މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މަޣްރިބު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 661 ވަނަ ޞަފްޙާ

ނިޝާމާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ފައިސަލް ނިޔާވެއްޖެ

ނިޝާމާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ފައިސަލް ނިޔާވެއްޖެ

ހދ. ނޮޅިވަރަމުގައި މަރުވެފައި އޮތްވާ ފެނުނު ނިޝާމާ މުހައްމަދުގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނިޝާމާގެ ފިރިމީހާ، އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް ނިޔާވެއްޖެ އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ދާދި ދެންމެއަކު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އަބޫބަކުރު ފައިސަލް މިއަދު 08:28 ހާއިރު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި އޭނާ ނިޔާވީ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް ކަމަށެވެ. އޭނާއަށް ފަރުވާދެމުން...

މުޙައްމަދު އަފްރާޙް
އަލިފާން ރޯވި އެފްކޮންސްގެ އެކޮމަޑޭޝަން ބްލޮކުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ

އަލިފާން ރޯވި އެފްކޮންސްގެ އެކޮމަޑޭޝަން ބްލޮކުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސްގެ މުވައްޒަފުން ގުޅިފަޅުގައި ބޭނުން ކުރަމުން އައި އެކޮމަޑޭޝަން ބްލޮކުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ އެވެ. ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގައި ދިރިއުޅޭ މީހަކު މަދުކަން ފާހަގަ ކުރެވުމުން އެމީހާ ހޯދުމަށް ކުރެވުނު މަސައްކަތުން މިއަދު އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ ބައިތަކެއް އެތަނުން ފެނިފައިވާ ކަމަށެވެ. “ފެނިފައިވަނީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ އާއ...

އަލީ އާދިލް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ދެއްވުން ވަރަށް އެދެން: ރައީސް ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ދެއްވުން ވަރަށް އެދެން: ރައީސް ނަޝީދު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެކަން އިއުލާން ކުރައްވައި، ނަޝީދު ވަނީ އެ ޕާޓީގެ ހުރިހާ މެންބަރުންގެ ވޯޓު އެމަނިކުފާނަށް ދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ. 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑޮމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަތީ […]

މުޙައްމަދު އަފްރާޙް
ނައިބު ރައީސް އަރިހުގައި ފުވައްމުލަކު ރައްޔިތުންނަށް ފައިނަލް މެޗު ބަލައިލުމުގެ ފުރުސަތު، ނަސީބުވެރި ފަރާތްތަކަށް ބޮޑެތި އިނާމްތަކެއް

ނައިބު ރައީސް އަރިހުގައި ފުވައްމުލަކު ރައްޔިތުންނަށް ފައިނަލް މެޗު ބަލައިލުމުގެ ފުރުސަތު، ނަސީބުވެރި ފަރާތްތަކަށް ބޮޑެތި އިނާމްތަކެއް

ވޯލްޑް ކަޕް ފައިނަލްގައި މިރޭ ފްރާންސާއި އާޖެންޓީނާ ބައްދަލުކުރާ މެޗު، ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި ބަލައިލުމަށް ފުވައްމުލަކު ރައްޔިތުންނަށް ނައިބު ރައީސްގެ ފަރާތްޕުޅުން ދައުވަތު ފޮނުއްވައިފިއެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިިވާގޮތުން މިރޭ ކުޅޭ ވޯލްޑް ކަޕް ފައިނަލް މެޗު ބަލާލުމަށް ނައިބު ރައީސްގެ ފަރާތުން އެ ސިޓީގެ ރައްޔިތުން ވަނީ ދައުވަތު އަރުވާފައެވެ. ފުވައްމުލަކުގައި ނައިބު ރައީސްގެ ފަރާތްޕުޅުން ބޮޑު ސްކްރީންގައި މެޗުބަލާލުމުގެ އިންތިޒާމް ހަމަ...

ޙުސައިން ޝަހުދީ
ޒިޔަދަމްގެ ދެ ގާތިލުންނަށް ހަތް އަހަރު ފަހުން ކުށް ސާބިތުވެއްޖެ

ޒިޔަދަމްގެ ދެ ގާތިލުންނަށް ހަތް އަހަރު ފަހުން ކުށް ސާބިތުވެއްޖެ

ލ. މުންޑޫގައި ހަތް އަހަރު ކުރން މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ދެ މީހުންގެ މައްޗަށް މިއަދު ކުށް ސާބިތުވެއްޖެ އެވެ. މުންޑޫގައި މާޗް، 2015 ވަނަ އަހަރު ތޫނު އެއްޗެހިން ހަމަލާދީ ޒިޔަދަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި އެރަށު ހީނާވިލާ މުހައްމަދު ޝަނޫނާއި އެރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމިޔަސް, އެ މީހުންގެ މައްޗަށް […]

އަލީ އާދިލް
ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ތަސްދީޤުކުރައްވައިފި

ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ތަސްދީޤުކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި އަހަރުގެ ނޮވެންބަރު 28 ގައި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރި މި ބިލަކީ ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި އެތަކެތި ނައްތާލުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ބިލެކެވެ. މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖެއިން ބައި...

ޔުމްނާ ޢަލީ
އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 28 ގައި ބާއްވަނީ

އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 28 ގައި ބާއްވަނީ

މި ފެށޭ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑޮމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަތީ އަންނައަހަރު ޖެނުއަރީ މަހު ބޭއްވުމަށް ނިންމައި، ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. އެ ޕާޓީން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ޕްރައިމަރީ އޮންނާނީ ޖެނުއަރީ 28 ވާ ހޮނިހިރު ދުވަހު ކަމަށާއި ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4 ގެ ކުރިން ޕްރައިމަރީ އަށް ކުރިމަތިލުމަށް […]

މުޙައްމަދު އަފްރާޙް
މާފުށީގައި ޔޫތު ސެންޓަރެއް ހުޅުވައިފި

މާފުށީގައި ޔޫތު ސެންޓަރެއް ހުޅުވައިފި

މާލެ އަތޮޅު މާފުށީގައި 10 އަހަރަށްފަހު ޔޫތް ސެންޓަރެއް ހުޅުވައިފި އެވެ. އެރަށު ކައުންސިލުން ހަދާފައިވާ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރ ހުޅުވައިދެއްވީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ޢަބްދުﷲ ނަޝީދު އެވެ. މި ސެންޓަރަކީ މާފުށި ކައުންސިލްގެ ބަޖެޓުން އިމާރާތްކޮށްފައިވާ ތަނެއް ކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އޭސީ ވެސް ކޮށްފައިވާ މި ޔޫތް ސެންޓަރުގައި ދެ ބިލިއަރޑް ބޯޑާއި ޓެބަލް ޓެނިސް، ކެރަމް އަދި ޗެސް ކުޅޭވޭނެ އިންތިޒާމު ވަނީ […]

މުޙައްމަދު އަފްރާޙް
އިތުރު ގަޑި ނުދީ މަސައްކަތް ކުރުވާ ރިސޯޓްތަކުގެ ނަންތައް ލިސްޓް ކުރަން ހުޅުވާލައިފި

އިތުރު ގަޑި ނުދީ މަސައްކަތް ކުރުވާ ރިސޯޓްތަކުގެ ނަންތައް ލިސްޓް ކުރަން ހުޅުވާލައިފި

އިތުރު ގަޑި ނުދީ މަސައްކަތް ކުރުވާ ރިސޯޓްތަކުގެ ނަންތައް ލިސްޓް ކުރަން ރިސޯޓް ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖުން ހުޅުވާލައިފިއެވެ. ރިސޯޓް ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ޕޭޖެކެވެ. މި ޕޭޖު މެދުވެރިކޮށް ރިސޯޓު މަސައްކަތްތެރިންގެ ކަންބޮޑުވުންތައް އާންމުކޮށް، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރެއެވެ. 51 ހާސް މީހުން ފްލޯކޮށްފައިވާ މި ޕޭޖުގައި ރިސޯޓުތަކުގައި ހިން...

ޔުމްނާ ޢަލީ
ރައީސް ސާލިޙްގެ ކެމްޕެއިން މެނޭޖަރަކަށް ނާޝިޒު

ރައީސް ސާލިޙްގެ ކެމްޕެއިން މެނޭޖަރަކަށް ނާޝިޒު

އަންނައަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން މެނޭޖަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި  މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ހަމަޖައްސަވައިފި އެވެ. ނާޝިޒުއަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީގެ ކޮއްކޮ އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްގެ ފިރިކަލުން ނެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ...

މުޙައްމަދު އަފްރާޙް
ނާއިންސާފުން ތިމާގެ ހައްގެއް ގެއްލިދާ ކޮންމެ ވަގުތަކީ ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހަންޖެހޭ ވަގުތެއް: ހިސާން

ނާއިންސާފުން ތިމާގެ ހައްގެއް ގެއްލިދާ ކޮންމެ ވަގުތަކީ ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހަންޖެހޭ ވަގުތެއް: ހިސާން

ނާއިންސާފުން ތިމާގެ ހައްގެއް ގެއްލިދާ ކޮންމެ ވަގުތަކީ ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހަންޖެހޭ ވަގުތެއް ކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ. “ޖުޑިޝަރީ ފޮ ޖޫނިއާސް” ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިފަދަ ކޮންމެ ހާލަތެއްގައި، އަދުލުވެރިކަމާއެކު އެ މައްސަލައެއް އިންސާފުގެ މަގުން ނިންމައިދޭނެ ފަނޑިޔާރުން ތިބިކަން ޔަގީންވުމަކީ ކޮންމެ މީހަކު ވެސް އެދޭނެ ގޮތް ކަމަށެވެ. އެ ހައްގު ކޮންމެ މީހަކަށް ވެސް ކަށަވަރުކޮށްދިނުމަށ...

މުޙައްމަދު އަފްރާޙް
އަލިފާނުގެ ހާދިސާ: އެފްކޮންސް މުވައްޒަފެއް ގެއްލިގެން ހޯދަން ފަށައިފި

އަލިފާނުގެ ހާދިސާ: އެފްކޮންސް މުވައްޒަފެއް ގެއްލިގެން ހޯދަން ފަށައިފި

ގުޅީފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެއްގައި ބުރާސްފަތި ދުވަހު ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ އިމާރާތުގައި އުޅުނު އެކަކު ނުފެންނާތީ، އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މި އެކޮމޮޑޭޝަން ބްލޮކަކީ ތިލަމާލެ ބްރިޖު މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ ތަނެކެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ އިމާރާތުގައި އުޅުނު މީހުންގެ ތެރެއިން މީހަކު އެ ހާދިސާއަށްފަހު ނުފެންނަކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ”އަލިފާނ...

ޔުމްނާ ޢަލީ
ޒިޔަދަމްގެ މަރުގެ މައްސަލައިގާ ހުކުމް އިއްވުން މާދަމާ

ޒިޔަދަމްގެ މަރުގެ މައްސަލައިގާ ހުކުމް އިއްވުން މާދަމާ

2015 މާރޗު 21 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގައި މަރާލާފައިވާ ލ. މުންޑޫ/ ނޫވިލު، އަލީ ޒިޔަދަމް ގެ މަރާއި ގުޅިގެން ދައުވާ ކުރާ މީހުންނަށް ހުކުން އިއްވުން މާދަމާ އަށް ތާވަލުކޮށްފި އެވެ. މި މައްސަލައިގެ މާދަމާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ ހެނދުނު 9:00 އަށެވެ. އޭނާގެ މަރާ ގުޅިގެން ދައުވާކުރަނީ ލ. މުންޑޫ/ ބީޗުވިލާ، އަލީ ޝިފާމް (29އ) އާއި އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫން (24އ) އަށެވެ. އެ […]

މުޙައްމަދު އަފްރާޙް
ވަކި ކުޅުންތެރިއަކަށް ފޯކަސްކޮށްގެން ކުޅުމުގެ ވިސްނުމެއްނެތް، ނުކުންނަނީ ޓީމެއް ގޮތުގައި ކުޅެ މޮޅުވާން: އިލްހާމް

ވަކި ކުޅުންތެރިއަކަށް ފޯކަސްކޮށްގެން ކުޅުމުގެ ވިސްނުމެއްނެތް، ނުކުންނަނީ ޓީމެއް ގޮތުގައި ކުޅެ މޮޅުވާން: އިލްހާމް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި މިއަދު ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) އާއި ޒިގެޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރާއިރު ވަކި ކުޅުންތެރިއަކަށް ފޯކަސްކޮށްގެން ނުކުޅޭނެ ކަމަށާއި، މެޗަށް ނުކުންނަނީ ޓީމެއް ގޮތުގައި ކުޅެ މޮޅުވާން ކަމަށް ސްކައި ގެ ކޯޗް އާދަމް އިލްހާމް އިސްމާއީލް ބުނެފިއެވެ. މެޗުގެ ކުރިން ސްކައިގެ ކޯޗް އިލްހާމް ދިން ޕްރީމެޗް އިންޓަރވިއުގައި ބުނީ، މުބާރާތުގެ […]

ޔުމްނާ ޢަލީ
މާލެ ސަރަހައްދުން ފަގީރުން ރަޖިސްޓްރީވާން ހުޅުވާލައިފި

މާލެ ސަރަހައްދުން ފަގީރުން ރަޖިސްޓްރީވާން ހުޅުވާލައިފި

މާލެ ސަރަހައްދުން ފަގީރުން ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ފަގީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު މި މަހުގެ 22 އިން ފެށިގެން އަންނަ ޖެނުއަރީ 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އާ ދެމެދު ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ވުމަށް މިނިސްޓްރީއަށް ފޯމު ހުށަހެޅޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އިސްލާމިކް […]

މުޙައްމަދު އަފްރާޙް