ޑރ. މުއިއްޒަށް ޗައިނާއިން ވެސް މަރުހަބާ ކިޔައިފި
ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ކުރިއަށް އޮތްދައުރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމް ހޯއްދެވި ޑރ.މުޙައްމަދު މުއިއްޒުއަށް ޗައިނާއިން ވެސް މަރުހަބާ ކިޔައިފިއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޖިންގ ވަނީ އިންތިހާބު ކާމިޔާބުކުރުމާއި ގުޅިގެން މުއިއްޒުއަށް މަރުހަބާ ވިދާޅުވެފައެވެ. ރިޔާސީ އިންތިހާބް ކާމިޔާބު ކުރެއްވުމާއި ގުޅުގެން އެންމެ ފުރަތަމަ މުއިއްޒުއަށް މަރުހަބާ ވިދާޅުވި ބޭފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަ...