ރާއްޖޭގައި އުފެއްދޭ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުމުގައި ނަގާ ޑިއުޓީ ބޮޑުކުރަންޖެހޭ: ރައީސް
ރާއްޖޭގައި އުފެއްދޭ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުމުގައި ނަގާ ޑިއުޓީ ބޮޑުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި، ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަށް ސަރުކާރުން ރަސްމީކޮށް ކުރިއަށް ގެންގޮސްފައި ވަނީ ކ. ކާށިދޫގަ އެވެ. މި ހަރަކާތްތަކުގެ ތެރެއިން އެ ދުވަސްތައް ފާހަގަ ކުރުމަށް ބާއްވާ ރަސްމީ ރޭ ވަނީ އެ ރަށުގައި ބާއްވާފައެވެ. އެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ކާބޯތ...