ރާއްޖޭގެ ބޮޑުބަޔަކަށް ނެރެފައިވާ މޫސުމީ ސަމާލުގެ ވަގުތު އިތުރުކޮށްފި
މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ނެރެފައިވާ ރީނދޫ ސަމާލާއި، ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށެވެ. މި ސަމާލުގެ ވަގުތު ކުރިން ދީފައި އޮތީ މިއަދު ހެނދުނު 7:00 އާއި ހަމައަށެވެ. ނަމަވެސް މިހާރު މިވަގުތު ވަނީ ހެނދުނު 11:00 އާއި ހަމައަށް އިތުރުކޮށްފައެވެ. މި ސަމާލުގެ ވަގުތުގައި […]