މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތައް ހެދުމަށް އެހީތެރިކަން ލިބޭ ސްކީމެއް ތަޢާރަފުކުރަނީ
މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތައް ހެދުމަށް އެހީތެރިކަން ލިބޭ ސްކީމެއް ތަޢާރަފުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިމާރާތް ކުރުމަށް ލުއިލޯނު ލިބޭ، “ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް” އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި، މި ސްކީމް ތަޢާރަފުކުރުމާ ގުޅުންހުރި ފަންނީ މަސައްކަތްތައް މިހާރު ދަނީ ކުރައްވަމުންނެވެ. އެކަންކަން ފުރިހަމަވުމުން، އެ ސްކީމްވެސް އިޢުލާ...