އިންޑިއާގެ ކެރަލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާތީ އެ ސްޓޭޓުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން އަންގައިފިއެވެ. ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުނު ބަޔާނެއްގައި ވަނީ ސިކުނޑިއަށް ޖެހޭ ބައްޔެއް ކަމަށްވާ “ބްރެއިން އީޓިން އެމީބާ އިންފެކްޝަން”އަށް ސަމާލުވުމަށް ކެރެލާގެ ސިއްހަތާ ބެހޭ ވުޒާރާތަކުން އިލްތިމާސްކޮށްފައިވާ ކަމަށެވެ. ބްރެއިން އީޓިން އެމީބާ ބައްޔަކީ ކަންފަތް ނުވަތަ ނޭފަތުން ހަށިގަނޑުގެ އެތެރެއަށްދާ ޖަރާސީމަކަށްވާތީ ކޯރުފަދަ ތަންތަނަށް މިދުވަސްވަރު ނޭރުމަށް ކޮންސިއުލ...
މުޙައްމަދު
އެމްޑީޕީން މީގެކުރިން މުޒާހަރާކޮށްގެން އަންނަން ހުރި މަޝްރޫއުތަކެއް ހުއްޓުވި ނަމަވެސް ދެން މުޒާހަރާކޮށްގެން މަޝްރޫއުތައް ނުހުއްޓުވޭނެ ކަމަށާއި އެކަން ކުރާ ފަރާތްތަކާ މެދުގައި ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިރޭ ވިދާޅުވެއްޖެއެވެ. ޝުޖާއު އެގޮތަށް ވިދާޅުވެފައި ވަނީ ވ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކާނި ހޮޓެލްސް އަށް ދީފައި ވަނިކޮށެވެ. ކާނި ހޮޓެލްސްއަކީ ރާއް...
މުޙައްމަދު
ޗައިނާގެ އެކި ޕްރޮވިންސްތަކާއި އައްޑޫ ސިޓީއާ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. ޕީއެންސީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މިދިޔަ މެއި މަހު ޗައިނާގައި އޮތް އައިޓީބީ ފެއާގައި ޗައިނާގެ އީސްޓަން އެއާލައިންސްގެ ނައިބު ރައީސްއާ ބައްދަލުކުރައްވައި، އައްޑުއަށް ސީދާ ދަތުރުތައް ފެށުމަށް އެދިވަޑައިގެންނެވި ކަމަށެވެ. “ރައީސް މުއިއްޒުގެ ސަރުކާރާއި ޗައިނާއާއި ދެމެދު މިއޮތީ ވަރަށް...
މުޙައްމަދު
ރ. މަޑުއްވަރީގައި ކުޑަކުއްޖަކާ ކައިވެނިކޮށް އެ ކުއްޖާ ރޭޕްކުރި މައްސަލައިގައި އިސްމާއިލް ހައްމާދުގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފިއެވެ. އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނީގެ ނަމުގައި ގުޅި އަދި ޖިންސީ ގުޅުން ހިންގުމަށް ފަހު އެ ކުއްޖާ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވިހެއި މައްސަލަ ފެންމަތިވީ ދީނީ ހިޔާލު ތަފާތުވުންތަކެއްގައި ހައްމާދަށް ބަޔަކު ހަމަލާދިން މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށް 2019 ވަނަ އަހަރުގެ […]
މުޙައްމަދު
ލޭ ހަދިޔާކުރުމާއި ލޭގެ ހިދުމަތްތައް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ކަމަށްވާ “ލޭ އެޕް” މިއަދު އިފްތިތާހްކޮށްފިއެވެ. މި އެޕަކީ، އެޗްއާރުޑީއެންސީ އެލްއެލްޕީ ގެ ފަރާތުން، ސިއްހަތާ ބެހޭ ވުޒާރާ އާއި ގުޅިގެން ފަރުމާކޮށް، ތައާރަފްކޮށްފައިވާ އެޕެކެވެ. ސިއްހަތާ ބެހޭ ވުޒާރާގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެޕް އިފްތިތާހްކޮށްދެއްވީ، ސިއްހަތާ ބެހޭ ވަޒީރު، ޑރ.ޢަބްދުﷲ ޚަލީލެވެ. ސިއްހަތާ ބެހޭ ވުޒާރާއިން ބުނިގޮތުގައި، ލޭ އެޕަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުގައި ލޭ...
ޔުމްނާ ޢަލީ
މީގެ 11 އަހަރު ކުރިން މާލޭގައި ގޭންގަކުން ގޮސް ހަމަލާދީ މަރާލި ހުސައިން ވަހީދުގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މީހާއަށް ހުސައިންގެ މަންމަ މައާފް ދިނުމުން އޭނާ މަރުގެ އަދަބުން މިއަދު ސަލާމަތްވެއްޖެ އެވެ. ޑިސެމްބަރު، 2013 ގައި މ. އައިޝާ, ހުސައިން ވަހީދަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރު ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ […]
ހުސައިން ހަބީބް
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ނަމުގައި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާތީ އެކަމަށް ސަމާލުވުމަށް އެ ވުޒާރާއިން އެދިއްޖެއެވެ. މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ބުނީ ސަރުކާރުން ދޭ ސްކޮލޮޝިޕަށް ނުވަތަ ލޯނު ހޯދުމަށް އެދިފައިވާ ނުވަތަ ލޯނު ދިނުމަށް ހޮވިފައިވާ ދަރިވަރުންނާ ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުން ދާކަން އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިގޮތަށް މަކަރާއި ހީލަތްހަދާ މީހުން، ގުޅަމުން ދަނީ މަތީ ތަޢުލީމާއި މަސައްކަތްތ...
ޔުމްނާ ޢަލީ
އިސްލާމްދީނަކީ ރާއްޖޭގައި ބަދަލުކުރަން ޖާގަ ނުދެވޭނެ އަސްލެއް ކަމަށާއި، އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު)ގެ ހައްގުތައް ލިބިދެވޭނީ އިސްލާމް ދީނުގެ އަސްލުތަކާ އެއްގޮތަށްކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. އޭޖީ އުޝާމް މިހެން ވިދާޅުވީ، އެކުވެރި ދައުލަތްތައް (އދ)ގެ މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ނުވަތަ އައިސީސީޕީއާރުގެ ދެ ވަނަ ޕީރިއޯޑިކް ރިޕޯޓު ހުށަހަޅުއްވަމުންނެވެ. މި ރިޕޯޓު 2022 ވަނަ އަހަރުގެ މާރިޗު މ...
ޔުމްނާ ޢަލީ
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުގެ ދަރިފުޅު ޢަބްދުﷲ މާހިލް ޝަހީމަށް މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން ވަޒީފާއެއް ހަމަޖައްސާފައިވާކަމަށް ބުނެ ފަތުރަނީ ދޮގެއްކަމަށް މައުލޫމާތު ލިބިއްޖެއެވެ. މާހިލް އާއި ގުޅުވައި މީސް މީޑިއާގައި ފަތުރަމުންދާ ގޮތުގައި މާހިލް އަށް ދީފައިވަނީ ލައްކައަކަށްވުރެ ގިނަ ރުފިޔާގެ އިނާޔަތާއެކު މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ތާރޑް ސެކެޓްރީގެ މަގާމު ކަމަށެވެ. އެ މައުލޫމާތު އެނގޭ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ވަޒީރު ޝަހީމްގެ...
ޔުމްނާ ޢަލީ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 88 ހުށަހެޅުން ލިބިފައިވާ ކަމަށް އެ ކައުންސިލުން މިރޭ ބުނެފިއެވެ. ނޫސްވެރިކަން ކުރާ ފަރާތްތައް ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައި މީޑިއާ ކައުންސިިލުން ދެމުން އަންނަ އެވޯޑަށް 18 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއެވެ. އޭގެ ތެރޭގައި ހިމެނެނީ ތަހުގީގީ ނޫސްވެރިކަން، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ...
މުޙައްމަދު
ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ. ފުލުހުން ހޯދަމުންދަނީ ސ. ހިތަދޫ / ހަޒާރުމާގެ، މުހައްމަދު އުބާދަތު ހުސައިން (29އ) އެވެ. އޭނާ ހޯދަމުންދަނީ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީއެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި، އުބާދަތު ބަންދުގައި ބަހައްޓައިގެން ޖުލައި 17 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް...
އަލީ އާދިލް
ރާއްޖެ އިން މިވަގުތު ބޭނުންވާ ކަންކަން އޮޅުން ފިލުވައި އެ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޗައިނާ އިން މިއަދު ދީފިއެވެ. ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސް ޑރ. މުއިއްޒާއި ޗައިނާ ސަފީރު ވަނީ ރައީސް ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވި […]
މުޙައްމަދު
ރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދުގައި ވިސްނައި ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ އާ ގާނޫނުއަސާސީގެ ހިޔާވަހިކަމުގައި 2008 އިން ފެށިގެން ދިވެހި ގައުމު 15 އަހަރު ވޭތުކޮށްފައިވާ ކަމަށެވެ. ނާޒިމް ވިދާޅުވީ މި އަހަރުތަކުގައި...
މުޙައްމަދު
ދިވެހި އެކައުންޓަންޓުން އުފެއްދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މާލީ ވަޒީރު ޑރ.މުހައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ. ވަޒީރު މި ވާހަކަފުޅު ދެއްކެވީ، މިއަހަރުގެ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤްރީރު ކުރައްވަމުންނެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެކައުންޓަންޓުންނަކީ މަތީ އާމްދަނީއެއް ލިބޭ ފަންނުވެރިންނެވެ. އަދި ރާއްޖޭގައިވެސް އިންކަމް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަނީ އެކައުންޓަންޓުން ކަމުގައި އެމަނިކު...
އަލީ އާދިލް
ޚިދުމަތް ހޯދަންދާ މީހުން މަދުވުމުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ހައްޖު ފްލޫކްލިނިކް ހުއްޓާލައިފިއެވެ. އައިޖީއެމްއެޗުން ބުނީ ހައްޖުން އެނބުރި އަންނަ މީހުންނަށް ޚާއްޞަކޮށްގެން އެ ހޮސްޕިޓަލްގައި ހުޅުވި ފްލޫ ކްލިނިކަށް ދައްކަން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން އެ ކްލިނިކްގެ ޚިދުމަތް ހުއްޓާލާފައިވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެއާއެކު އެ ހޮސްޕިޓަލުން ޚިދުމަތް ހޯދަންދާ އެއްވެސް މީހަކު ރޯގާގެ އަލާމާތެއް ހުރިނަމަ މާސ...
ޔުމްނާ ޢަލީ