ދިވެހި ޤައުމީ ދިދަ ބޭނުންކުރުމުގައި މުއައްސަސާތަކުން ޢަމަލުކުރާނެ އުސޫލު ޢާއްމުކޮށްފި
ދިވެހި ޤައުމީ ދިދައާއި އެކު އަދި ކައްތިރިކޮށް އެހެން ދިދަތައް ނެގޭގޮތަށް އުސޫލު ޢާއްމު ކޮށްފިއެވެ. ދިވެހި ގައުމީ ދިދަ ނެގުމާއި ދިދަ ބޭނުން ކުރުމުގެ ސޫލަށް އަމަލު ކުރުމަށް އަންގަވައި ރައީސް އޮފީހުން ޢާއްމު ކުރެއްވި އުސޫލުގައި ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ހުންނަންވާ ތަންތަނާއި، ދުވާލުގެ ވަގުތުތަކުގައި ދިވެހި ގައުމީ ދިދަ ނަގާފައި ހުންނަންވާ މުއައްސަސާތަކުގެ ތަފްސީލު ވެސް ބަޔާންކޮށްފައި ވެއެވެ. މި އުސޫލުގައި ބުނެފައި ވާގޮތުން ގައުމީ […]