ރައީސްގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ފުރުޞަތު ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ފުރުޞަތު ހުޅުވާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން ޖީ.ސީ.ސީ އޭ ލެވެލްގެ 3 މާއްދާއިންނާއި އެޗް.އެސް.ސީ ގެ ދިވެހި، އިސްލާމް މި ދެމާއްދާއިން “އޭ ސްޓަރ” ހާޞިލްކޮށްފައިވާ ނުވަތަ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް މަދަރުސާއަކުން ޝަހާދާ ސާނަވީ ނިންމައި ހުރިހާ މާއްދާއަކުން “އޭ ސްޓަރ” ހާޞިލުކ...