ރައްޔިތުން އެދޭ ގޮތަށް މިވެރިކަން ބަދަލު ކުުރަން ގުޅެން ޖެހުނު ކޮންމެ ބަޔަކާއި ގުޅިގެން ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރާނެކަމަށް “ދަ ޑިމޮކްރެޓްސް” ގެ މުއައްސިސް އަދި މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލަން ނިންމައި، އެކަމުގެ މަޝްވަރާތަކެއް ފުވައްމުލަކުގައި ކުރިއަށް ގެންދިއުމަށްފަހު ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ހަސަން ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮތީ ނ...
މުޙައްމަދު އަފްރާޙް
ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ދިޔަ ހައްޖާޖީއަކު ނިޔާވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ނިޔާވެފައިވަނީ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަން ކަމަށެވެ. އަދި އެއީ އުމުރުން 72 ގެ މީހެއް ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވީ އޭނާ ނިޔާވީ މައްކާގެ ސަޢުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރާއްޖެ ގަޑިން އިއްޔެ އިރުއޮއްސި 6:17 ހާއިރު ކަމަށެވެ. ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މިއީ […]
މުޙައްމަދު އަފްރާޙް
މިއަހަރުގެ ޖޫން 1 ން 21 ގެ ނިޔަލަށް 95،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި ނިމިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް 95000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ފައިބެއަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 45،958 ފަތުރުވެރިންނެވެ. އަދި 2021 ވަނަ އަހަރުގެ މިމުއްދަތުގައި ޒިޔާރަތްކުރީ 92،519 ފަތުރުވެރިންނެވެ. އެހެންކަމުން ފާ...
މުޙައްމަދު އަފްރާޙް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގެ ހުރިހާ މިސްކިތްތައް އޭސީކޮށް އެ މިސްކިތްތަކުގައި ހިލޭ ޤުރުއާން ކިޔަވައިދެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، އޭނާގެ ރިޔާސީ މެނިފެސްޓޯ، އުޖާލާ ޒަމާން މެނިފެސްޓޯގެ “އިސްލާމީ ވަޙުދަތު” ގެ ދަށުން ވެފައިވާ ވައުދުތަކާއި ގުޅޭގޮތުން ދެއްވި މެސެޖެއްގައެވެ. ނާޒިމްގެ މެސެޖުގައި ވިދާޅުވެފ...
ޔުމްނާ ޢަލީ
މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލުމުން ހުށަހެޅި ޝަކުވާތަކުގެ ތެރެއިން 551 ޝަކުވާއަކަށް ޖަވާބު ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ވިދާޅުވިގޮތުގައި ސެޕްޓެމްބަރ 9 އަށް 18 އަހަރު ފުރޭ 138317 އަންހެނުންނާއި، 144355 ފިރިހެންނާއެކު ޖުމްލަ 282672 މީހުންނަށް ވޯޓުދިނުމުގެ ހައްގު ވަނީ ލިބިފައެވެ. އަދި އެމީހުންގެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގައި، ޝާއިޢު...
މުޙައްމަދު އަފްރާޙް
ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ޅ. ހިންނަވަރަށް ވަޑައިގެންފިއެވެ. އެމަނިކުފާނުގެ އުފަން ރަށް، ހިންނަވަރަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. އެމަނިކުފާނު ހިންނަވަރަށް ވަޑައިގަތުމުން މަރުހަބާ ކިޔުމަށާއި ސަލާމްކުރެއްވުމަށް ރަށުގެ ބަނދަރު ސަރަހައްދަށް ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ނުކުމެފައެވެ. މި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ، އަޟްހާ އީދާއިގުޅިގެން ހިންނަވަރުގައި ކުރިއަށްދާ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ރައީ...
މުޙައްމަދު އަފްރާޙް
މާލޭގެ ހެންވޭރުގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހެންވޭރުގެ ގެއެއްގައި ޚަބަރުހުސްވެފައި މީހަކު އޮތް ކަމުގެ ރިޕޯޓު މިއަދު މެންދުރު 1:20 ހާއިރު ލިބިފައިވާ ކަމަށެވެ. އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އަދި އެމީހާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުން އިތުރަށް ވިދާޅުވީ އެއީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އިތުރު މައުލުމާތެއް ހާމައެއް ނުކުރައްވައެވެ. […]
މުޙައްމަދު އަފްރާޙް
ގެއްލިގެން ހޯދަމުން ދިޔަ ދިވެހި ހައްޖާޖީ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ، އަލް ޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަވާލުގައި މި އަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިޔަކު ކަމުގައިވާ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ (72) ނިޔާވެފައިވާ ކަމަށެވެ. މަރުޙޫމު މުޙައްމަދު ނަސީމު ޢަލީ ވީނުވީއެއް ނޭނގި ގެއްލުނީ ޙައްޖު މަހުގެ 8 ވަނަ ދުވަހުގެރޭ މިނާ ޓެންޓުން ނިކުތް ފަހުންނެވެ. މުޙައްމަދު ނަސީމް […]
ޔުމްނާ ޢަލީ
ސްވިޑްން މީހަކު ކީރިތި ޤުރްއާނަށް ފުރައްސާރަކުރުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ އަޟްޙާ ޢީދު ދުވަހާ ގުޅުވައިގެން ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހަކު ސްވިޑަންގައި ކީރިތި ޤުރުއާނަށް ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިއީ ވަރަށް އިހާނެތި ޢަމަލެއް ކަމަށާއި މި ޢަމަލު ތަކުރާރުވުމަކީ ދުނިޔޭގެ އެތައް މިލިއަން މުސްލިމުންގެ ދީނީ އިހުސާސްތަކަށް ގެއްލުންދޭ ކަމެއް ކަމަށް ވެސް ފޮރިން މިނިސްޓްރ...
މުޙައްމަދު އަފްރާޙް
އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ރާއްޖެއިން ވާދަކުރާ ފެތުންތެރިންގެ ޓީމު އިއުލާން ކޮށްފިއެވެ. މޯލްޑިވްސް ސްވިމިން އެސޯސިއޭޝަނން ބުނީ 11 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިންގެ ޓީމުގައި އަންހެން 6 ފެތުންތެރިންނާއި ފިރިހެން 6 ފެތުންތެރިން ހިމެނޭ ކަމަށެވެ. މަޑަގަސްކަރ ގައި މި މުބާރާތަށް ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ އޮގަސްޓް 25 ން ސެޕްޓެމްބަރ 3 އަށެވެ. ރާއްޖެއިން ބައިވެރިވާ އަންހެން ފެތުންތެރިންގެ ތެރޭގައި ހިމެނެނީ މިރާލް ޢައިން ލަތީފް، ޙަމްނާ [...
މުޙައްމަދު އަފްރާޙް
އައްޑޫ ސިޓީ ހުޅުމީދޫގައި އަމަން ނަގާލަން އުޅުމުން ހައްޔަރުކުރި މީހާ ދޫކޮށްލާފައި ހުއްޓާ މީހަކަށް މަރުގެ އިންޒާރު ދިންކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމީދޫ ތެރޭގައި އަމަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި 44 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ މި ޖޫން މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އޭނާ އެދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 24 ގަޑިއިރުފަހުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން […]
މުޙައްމަދު އަފްރާޙް
ސިފްކޯ ހިޔާ ޓަވަރު ކައިރީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ. އެންއެމްޑީއެފް އިން މިހެން ވިދާޅުވީ ހުޅުމާލޭ ޕޮލިސް އަދި އެމްއެންޑީއެފް ފްލެޓުގެ ބޭނުމަށް ގެނެސްފައި ހުރި ކޮންސްޓްރަކްޝަން ތަކެތީގައި އަލިފާން ރޯވެގެން އުޅޭ ކަމަށް ބުނެ ޓްވިޓާ ގައި ދައުރުވަމުން ދާ ވީޑިއޯ އާ ގުޅިގެން ‘ތިލަދުން’ އިން ސުވާލު ކުރުމުންނެވެ. އެ އިދާރާ އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ އެތަނުގައި ހުރި ކަރުދާސްތަކެއްގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 11:33 […]
މުޙައްމަދު އަފްރާޙް
މިއަހަރުގެ ހައްޖު އަޅުކަމަށް ދިޔަ ރާއްޖޭގެ ހައްޖުވެރިން ރާއްޖެ އަންނަ ފަށާނީ އަންނަ ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީން ފުރާފައި ވަނީ ޖޫންމަހުގެ 12 އިން 19 އަށެވެ. ސައޫދީ ސަރުކާރުން ދެއްވި 1000 ކޯޓާގައި މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގޮސްފައިވާއިރު، މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވީ […]
ޔުމްނާ ޢަލީ
“ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި އަވަށްޓެރި އިންޑިއާ މީހެއްގެ ނަން އޮތީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ގެ މައްސަލައަކުން ކަމަށް ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ. އެ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ސަރުކާރުން އާންމު ކުރައްވާފައިވައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާފައިވަނީ ޖޫން 26 ވަނަ ދުވަހުއެވެ. މި ލިސްޓުގައި މއ. މަލިކުވިއު، ހަބީބު […]
މުޙައްމަދު އަފްރާޙް
މިއަހަރުގެ އަޟުހާ އީދު ފާހަގަކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހްމަދު އއ. ތޮއްޑޫއަށް ވަޑައިގެންފިއެވެ. އެ ދެކަނބަކުން އެރަށަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. އީދާއި ގުޅިގެން ތޮއްޑޫގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއަދު މެންދުރު ބޮޑު ޖާފަތެއް ބޭއްވުމަށް ވަނީ ހަމެޖެހިފައެވެ. މިޖާފަތުގައި ރައީސް އާއި ރަށުގެ ރައްޔިތުން ބައިވެރިވާނެއެވެ. މީގެ އިތުރުން އެރަށުގ...
މުޙައްމަދު އަފްރާޙް