޑިއާއަށް މިއަދު ހަވީރު ފުރައިފިއެވެ. މީގެ ތެރޭގައި މިނިސްޓްރީތަކާއި، ސުކޫލްތަކާއި އަދި ކައުންސިލް އިދާރާތަކުގެ މެނޭޖިރިއަލް ފަންތީގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެއެވެ. “ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް” ގެ ނަމުގައި އިންޑިއާގެ “ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނ...
އަލީ އާދިލް
ފުލުހުންގެ ޚިދުމަތުން ޅ. ހިންނަވަރުގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ، ހިންނަވަރުގައި، ހިންނަވަރު ޕޮލިހާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހު 2 އިން 5 އަށް ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. އެ އޮޕަރޭޝަނުގައި، އެ ރަށުގެ ފަޅު ގޯތިތަކާއި ކުށްކުރާކަމަށް ބެލެވޭ މީހުން އެއްވެ އުޅޭ ރަށުގެ އެކި ސަރަހައްދުތަކާއި ވަލުތެރެ ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، އެ ބަލައި ފާސްކުރުމުގެ ތެރެއިން 34 ފުޅި ބަނގުރާ ހޯދައި […]
ޔުމްނާ ޢަލީ
ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް ފުރާގު 2 ބޯޓު ފަރަށް އެރި ހާދިސާގައި ނައިފަރު ރައްޔިތުން ދެއްކީ އިންސާނިއްޔަތުކަމުގެ ލާމަސީލް ނަމޫނާއެއްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ފުރާގު ބޯޓު އުރިފައި ވަނީ ރޭ 8:30 ހާއިރު ޅ. ފެލިވަރު ކައިރީ އޮންނަ ފަރަށެވެ. މާލެ ދާން ފޯކައިދޫން މި ބޯޓު ފުރީ އިއްޔެ މެންދުރުފަހު 2 ޖަހާކަށް ހާއިރުއެވެ. މި ބޯޓު ފުންކޮށް ނައިފަރު ބަނދަރަށް ވެއްދީ ރޭ 01:16 ހާއިރު […]
ޙުސައިން ޝަހުދީ
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. ގޮއިދޫގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގޮއިދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރަންއުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 5 ވަނަ ދުވަހުގެ ރޭ އެރަށުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 26 އަހަރުގެ ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ އެއ...
ޔުމްނާ ޢަލީ
މިއަދު ވިލިމާލެއަށް އަރައިގެން ނުވާނެ ކަމަށް އޭނާއަށް އަންގާފައިވާކަމަށް މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ ޕީޕީއެމް މެންބަރު ނަޙުލާ ޢަލީ ވިދާޅުވެއްޖެއެވެ. ނަހުލާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ މޭޔަރު ޑރ. މުޢިއްޒުއާއިއެކު ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން މިއަދު ހަވީރު ވިލިމާލޭގެ ދޮރުން ހިނގުމަށް ހަމަޖެހިފައި ވަނިކޮށް، އޭނާ ވިލިމާލެއަށް އަރައިގެން ނުވާނެ ކަމަށް އަންގާފައިވާކަމަށެވެ. އެގޮތަށް އެންގީ ކޮންފަރާތަކުން ކަމެއް ނަހުލާ ވިދާޅުވ...
އަލީ އާދިލް
ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް ފުރާގު 2 ބޯޓު ފަރަށް އެރި ހާދިސާގައި ނައިފަރު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނީ ވަރަށް ފުރިހަމަ އެހީތެރިކަމެއް ކަމަށް ފޯކައިދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ބޯޓު ފުންކޮށް މިރޭ 01:16 ހާއިރު ނައިފަރު ބަނދަރަށް ވައްދާފައިވާއިރު، އެކަން ފާހަގަކުރައްވައި ފޯކައިދޫ ކައުންސިލުން ވިދާޅުވީ، މި އުނދަގޫ ވަގުތުގައި ނައިފަރު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނީ ވަރަށް ފުރިހަމަ އެހީތެރިކަމެއް ކަމަށެވެ. އަދި އެކަމުގައި އެއްބާރުލުން ދެއްވި ހުރިހާ...
ޙުސައިން ޝަހުދީ
މިވަގުތަކީ ހުރިހާ ޤައުމުތަކަކުން އެކަތިގަނޑަކަށް ވާންވީ ވަގުތުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. މިއަދު އ.ދ. ގެ މައި މަރުކަޒުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ލީޑަރޝިޕަށް ތަޢުރީފުކުރައްވާފައެވ...
ތިލަދުން
130 މީހުންނާއި އެކު ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއް ޅ. ފެލިވަރު ފަރަށް އަރައިފި އެވެ. ފުލުހުން ވަނީ މިކަން މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. ފުލުހުން ބުނީ އެކަމުގެ މަޢުލީމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 08:31 ހާއިރު ކަމަށެވެ. އެމްއެންޑީއެފްއިން ބުނީ ށ. ފޯކައިދޫން ފުރައިގެން މާލެއަށް ދަތުރުކުރި “ފުރާގު 2” ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އެބޯޓު އަރާފައިވަނީ ގާއެރިފަރަށެވެ. ސިފައިން އެސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ.
އަލީ އާދިލް
ޕީޕީއެމްއާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ އެޕާޓީގެ މެންބަރު ނަޙުލާ ޢަލީ ގެންދަނީ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއް ދައްކައި ފިތުނަ އުފައްދަމުން ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ. ޕީޕީއެމުން ބުނާ ގޮތުގައި ނަހުލާގެ އެ އަމަލުގައި އޭނާގެ މަންމަ ވެސް ދަނީ ބައިވެރިވަމުންނެވެ. ޕީޕީއެމުން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، ރޭގެ ވަގުތެއްގައި ނަހުލާ، އޭނާގެ ފޭސްބުކް އެކައުންޓްގައި އެޕާޓީއާއި […]
އަލީ އާދިލް
6 މޭ 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ދިން ޓެރަރިސްޓް ހަމަލާގެ ޝަރީޢަތް ލަސްވުމަކީ ބޮޑު ކަންބޮޑުވުމެއްކަމަށް ރައްޔިތުންގެ މަޖިިލިސްއިން ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ދިން ޓެރަރިސްޓް ހަމަލާއަށް އެއްއަހަރު ފުރުމާ ގުޅޭގޮތުން އެ އިދާރާއިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ، 6 މޭ 2021 އަކީ ދިވެހިރާއްޖެއަށް ކުރިމަތިވި އަނދިރި، ނާމާން ދުވަހެއް ކަމަށެވެ. އެ ދުވަހުގެ ރޭ ދިން އެ ނުރައްކާތެރި ޓ...
އަލީ އާދިލް
ފުލުހުންގެ ޚިދުމަތުން ރާއްޖޭގެ ތިން ރަށެއްގައި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައިފިއެވެ. މި އޮޕަރޭޝަންސްތަކަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ޚިދުމަތުން ނ. މަނަދޫ ތ. މަޑިފުށި އަދި ކ. މާފުށީގައި ހިންގި އޮޕަރޭޝަން ތަކެކެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި ނ. މަނަދޫގައި ހިންގި އޮޕަރޭޝަނަކީ މާޅެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހު 3 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަ...
ޔުމްނާ ޢަލީ