މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,878 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 585 ވަނަ ޞަފްޙާ

އައިޔޫއެމް އިން ބާއްވާ ރިސާޗް ކޮންފަރެންސް މި މަހު 6 ގައި ފަށަނީ

އައިޔޫއެމް އިން ބާއްވާ ރިސާޗް ކޮންފަރެންސް މި މަހު 6 ގައި ފަށަނީ

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އިން އިންތިޒާމުކުރާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައި.ސީ.އައި.އޭ) ގެ މި އަހަރުގެ ކޮންފަރެންސް މި މެއި މަހުގެ 6 ވާ ހޮނިހިރު ދުވަހު ފެށުމަށް ނިންމައިފިއެވެ. އައިޔޫއެމް އިން ބުނީ ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ރިސާޗް ކޮންފަރެންސް އޮންނާނީ އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހު އެ ޔުނިވާސިޓީގައި ކަމަށެވެ. މި ކޮންފަރެންސްގައި މައިގަނޑުކޮށް އޮންނާނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިލްމީ ބޭފުޅުން...

މުޙައްމަދު އަފްރާޙް
ކުރިއަށް އޮތް ހަފުތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ހަފުތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ހަފުތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ. މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން މިއަދުން ފެށިގެން ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދަށް އާންމު ވައި ބާރުވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައި ގަދަވެ، ކަނޑުތައް ގަދަވެ، ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ. […]

މުޙައްމަދު އަފްރާޙް
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން: މިއުވާން

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން: މިއުވާން

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ އެމަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް އެމަސައްކަތް ކުރިއަށް ދާ ކަމަށާއި ވަރަށް އަވަހަށް އެމަސައްކަތް ނިމެނޭ ކަމަށެވެ. އެހެންނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ. ފަތުވާ މަޖިލީހަކީ، ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚި...

މުޙައްމަދު އަފްރާޙް
ކެމްބޯޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ

ކެމްބޯޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ

ކެމްބޯޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ މުއްދަތަށް އޮން-އެރައިވަލް ވިސާ ލިބޭގޮތް ހަދައިފިއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ އެގޮތަށް ހަމަޖައްސާފައިވަނީ މިއަދުން ފެށިގެން ކަމަށެވެ. ދިވެހިންނަށް މި ލިބިދިން ވިސާގެ ލުއިތަކުގެ ދަށުން ސައްހަ ޑިޕްލޮމެޓިކް، އޮފިޝަލް އަދި އޯޑިނަރީ ޕާސްޕޯޓް އޮންނަ ދިވެހިންނަށް ކެމްބޯޑިއާއަށް އެތެރެވެ، 30 ދުވަހަށް ތިބެވޭނެގޮތް ހަމަޖައްސާފައި މިވަނީ 16 ޖެނުއަރީ 2023 ގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރި ވިސާ އެކްސްޕެންޝަން އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވު...

މުޙައްމަދު އަފްރާޙް
މުދަލާއި ގެދޮރަަށް ލިބިދާނެ ގެއްލުމަކަށް ދުރާލާ ތައްޔާރުވުމަށް އިލްތިމާސް ކޮށްފި

މުދަލާއި ގެދޮރަަށް ލިބިދާނެ ގެއްލުމަކަށް ދުރާލާ ތައްޔާރުވުމަށް އިލްތިމާސް ކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން މުދަލާއި ގެދޮރަަށް ލިބިދާނެ ގެއްލުމަކަށް ދުރާލާ ތައްޔާރުވުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކޮށްފިއެވެ. އެ އިދާރާ އިން މިހެން އިލްތިމާސް ކުރީ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ދެވޭ ރައްކާތެރިކަމުގެ އިރުޝާދުގައެވެ. އެ އިރުޝާދުގައި ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް އާންމު ވައި ބާރުވެ، ކަނޑުތައް ގަދަވުމ...

މުޙައްމަދު އަފްރާޙް
މޫނު ބުރުގާގައި ސްކޫލަށް ދެވޭ ގޮތަށް ވަގުތީ އަމުރު ނުދިން މައްސަލަ ހައި ކޯޓަށް

މޫނު ބުރުގާގައި ސްކޫލަށް ދެވޭ ގޮތަށް ވަގުތީ އަމުރު ނުދިން މައްސަލަ ހައި ކޯޓަށް

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދެވޭ ފަދަ ވަގުތީ އަމުރެއް ނުދޭން ސިވިލް ކޯޓުން ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. އަރަބިއްޔާގެ ދަރިވަރުން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިއުން ހުއްޓުވާތީ އެކަމާ ދެކޮޅަށް ބެލެނިވެރިންތަކެއް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު، މައްސަލަ ނިމެންދެން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދެވޭފަދަ ވަގުތީ އަމުރަކަށް އެދުނެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ނިންމީ އަމުރު ނެރެނުދިނުމަށެވެ. އެ ނިންމުން އިސްތިއުނާފް […]

ހުސައިން ހަބީބް
ހުޅަނގު މޫސުން ވަނީ ފެށިފައި: މެޓް އޮފީސް

ހުޅަނގު މޫސުން ވަނީ ފެށިފައި: މެޓް އޮފީސް

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ. އެ އިދާރާ އިން ބުނީ އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު، ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗް މަހުގެ ނިޔަލަށް ކަމަށެވެ. އަދި ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. މީގެ އިތުރުން މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުމުގެ […]

މުޙައްމަދު އަފްރާޙް
ސަވާރީ ބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފި

ސަވާރީ ބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފި

ޚަބަރު ނުވެގެން ހޯދަމުންދާ ސަވާރީ ބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފިއެވެ. މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއް ކަމަށްވާ ސަވާރީ ބޯޓުގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްއެންޑީއެފް ހާމަކުރެއްވީ މިއަދު ހެނދުނު 11:17 ހާއިރުއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިފައިވާ ސަވާރީ ބޯޓު ހޯދުމަށް ހިންގާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގެ ތެރެއިން މިބޯޓުން ދަތުރުކުރި 6 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފައިވާ ކަމަށެވެ. “މިމީހުން […]

ޔުމްނާ ޢަލީ
އޭޓީއެމް ފެއާގެ ހަވާސާގައި 'މޯލްޑިވްސް މީޑިއާ މީޓް' ގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް

އޭޓީއެމް ފެއާގެ ހަވާސާގައި 'މޯލްޑިވްސް މީޑިއާ މީޓް' ގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް

އޭޓީއެމް 2023ގެ ހަވާސާގައި އެކްސްކްލޫސިވް ‘މޯލްޑިވްސް މީޑިއާ މީޓް’ގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ބޭއްވި ބައްދަލުވުމެކެވެ. މެއި 2 ވަނަ ދުވަހު، އަލް އައިން ސުއީޓް ބީގެ ހޯލް 3 ގައި ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި މެދުއިރުމައްޗާއި ދުނިޔޭގެ މުހިންމު މީޑިއާތަކުގެ 50 އަށް ވުރެ ގިނަ މެންބަރުން ވަނީ ބައިވެރިވެފައެވެ. މި ނޫސްވެރިންގެ ބައްދަލުވުން ފަށާފައިވަނީ […]

މުޙައްމަދު އަފްރާޙް
މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ބޯއްޓެއްގެ ޚަބަރެއް ނުވެގެން ހޯދަނީ

މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ބޯއްޓެއްގެ ޚަބަރެއް ނުވެގެން ހޯދަނީ

މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަމުން އަންނަކަމަށް ގައުމީ ދިފާއީ ބާރުން ހާމަކޮށްފިއެވެ. އެ އިދާރާ އިން ބުނީ މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓު ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަުން އަންނަކަމަށެވެ. “ސާވާރީ” ނަމަކަށް ކިޔާ އެ ބޯޓުގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށް ވެސް ބުނެއެވެ. މި ބޯޓު ދަތުރު ކުރަމުން […]

މުޙައްމަދު އަފްރާޙް
ސިޓީ ކައުންސިލުން މާލެ ސިޓީގެ ހުރިހާ ގޭބިސީތަކަށް ފޮތި ކޮތަޅު ބަހަނީ

ސިޓީ ކައުންސިލުން މާލެ ސިޓީގެ ހުރިހާ ގޭބިސީތަކަށް ފޮތި ކޮތަޅު ބަހަނީ

މާލޭގެ ގޭބީސީތަކަށް ތިމާވެއްޓާ ރައްޓެހި ގިނަފަހަރު ބޭނުންކުރެވޭ ފޮތި ކޮތަޅު ބަހަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 100 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މިއަދު ބޭއްވި ޖަލްސާގައި ނިންމާފައިވަނީ މާލެ، ވިލިމާލެ، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވައްސަށް މާލެ ސިޓީ ކައުންސިލުން ތިމާވެއްޓާ ރައްޓެހި ކޮތަޅު އެ ކައުންސިލުގެ ޓީމުތަކުން ގޭބީސީތަކަށް ގޮސް ބަހާގޮތަށެވެ. މިކަމާއި ގުޅިގެން މި ޖަލްސާގައި މޭޔަރު ޑރ. […]

މުޙައްމަދު އަފްރާޙް
އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގައި މި ސަރުކާރުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް

އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގައި މި ސަރުކާރުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް

އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރެއްވުމުގައި، މި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “އެކްޝަން ޕްލޭން ޓު ސްޓްރެންތެން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަން އޮފް މޯލްޑިވްސް” އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ. ހޮޓެލް ޖެން ގައިި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގައުމީ އިޖްތިމާއީ ރައްކާތެރިކަމުގެ އައު އޮ...

މުޙައްމަދު އަފްރާޙް
ރައީސް އިނގިރޭސި ވިލާތަށް ވަޑައިގަންނަވަނީ

ރައީސް އިނގިރޭސި ވިލާތަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސާލިހު، މިރޭ އިނގިރޭސި ވިލާތަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު، މިޢުވާން މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ މި ދަތުރުފުޅަކީ އެގައުމުގެ ރަސްކަމާ، ރަސްގެފާނު ޗާލްސް ތިނެއް ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ރަސްމިއްޔާތު އޮންނާނީ މި މެއި މަހުގެ ހަވަނަ ދުވަހު އެވެ. ރައީސް ގެ މިދަތުރުފުޅުގައި ކޮމަންވެލްތ...

މުޙައްމަދު އަފްރާޙް
ގައުމީ ދާރުލްއާސާރު މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފި

ގައުމީ ދާރުލްއާސާރު މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފި

ގައުމީ ދާރުލްއާސާރު މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. އެކަމަށްޓަކައި ގައުމީ ދާރުލްއާސާރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނި ޑައިނޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. މިކަމުގެ އެއްބަސްވުމުގައި ހެރިޓޭޖް މިނިސްޓަރުގެ ނާއިބު އަހްމަދުﷲ ޖަމީލު ސޮއި ކުރެއްވިއިރު، ޑައިނޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަލީއެވެ. ބޭންކް އޮފް މޯލްޑިވްސް (ބޭއެމްއެލް) ގެ ސީއެސްއާރްގެ ދަށުން ކުރިޔަށްގެންދާ މި މަސައްކަތަށް އެ ބޭ...

މުޙައްމަދު އަފްރާޙް
ކަންބޮޑުވުންތަކުގެ އަޑު އިއްވަން އިދިކޮޅު ވަފުދެއް ކޮލަމްބޯއަށް ފުރަނީ

ކަންބޮޑުވުންތަކުގެ އަޑު އިއްވަން އިދިކޮޅު ވަފުދެއް ކޮލަމްބޯއަށް ފުރަނީ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ދެ ލީޑަރުން ކޮލަމްބޯއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން ބުނީ ކޮލަމްބޯ އަށް ވަޑައިގަންނަވާނީ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކަމަށާއި އެ ދެ ބޭފުޅުން މިއަދު ފުރާވަޑައިގަންނަވާނެ ކަމަށް ވެސް ބުނެއެވެ. އެ ދެބޭފުޅުން ކޮލޮމްބޯއަށް ވަޑައިގެން ބޭރުގެ ޑިޕްލޮމެޓުންނާއި ރައީސް ޔާމީންގެ […]

މުޙައްމަދު އަފްރާޙް