ހދ. ފިނޭ މިއަދު ވެގެން މި ދިޔައީ އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށެއްގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެ ރަށުގައި އަލަށް ޢިމާރާތްކުރި އިންޖީނުގެއާއި، އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި، އަދި އެރަށުގެ އާ ކަރަންޓް ވިއުގައާއި، ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވިދާޅުވީ ފިނޭ މިގޮތަށް ބަދަލުވެގެން ދިއުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އުފަލެއް ކަމަށާއި ފިނޭ...
މުޙައްމަދު އަފްރާޙް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް މުހައްމަދު އާޒާދު އައްޔަނު ކުރައްވައިފިއެވެ. އެ މަޤާމަށް އާޒާދު އައްޔަނު ކުރައްވާފައި މިވަނީ، 2016 ވަނަ އަހަރުން ފެށިގެން އެ މަޤާމު ފުރުއްވަމުން ގެންދެވި ފާތިމަތު ރަޒީނާ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އާޒާދަކީ ސީއެފްއޭ ޗާޓާ ހޯލްޑާއެއްގެ އިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗްލާސް ޑިގްރީއަކާއި ސައިންސް އިން ފައިނޭންސް ދާއިރާއިން މާސްޓާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފައިނޭން...
އިބްރާހިމް ޚަލީލް
ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ގެ މައްޗަށް ކުރާ ދައުވާގައި، ޑްރަގް ފެނުނު ފަންކާ ބޯޓާ ހަމައަށް ގެންދިޔައީ އޭނާ ކަން ނޭނގޭ ކަމަށް ދައުލަތުގެ ހެކިވެރިއަކު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. ޕެސްޓާއި އިތުރު ތިން މީހަކަށް ދައުވާ ކުރަނީ މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ އާއި އިތުރު މީހަކު ބައިވެރިވެގެން ފަންކާއެއްގެ ތެރޭގައި ޑްރަގް ފޮރުވައިގެން ބޯޓަކަށް އެރުވި ކަމަށާއި އަދި މާލޭގެ އެހެން ބައެއް ގެތަކުގައި ޑްރަގް ގެންގުޅެ، […]
ހުސައިން ހަބީބް
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) އަންނަ އޮކްޓޯބަރ މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހު 28 އިން 31 އަށް ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުފްތީގެ މި ދަތުރުފުޅުގައި މާކެ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ގައި ދަރުސް […]
މުޙައްމަދު އަފްރާޙް
ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރައްކާތެރިކަން ގެއްލޭގޮތަށް ވާހަކަދެއްކި އެތަނުގެ މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ ހަނިމާދޫ އެއަރޕޯޓުގެ ރައްކާތެރިކަން ކޮމްޕްރަމައިސް ވާގޮތަށް އެތަނުގެ މުވައްޒަފެއްގެ ބަސްމަގު ހުރުމާއި ގުޅިގެން ސުވާލު ކުރުމަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އިތުބާރު ހުރި މަސްދަރަކުން ތިލަދުން އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަ...
މުޙައްމަދު އަފްރާޙް
ހދ. ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ހިދުމަތް ދޭން ރަސްމީކޮށް ފަށައިފި އެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫއުގެ އަމަލީ މަސައްކަތް 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ފަށާ، އެ މަސައްކަތް ނިންމާލާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެތެރޭގަ އެވެ. މިއީ 21،335،698.08 ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 4.8 ކިލޯމީޓަރުގެ ފެނުގެ ނިޒާމްގެ...
މުޙައްމަދު އަފްރާޙް
ހދ. ނައިވާދޫ ގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް، އެރަށު ކައުންސިލުން ޝުކުރު އަދާކުރައްވަފި އެވެ. ނައިވާދޫ ކައުންސިލާއި އ.ތ.މ ކޮމިޓީ އާއެކު ބޭއްވެވި ބައްދަލުކުރެްވުމުގައި ކައުންސިލުން ވަނީ ފާއިތުވި 13 އަހަރުގެ ތެރޭގައި ނައިވާދޫއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނޫން އެހެން އެއްވެސް ރައީސެއް ވަޑައިގެންފައި ނުވާކަން ވެސް ފާހަގަކުރައްވާފަ އެވެ. އަދި ނައިވާދޫގައި ފެށި މިހާރު ހިނގަމުންދާ މަޝްރޫޢުތ...
މުޙައްމަދު އަފްރާޙް
ހދ. ނައިވާދޫ ފެނުގެ ނިޒާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވައިފި އެވެ. މި ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވާފައިވަނީ އެމަނިކުފާނު ތިލަދުންމަތީގެ ހަތަރު ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ނެވެ. ސާސޭ ކޮންސްޓްރަކްޝަން ޕްރިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއު ނިމުމާއެކު އެރަށުގެ 198 ގޭބީސީ އަށް މިހާރުއަންނަނީ ސާފުބޯފެން ފޯރުކޮށްދެމުން ނެވެ. މީގެ އިތުރުން ފުރާޅުން ނަގާ ފެން ފިލްޓަރކުރެވިގެން އެރަށު ރައްޔިތުންނަށް ބޭނުންކުރުމުގެ ފުރުސަތ...
މުޙައްމަދު އަފްރާޙް
ތިލަދުންމަތީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފުރާވަޑައިގެންފި އެވެ. މިއަދު ފެއްޓެވި މިދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ހދ. ނައިވާދޫ އަށެވެ. އެއަށްފަހު، ހދ. ފިނޭއަށާއި، ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ދުވަހުގެ ޙަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަ...
މުޙައްމަދު އަފްރާޙް
ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަތު ހާމަކުރަން މަޖުބޫރުވާގޮތަށް ހެއްކާއިބެހޭ ގާނޫނުގައި އޮތުމުން އެކަމާ ގުޅިގެން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެ ގާނޫނު އިސްލާހުކުރަން މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. ހެއްކާބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާއާއިމެދު ނޫސްވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަންބޮޑުވުންތައް ހިމަނައި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސ...
އަލީ އާދިލް
ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޛުހާން (ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ) އެންމެފަހުން ފެނުނީ ހުޅުމާލޭ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ހޯދަމުންދާ އަޛްހާނާ ބެހޭގޮތުން މިހާތަނަށް ލިބުނު މައުލޫމާތު ހިއްސާކޮށް ފުލުހުން ރޭ ވަނީ ނޫސްބަޔާނެއް އާންމު ކުރައްވާފައެވެ. އެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި އަޛުހާން ޚަބަރެއްނުވެ، ގެއްލުނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެންނެވެ. އެކަން އޭނާގެ ޢާއިލާއިން ފުލުހުންނާ ހިއްސާކޮށްފައި ވަނީ […]
ޔުމްނާ ޢަލީ
މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހުން 4 މީހަކު ހޯދަން ފަށައިފި އެވެ. އެ މީހުންގެ ވީޑިއޯ އާންމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ ހަތަރު މީހުންނަކީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ މީހުން ކަމަށެވެ. އެހެންނަމަވެސް ފުލުހުން މިހައިތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހުން ކަމަށް ވެސް ފުލުހުން ވިދާޅުވެ އެވެ. ފުލުހުން އިތުރަށް ވިދާޅުވީ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މ...
މުޙައްމަދު އަފްރާޙް
ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެ ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ އެމީހުން ވަނީ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށްބުނެ ބިރުދައްކައި، ބުލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށްފައިވާ ކަމަށެވެ. އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ ފަސް މީހަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުންގެ ތެރެއިން...
މުޙައްމަދު އަފްރާޙް
ޓިކްޓޮކް ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ބަންދުން ދޫކޮށްލުމުން އޭނާ އަލުން ބަންދުކުރަން ދައުލަތުން އަނެއްކާވެސް ހައި ކޯޓަށް ހުށަހަޅައިފި އެވެ. މަސްތުވާތަކެތި ޓްރެފިކްކުރި ކަމަށް ބުނެ ދައުލަތުން ހުނޫގެ މައްޗަށް ދައުވާކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން އޭނާ ކުރިން ވަނީ ދޫކޮށްލައިފަ އެވެ. އެ މައްސަލާގައި ހައި ކޯޓުން ކުރިން ކްރިމިނަލް ކޯޓަށް އެންގީ އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށެވެ. ބަންދު މުރާޖާކުރުމަށްފަހު ކްރިމިނަލް ކޯޓުން […]
ހުސައިން ހަބީބް
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ލިޔުންތައް ސައްހަ ނޫން ކަމަށް އެމަނިކުފާނުގެ ކުރީގެ ބައެއް ވަޒީރުން ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ. އާރަށް މައްސަލާގައި ޔާމީނާއި މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރާ ދައުވާގައި ދައުލަތުން ހުށަހެޅީ އެރަށް ކުއްޔަށް ދިނުމާ ބެހޭގޮތުން ކެބިނެޓްގެ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމެއްގެ ޔައުމިއްޔާއެކެވެ. އެ ޔައުމިއްޔާ ސައްހަ ނޫން ކަމަށް ހެކިބަސް ދެއްވީ އޭރުގެ އިކޮނޮމިކް މިނިސްޓަރު […]
ހުސައިން ހަބީބް