ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ބަލިވި ސަބަބު އެމްޑީޕީން ހޯދަނީ
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ އަށް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހުނު ސަބަބުން ބަލައި އެކަންކަން ހަރުދަނާ ކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލިހުން ރޭ ފާސްކޮށްފިއެވެ. މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ވާދަކުރައްވައި އެ އިންތިހާބުގައި ރައީސް ސޯލިހަށް ވަނީ ބޮޑު ނާކާމިޔާބީއެއް […]