ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ސިނަމާގެ ބްރިޖްމަތީ އެއާޕޯޓާ ވީކޮޅުގައިވާ ޓްރެފިކް ލައިޓްގެ ކައިރީގައި މިއަދު ހެނދުނުއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ބްރިޖު އެއަރޕޯޓު ލައިޓު ކައިރީ ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި، އެކްސިޑެންޓެއް ހިނގާފައިވާކަމަށް މިއަދު ހެނދުނު 7:49 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ސައިކަލް ދުއްވި މީހާ އަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ...
މުޙައްމަދު އަފްރާޙް
މިރޭ މާލޭގެ އިމާރާތަކުން ވެއްޓި ނިޔާވި އަންހެން މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ. މާލޭގެ ހެންވޭރު އިމާރާތަކުން މީހަކު ވެއްޓުނު ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 20:05 ހާއިރުއެވެ. މި ހާދިސާގައި ވެއްޓިފައި ވަނީ 32 އަހަރުގެ އަންހެނެކެވެ. އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ފުލުހުންނަށް މައުލޫމާތު ދެއްވާފައެވެ. ފުލުހުންގެ ސްޕޯކް ޕާސަން މިރޭ މީޑިއާތަކަށް...
ޔުމްނާ ޢަލީ
ރާއްޖެއަކީ “ފޫހި މަންޒިލެއް” ކަމަށް ވިދާޅުވެ، ލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ، ވާހަކަ ދެއްކެވުން ފާޑުކިޔުންތައް އަމާޒު ވުމުން އެންމެފަހުން އޭނާ ރާއްޖޭގެ ކިބައިން މައާފަށް އެދިއްޖެއެވެ. އޭނާ މައާފަށް އެދުނީ ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭގޮތުން އައިޓީބީ ބާލިން ފެއާރގައި ދައްކަވާފައިވާ ވާހަކަތަކަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ވަގުތެއްގައެވެ. އެ ފެއާރގައި ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ވާހަކަދައްކަމުން ފެނާންޑޯ ވަނީ ރާއްޖޭގައި އޮންނަނީ ހަމައެކަނި ބީޗެއް ކަމަށް ވިދާޅުވެ، ރ...
މުޙައްމަދު އަފްރާޙް
ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ. ގައުމީ އެއަރަލައިން މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ ބޯޓު އެ އެއަރޕޯޓަށް ޖައްސާފައިވަނީ މިއަދު ހަވީރު 5:05 ހާއިރު އެވެ. މިއީ މި ސަރުކާރުން ނޮވެމްބަރު 2020 ގައި ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް މިހާރު ތާވަލުކޮށްފައިވަނީ މި މާރިޗު މަހުގެ 15 ވާ ބުދަ ދުވަހު ކަމަށާއި އެއަރޕޯޓް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލީހު ކަމަށް ވެސް […]
މުޙައްމަދު އަފްރާޙް
ފެމިލީ ކޯޓުގައި މި އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނިކޮށްދޭ ގަޑިތައް ކަނޑައަޅައިފިއެވެ. ފެމިލީ ކޯޓުން ކޮށްފައިވާ އިއުލާނެއްގައި ވަނީ ރަސްމީ ގަޑީގައި ކޯޓުގައި ކައިވެނި ކޮށްދޭނީ ހެނދުނު 9 ން މެންދުރު 12:30 އަށް ކަމަށެވެ. އަދި ނުރަސްމީ ގަޑީގައި ރޭގަނޑު 9:30 ން 11 ޖަހަންދެން ކަމަށެވެ. މީގެ އިތުރުން ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 9:30 ން 11 ޖަހަންދެން ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ. […]
މުޙައްމަދު އަފްރާޙް
މާލޭގެ އިމާރާތަކުން މިރޭ ވެއްޓުނު މީހާ ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. ނިޔާވެފައި ވަނީ 34 އަހަރުގެ ދިވެހި އަންހެނެކެވެ. މާލޭގެ އިމާރާތަކުން މީހަކު ވެއްޓިއްޖެ މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 20:05 ހާއިރުކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަފްސީލް ލިބޭގޮތެއް އަދި ނުވެއެވެ.
ޔުމްނާ ޢަލީ
މާލޭގެ އިމާރާތަކުން މީހަކު ވެއްޓިގެން ދިވެހި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. މީހަކު ވެއްޓިފައި ވަނީ ހެންވޭރުގައި ހުންނަ އިމާރާތަކުންނެވެ. މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 20:05 ހާއިރުއެވެ. ”ފުލުހުން ދަނީ ސީނުގައި ހަރަކާތްތެރިވަމުން” ފުލުހުން ވިދާޅުވިއެވެ. ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތު ލިބުނު ވަރަކުން މީޑިއާތަކާއި ހިއްސާ ކުރައްވާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މާލޭގެ ގެއަކުން މިރޭ މީހަކު ވެއްޓުނު އިރު، ރޭ ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. ރޭގެ ހާދިސާ […...
ޔުމްނާ ޢަލީ
އަންނަ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހު، ދުވާލު މުދާ އުފުލޭ ގަޑިތައް ޓްރާންސްޕޯޓު މިނިސްޓްރީން އިއުލާން ކޮށްފިއެވެ. އެ މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައިި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި މުދާ އުފުލޭނީ ހެނދުނު 9 އިން ފެށިގެން ހަވީރު 4:30 އަށް ކަމަށެވެ. މީގެ އިތުރުން ރޭގަނޑު 8 އިން ފެށިގެން ހެނދުނު 6 ޖަހަންދެން ހުރިހައި ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނެ ކަމަށް ވެސް އެ […]
މުޙައްމަދު އަފްރާޙް
އަމީނީމަގު ތަރައްގީ ކުރަން އާރުޑީސީއާ އެކު ހެދި އެއްބަސްވުމާއި އެ މަގުގެ ކުރެހުންތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ. އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި ކުރެހުންތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުން އެ މައްސަލަ އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅީ ޕްލޭނިން މިނިސްޓްރީންނެވެ. ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ މައުލޫމާތުތައް ހޯދަން އެދުމުން އެ ހާމަ ނުކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓ...
ހުސައިން ހަބީބް
މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން އަވަސްކޮށްދިނުމަށް އެދި ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ. އެ ގަރާރުގައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފަސް އަހަރު ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، މާލޭގެ އެއްވެސް ރައްޔިތަކަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ފޯރުކޮށްދެވިފައިނުވާ ކަމަށެވެ. މީގެ އިތުރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ތަކުރާރުކޮށް މެންބަރުން އެދެމުންދާ ކަމ...
މުޙައްމަދު އަފްރާޙް
ޖިނާއީ މައްސަލައެއްގައި ކުރި ޖޫރިމަނާ ނުދެއްކުމުން އެ މީހާގެ އަދަބު ޖަލު އަދަބަކަށް ބަދަލުކޮށް، ޖަލު ހުކުމް ތަންފީޒު ކުރަން ޖެހިއްޖެ އެވެ. ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާކުރާ ކުށްތަކުގައި ކުށް ސާބިތުވާއިރު، ޖަލުގެ އަދަބު ޖޫރިމަނާއަށް ބަދަލު ކުރެވެ އެވެ. އެގޮތަށް ގިނަ ބައެއްގެ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށްފައިވެ އެވެ. އެކަމަކު ޖޫރިމަނާ ނުދައްކާ ނަމަ އަލުން ޖަލު އަދަބަކަށް ބަދަލު ކުރެވެ އެވެ. ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި، ޖަލު އަދަބަކަށް ބަދަލުކުރީ […]
ހުސައިން ހަބީބް
އއ. ރަސްދޫ މަޑިވަރު ޑައިވިންގ ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އއ. ރަސްދޫ މަޑިވަރު ޑައިވިންގ ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު ހާލު ސީރިއަސްވެގެން ރަސްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:12 ހާއިރު ކަމަށެވެ. ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށެވެ. މަރުވެފައި ވަނީ އިނގިރޭސި ވިލާތަށް ނިސްބަތްވާ މީހެއް ކަމަށް ވެސް...
މުޙައްމަދު އަފްރާޙް
ބަވަނަވެފައިވާ ދުނިޔޭގައި ދިވެހި އަންހެނުން ފާހަގަވަނީ ހިތްވަރުގަދަ އަދި ނަތީޖާ ނެރޭ ފިސާރި ބައެއްގެ ގޮތުގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ނަހުލާ މިހެން ވިދާޅުވީ، މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. ރޭ ދެއްކެވި ވާހަކާގައި ނަހުލާ ވިދާޅުވީ، ސިޔާސީ، އިޖުތިމާއީ އަދި އިގް...
މުޙައްމަދު އަފްރާޙް
ހަސަދަވެރިވެ ސުވާލު އުފެދޭނަމަ ލޯގަނޑާ ސުވާލުކުރެއްވުމަށް އެދިވަޑައިގެން ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ހައިރަން ފެނާންޑޯ އަށް ރާއްޖޭގެ ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ރައްދު ދެއްވައިފިއެވެ. ‘އައިޓީބީ ބާލިން 2023’ ގައި ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ވާހަކަދައްކަމުން އެ ގައުމުގެ މިނިސްޓަރު ފެނާންޑޯ ވަނީ ރާއްޖޭގައި އޮންނަނީ ހަމައެކަނި ބީޗެއް ކަމަށް ވިދާޅުވެ، ރާއްޖެއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. “ރާއްޖޭގައި ކުރާނެ އިތުރު ކަމެއް ނޯންނާނެ. އެތަނުގައި ފަސް ދުވަހަށް މަޑުކ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ކުޅަދާނަ ނޫސްވެރިޔާ ހޯރަފުށީ މުހައްމަދު ސަލީމަށް ރޭ ހާޓް އެޓޭކެއް ޖެހި ފަރުވާދޭން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ ސީސީޔޫ ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލީމްގެ ހާލު ގޯސްވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. 2000 ވަނަ އަހަރުގެ ކުރީކޮޅާއި ހަމައަށް ނޫސްވެރިކަމުގައި ފާހަގަ ކޮށްލެވުނު ސަލީމް ވަނީ ‘ހަވީރު’ ނޫހުގެ ސަބް އެޑިޓަރުކަމާއި ‘މިއަދު’ ނޫހުގެ އެޑިޓަރުކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނ...
މުޙައްމަދު އަފްރާޙް