އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްދޭ ތަންތަން ޑިޖިޓަލް ކުރުމަށް ބޭނުންވާ ސާމާނު 183 ތަނަކަށް ހަވާލުކޮށްފިއެވެ. އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި5 ރީޖަނަލް ހޮސްޕިޓަލަށާއި، 15 އަތޮޅު ހޮސްޕިޓަލް އަދި 163 ޞިއްޙީ މަރުކަޒަށް އައިޓީ ސާމާނުވަނީ ހަވާލުކޮށްފައެވެ. މިތަކެތި ހަވާލުކޮށްދެއްވީ ނައިބް ރައީސް ފައިޞަލް ނަޞީމްއެވެ. ސިއްހީ ޚިދުމަތް ދޭ ތަންތަނުގެ ފަރާތުން މިތަކެއްޗާއި ހަވާލުވީ އެތަންތަނުގެ އިސްވެރިންނެވެ. މި ރަސްމިއްޔާތުގައި ސިއްހަތާއިބެހޭ ވަޒީރު އަހްމަދު ނަސީމް ވިދާޅުވީ ފެންވަރު ރަނ...
މުޙައްމަދު އަފްރާޙް
މިއަހަރުގެ އަމީރުލްޙައްޖަކީ ނައިބު ރައީސް ފައިޞަލް ނަސީމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވިގޮތުގައި، 1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، ނައިބު ފައިޞަލް ނަސީމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ހަމަޖައްސައްސަވާފައެވެ. ދިވެހި ޙައްޖާޖީންގެ...
ޔުމްނާ ޢަލީ
ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި، ޚިދުމަތްތަކެއް ކުރައްވައިފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. ޢަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅު މާފަންނު ދޫރެސްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 87 އަހަރެވެ. ޢަބްދުﷲ ޖަމީލް އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މި ޖޫން މަހުގެ 13 ވާ އަންގާރަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމ...
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓްް، އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓް އެރުވުމަށް ރޭ ބޭއްވި ޖަލްސާ ކާމިޔާބު ކަމަށާއި، ޖޭޕީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތު ވޯޓު ހޯދައިގެންކަމަށް ޤާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ. ޤާސިމަށް ޓިކެޓް އެރުވުމުގެ ޖަލްސާ ރޭ ވަނީ މާލޭ ކާނިވާ ސަރަހައްދުގައި ބާއްވާފައެވެ. މިޖަލްސާގައި ޤާސިމްގެ ކެމްޕޭންގެ ބައެއް ވަޢުދުތައް ހިމެނޭ ތަގުރީރެއް އިއްވާފައިވާއިރ...
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަކީ، ދޭ އަނިޔާއަކަށް ފަސް އަބުރި ބަލާނެ ބޭފުޅެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ޔާމީންނަށް ކޮށްފައިވާ ޖަލުހުކުމާއި ގުޅިގެން 900 ދުވަސް ހަމަވެފައިވާތީ، ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމަކީ ނުހައްގުން ކޮށްފައިވާ ސިޔާސީ ހުކުމެއްކަން ވިދާޅުވަމުން އަންނައައުން ރޭ ވެސް ވަނި ތަކުރާރުކޮށްފައެވެ. އ...
މުޙައްމަދު އަފްރާޙް
ކޯޗުކޮށްދިން އެތައް ކުދިންނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ރާއްޖޭގެ ކުރީގެ ގައުމީ ކްރިކެޓް ކޯޗް މުހައްމަދު އާސިފް އަމީން ޚާނަށް 53 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ. ގައުމީ ފިރިހެން ކްރިކެޓް ޓީމާއި އަންހެން ކްރިކެޓް ޓީމުގެ ކޯޗަކަށް ހުރި ދެކުނު އެފްރިކާގެ މި ކޯޗު ޖިންސީ ގޯނާގެ ތުހުމަތަށް އޮކްޓޫބަރު 2019 ގައި ހައްޔަރުކޮށް ނުވަ ދައުވާއެއް އުފުލި އެވެ. އޭގެ ތެރެއިން ހަތް ދައުވާއެއް ސާބިތުވި އެވެ. […]
ހުސައިން ހަބީބް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދިވެހިންގެ އިތުބާރު ވަނީ ގެއްލިފައި ކަމަށާއި އެ ޕާޓީ މިހާރު ހިންގަނީ ވަގުންގެ ނެޓްވޯކަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ތުހުމަތު ކުރައްވައިފިއެވެ. ‘ދަ ޑިމޮކްރެޓްސް’ އިން ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ އެމްޑީޕީގެ ކުރީގެ ހަރުގެ ހޯދުމަށް އެމްޑީޕީން ގާނޫނުތަކާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރުމަށް މަސައްކަތް ކުރިކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ. އިންތި [...
މުޙައްމަދު އަފްރާޙް
މިހައިތަނަށް އައި އިރު، ރާއްޖޭގެ ދަނޑުވެރިންނަށް އަޅާލާ އެއްވެސް ސަރުކާރެއް ނާންނަކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރުު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މާލެ އަތޮޅު ކާށިދޫގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ދަނޑުވެރިކަން ކޮށްގެން ލިބޭ ނަފާ އޭގެ އެންމެރަނގަޅުގޮތުގައި ދަނޑުވެރިންނަށް ލިބެމުން ނުދާ ކަމުގެ ޝަކުވާ އެފަރާތްތަކުން އަބަދު ވެސް ކުރަމުން އަން...
މުޙައްމަދު އަފްރާޙް
ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާއި ޚިލާފަށް ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔުމާއި ގުޅިގެން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މާލެ ސިޓީ ކައުންސިލްގެ އިދާރާ ޖޫރިމަނާކޮށްފި އެވެ. އީޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް އެ ކައުންސިލުން ގިނަ އަދަދަކަށް ކުނި އަޅާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބުމާއި ގުޅިގެން އެ މައްސަލަ ބަލާފައިވާނެކަމަށެވެ. އެކައުންސިލް ޖޫރިމަނާކޮށްފައިވަނީ، ޤ...
އަލީ އާދިލް
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކެލާ ދާއިރާގެ ރައީސްކަމުން އަހްމަދު ޣާލިބު މިއަދު އިސްތިއުފާ ދީފިއެވެ. ޣާލިބު މިއަދު ކުރި ޓްވީޓެއްގައި ބުނީ އޭނާ ޕީޕީއެމްގެ ކެލާ ދާއިރާގެ ރައީސްކަމުން މިއަދު އިސްތިއުފާ ދީފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ސެނެޓުން ވެސް އިސްތިއުފާ ދީފައިވާ ކަމަށް ވެސް އޭނާ ބުނެފަވެއެވެ. ޕީޕީއެމްގައި ވަރަށް ހަރަކާތްތެރި، އެ ޕާޓީގެ ކެމްޕޭން ތަކުގައި ވެސް ވަރަށް އިސް ސަފުގައި މަސައްކަތް ކުރާ […]
ޔުމްނާ ޢަލީ
ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް ތައާރަފްވިފަހުން މިހައިތަނަށް ޓެސްޓު ނުކުރެވި އޮތް ޖުމްހޫރީ ފިކުރަށް މިފަހަރު ފުރުސަތު ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ޖޭޕީގެ ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ އެމް.ޑީ.ޕީ އާއި ޕީޕީއެމް ވެސް ދިވެހި ރައްޔިތުން ތަޖްރިބާ ކޮށްފައިވާ ކަމަށާއި މިހައިތަަނަށް ޓެސްޓް ނުކުރެވި...
މުޙައްމަދު އަފްރާޙް
ސިޓީއެއްގެ ޗާލުކަން ގެނެވޭނީ ހަމައެކަނި ރީތި އިމާރާތްތަކެއް އަޅައިގެން ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވި އާބަންކޯ އިސްނަގައިގެން ހުޅުމާލެ ސާފުކުރުމަށް ބާއްވާ ބޮޑު ހަރަކާތް، ‘ދުނިޔެ މަގޭ – ސާފު ހުޅުމާލެ’ އިވެންޓް ފައްޓަވައިދެއްވައި ވާހަކަ ދައްކަވަމުންނެވެ. ހުޅުމާލޭގައި މިއަދު ހެނދުނު ބޭއްވި މި އިވެންޓުގައި ނައިބު ރައީސް ވިދާޅުވީ ތަހުޒީބު މުޖުތަމައެއްގައި އެންމެ ބޮޑު ސަމާލުކަމެއްދެނީ ސާފުތާހިރުކަން ކަށަވަރުކުރުމަށް ކަމަށެވެ. ޚާއްސަކޮށް އެންމެނ...
މުޙައްމަދު އަފްރާޙް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވައިފި އެވެ. ރައީސް އޮފީހުން ވިދާޅުވީ، ސޭޝެލްސްގެ ރައީސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ޖޫން މަހުގެ 11 އިން 14 އަށް ކަމަށެވެ. މިދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެ އާއި ސޭޝެލްސްއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން...
އިބްރާހިމް އަސްވާޤް
ދަރަނިތައް ކުޑަކޮށް އެއިން ސަލާމަތް ވުމަށް އާމްދަނީ އިތުރު ކުރުމާ އެކު، މާލީ ހެޔޮ މިސްރާބަކަށް ގައުމު ގެންދަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީ ގެ ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓް އެރުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި، […]
މުޙައްމަދު އަފްރާޙް
މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓް އެ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް އަރުވައިފިއެވެ. ރިޔާސީ ޓިކެޓު އެރުވުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގާސިމް އިބްރާހިމް އަށް ޓިކެޓު އަރުވާފައިވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފްއެވެ. ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ޓިކެޓު އެމަނިކުފާނަށް ލިބިވަޑައިގަތީ، އެ ޕާޓީގެ ކައުންސިލުގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ. ރިޔާސީ […]
މުޙައްމަދު އަފްރާޙް