މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 320 ވަނަ ޞަފްޙާ

ދެ ޤައުމަކަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ދެ ޤައުމަކަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ސަޢޫދީ ޢަރަބިއްޔާ އާއި އަޒަރްބައިޖާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސް ފުރަތަމަ ވަޑައިގަތީ ސަޢޫދީ ޢަރަބިއްޔާ އަށެވެ. ރައީސް އެ ޤައުމަށް ކުރެއްވި ދަތުރުފުޅަކީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް- އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކ...

ޔުމްނާ ޢަލީ
އަޒަރުބައިޖާނުން ރާއްޖެ އާއިއެކު އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިވެއްޖެ

އަޒަރުބައިޖާނުން ރާއްޖެ އާއިއެކު އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިވެއްޖެ

އަޒަރުބައިޖާނުން ރާއްޖެ އާއިއެކު އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރަށްވާފައެވެ. އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައި ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، ދާދި ފަހުން އަޒަރުބައިޖާނާއި ރާއްޖެ އާއި ދެ ޤައުމުގެ ދެމެދުގައި...

ޔުމްނާ ޢަލީ
ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ފެންނާނެ: ރައީސް

ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ފެންނާނެ: ރައީސް

ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ކުރިއަށް އޮތްތަނުގައި ސާފުވެ، ފެނިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރިސޯޓްތަކަށް ލިބޭ ޑޮލަރު ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ގެނެސްފައިވާ ބަދަލަށް ބައެއް ވިޔަފާރިވެރިންނާއި، ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ދެކޮޅު ހަދައި ފާޑުކިޔަމުންނެވެ. މިހެން މިކަން ހިނގާފައި ވަނިކޮށް، ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރ...

ޔުމްނާ ޢަލީ
އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ފޯނުތައް ނުބެލޭނެ: ހައި ކޯޓް

އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ފޯނުތައް ނުބެލޭނެ: ހައި ކޯޓް

އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ފޯނުތައް ފުލުހުންނަށް ނުބެލޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ. އުމުރުން 14 އަހަރުގެ ކުއްޖަކަށް ތުހުމަތު ކުރެވޭ ކުށްތަކަކާ ގުޅިގެން އެ ކުއްޖާގެ ފޯނު ހިފެހެއްޓުމަށާއި ފޯނު ހުޅުވުމުގެ އަމުރެއް ނެރެދިނުމަށް އެދުމުން ޖުވެނައިލް ކޯޓުން ނިންމާފައި އޮތީ އެ ކުއްޖާއަށް 15 އަހަރު ނުވާތީ އެ ކުއްޖާގެ މައްޗަށް އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށެވެ.  އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން މިދިޔަ ހަފުތާގައި ހައި ކޯޓުން […]

ހުސައިން ހަބީބް
މަންޑޭގެ އެޕާޓްމެންޓާއި މުދާތައް ޝަރީއަތް ނިމެންދެން ހިފަހައްޓައިފި

މަންޑޭގެ އެޕާޓްމެންޓާއި މުދާތައް ޝަރީއަތް ނިމެންދެން ހިފަހައްޓައިފި

ކޭ ޕާކް ފްލެޓްތައް އޮޅުވާލައިގެން ގިނަ ބަޔަކަށް ވިއްކައިގެން ފައިސާ ހޯދި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ)މުދާތަކާއި ޕެންޓްހައުސް ޝަރީއަތް ނިމެންދެން ހިފަހައްޓަން އަމުރުކޮށްފި އެވެ. ކޭ ޕާކް ފްލެޓްތައް ހަދަމުންދާ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ މަންޑޭގެ މައްޗަށް ކުރެވޭ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުތަކާ ގުޅިގެން ނޮވެމްބަރު, 2023 އިން ފެށިގެން އޭނާގެ ޕެންޓްހައުސްއާއި އެ ތަނުގައި ހުރި އަގު ބޮޑު މުދާތައް ހުރީ ފުލުހުންގެ ބެލުމުގެ ދަށަށް އޮތީ ގެނެސްފަ […]

ހުސައިން ހަބީބް
''ފުދިއްޖޭ،ފުނޑިއްޖޭ'' ބުނާއިރު ވެރިކަމުން ފޭބީ ރައްޔިތުންގެ ހަރުމުދާތައް ވެސް ރަހުނުކޮށްފައި: ސައީދު

''ފުދިއްޖޭ،ފުނޑިއްޖޭ'' ބުނާއިރު ވެރިކަމުން ފޭބީ ރައްޔިތުންގެ ހަރުމުދާތައް ވެސް ރަހުނުކޮށްފައި: ސައީދު

އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ”ފުދިއްޖޭ،ފުނޑިއްޖޭ” ބުނެ ވާހަކަދައްކާއިރު، ފަސް އަހަރުގެ ދައުރު ނިންމައި ވެރިކަމުން ފޭބީ ރައްޔިތުންގެ ހަރުމުދާތައް ވެސް ރަހުނުކޮށް ލޯނުނަގާފައިކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރޭ ބައެއް ޓީވީ ޗެނަލް ތަކުން ލައިވްކުރި “ހަފްތާ52″ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އެ ސަރުކާރުގައި އިސްކަންދަރު ސްކޫލް، މަޖީދިއްޔާ ސްކޫލްފަދަ ސްކޫލްތައް ހުރި...

ޔުމްނާ ޢަލީ
ރާއްޖޭގެ ތަރައްޤީއަށް ކުރާ މަސައްކަތަށް އޭއައިއައިބީގެ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން

ރާއްޖޭގެ ތަރައްޤީއަށް ކުރާ މަސައްކަތަށް އޭއައިއައިބީގެ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން

ދިވެހި ރާއްޖޭގެ ތަރައްޤީއަށް ކުރާ މަސައްކަތަށް،  އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އެ ބޭންކްގެ ރައީސް އަދި ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއަރ ޖިން ލީޗުން ދެއްވައިފިއެވެ. އޭއައިއައިބީގެ ރައީސް މި ޔަޤީންކަން ދެއްވީ އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައި އިއްޔެ ރައީސް ޑރ. މުޙައްމަދު މުޢީޒާއި އެކު ކުރިއަށް ގެންދެވި ބ...

ޔުމްނާ ޢަލީ
ދުރާލާ އިންޒާރުދޭ ނިޒާމުތަކަކީ ތަނަވަސްކަމަށް ކުރެވޭ އިންވެސްޓްމަންޓެއް: ރައީސް

ދުރާލާ އިންޒާރުދޭ ނިޒާމުތަކަކީ ތަނަވަސްކަމަށް ކުރެވޭ އިންވެސްޓްމަންޓެއް: ރައީސް

ދުރާލާ އިންޒާރު ދޭ ނިޒާމުތަކަކީ ދިރިއުޅުމާއި ތަނަވަސްކަމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ކޮންފަރެންސް އޮފް ޕާޓީސް ގެ 29 ވަނަ ސެޝަން (ކޮޕް29)ގައި، އެކުވެރި ދައުލަތްތަކުގެ ސެކްރެޓަރީ ޖެނެރަލް އިންތިޒާމު ކުރެއްވި، “ހައި-ލެވަލް އިވެންޓް އޮން ޑެލިވަރިންގް އަރލީ ވޯރނިންގްސް ފޮރ އޯލް އެންޑް އެޑްރެސިންގް އެކްސްޓްރީމް ހީޓް”ގައި ކުރެއްވި ތަޤުރީރުގައެވެ. އަޒަރުބައިޖާންގައި މިހާރު ކުރިއަށްދާ ކޮޕް ސަމިޓުގެ މަތީ ފަންތީގެ ބައްދ...

ޔުމްނާ ޢަލީ
ޑޮލަރު މާރުކުރަން އެއް ރިސޯޓު ފިޔަވައި ހުރިހާ ރިސޯޓަކުން ރަޖިސްޓްރީ ވެއްޖެ

ޑޮލަރު މާރުކުރަން އެއް ރިސޯޓު ފިޔަވައި ހުރިހާ ރިސޯޓަކުން ރަޖިސްޓްރީ ވެއްޖެ

ޑޮލަރު މާރުކުރުމުގެ ގަވާއިދުގެ ދަށުން އެއް ރިސޯޓު ފިޔަވައި ހުރިހާ ރިސޯޓަކުން ރަޖިސްޓްރީ ވެފައިވާކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފިއެވެ. އެމްއެމްއޭ އިން ބުނީ، މިދިޔަ އެކްޓޯބަރު މަހުގެ 1 ވަނަ ދުވަހު އާންމު ކުރި މި ޤަވާއިދުގެ ދަށުން ޑޮލަރު މާރުކުރުމުގެ ގަވާއިދުގެ ދަށުން 173 ރިސޯޓެއް މިހާރު ރަޖިސްޓްރީ ވެފައިވާ ކަމަށެވެ. މި އަމަލުކުރަން ފެށި ދުވަހުން ފެށިގެން ޓީޖީއެސްޓީއަށް ރަޖިސްޓަރީވާ ފަރާތެއްނަމަ، އެ ފަރާތްތަކަށް ވެސް ރަޖިސްޓަރީ ވުމަށް 30 ދުވަހުގެ […]

ޔުމްނާ ޢަލީ
ވޭޕް ވިއްކުމާއި ބޭނުން ކުރުން މަނާކުރާ ބިލު ތަޞްދީޤުކުރައްވައިފި

ވޭޕް ވިއްކުމާއި ބޭނުން ކުރުން މަނާކުރާ ބިލު ތަޞްދީޤުކުރައްވައިފި

އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން މަނާކުރާ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަޞްދީޤުކުރައްވައިފިއެވެ. މި ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ  ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އައިފާން އެވެ. މި ބިލަށް ތަޅުމުގައި ވޯޓަށް އަހައި ފާސްކޮށްފައި ވަނީ އިއްޔެއެވެ...

ޔުމްނާ ޢަލީ
ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ޤަބޫލުކުރާ ހަމައެއްނޫން: ރައީސް

ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ޤަބޫލުކުރާ ހަމައެއްނޫން: ރައީސް

ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ޤަބޫލުކުރައްވާ ހަމައެއްނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މީޑިއާތައް ރެގިއުލޭޓް ކުރަމުން އަންނަ ދެ މުއައްސަސާ އުވާލައި “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން” ނަމުގައި ކޮމިޝަނެއް އުފެއްދުމަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބިލު”ގެ ނަމުގައި މި ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ މިނިވަން މެމްބަރެއްކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރ...

ޔުމްނާ ޢަލީ
އެކަށީގެންވާ މާލީ އެހީ ނުލިބުމުން ރާއްޖެ ފަދަ ޤައުމުތަކުގެ އުންމީދުތަކަށް ހުރަސް އެޅޭ: ރައީސް

އެކަށީގެންވާ މާލީ އެހީ ނުލިބުމުން ރާއްޖެ ފަދަ ޤައުމުތަކުގެ އުންމީދުތަކަށް ހުރަސް އެޅޭ: ރައީސް

އެކަށީގެންވާ މާލީ އެހީ ނުލިބުމުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ އުންމީދުތަކަށް ހުރަސް އެޅޭކަމަށް ޑރ.  މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ، އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ޕްލެނަރީގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި ކަންތައްތަކުގެ ތެރެއިން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކު...

ޔުމްނާ ޢަލީ
މޫސުމީ ބަދަލުތަކަށް އެހީތެރިވެވޭނެ ގޮތަށް ދުނިޔޭގެ މާލީ ނިޒާމު ބަދަލުކުރުމަށް ރައީސް ގޮވާލައްވައިފި

މޫސުމީ ބަދަލުތަކަށް އެހީތެރިވެވޭނެ ގޮތަށް ދުނިޔޭގެ މާލީ ނިޒާމު ބަދަލުކުރުމަށް ރައީސް ގޮވާލައްވައިފި

މޫސުމީ ބަދަލުތަކަށް ހޭނުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމަކަށް ދުނިޔޭގެ މާލީ ނިޒާމު ބަދަލުކުރުމަށް ރައީސް ޑރ.  މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ ކޮޕް 29 ގެ ހަވާސާގައި ބޭއްވި ހައި-ލެވެލް ރައުންޑްޓޭބަލް އެނޭބްލިންގ ކްލައިމެޓް ފައިނޭންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ 29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް29)ގައި ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަ...

ޔުމްނާ ޢަލީ
ކާރެއް ތެރޭ މީހަކު ރަހީނުކުރި މައްސަލާގައި އިތުރު 4 މީހަކު ހައްޔަރަށް

ކާރެއް ތެރޭ މީހަކު ރަހީނުކުރި މައްސަލާގައި އިތުރު 4 މީހަކު ހައްޔަރަށް

ކާރެއް ތެރޭ މީހަކު ރަހީނުކުރި މައްސަލާގައި އިތުރު 4 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ މައްސަލާގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ހަތަރު މީހުންނަކީ – ހުސާމް އިބްރާހީމް، (34އ)، ރަތްބަގީޗާގެ/ހދ.ކުމުންދޫ – އާދަމް ޝަރީފް، (36އ)، ރަތްބަގީޗާގެ/ހދ.ކުމުންދޫ – ހުސައިން ހައިކަލް ނިޔާޒް، (23އ)، ގ. ކަޅަގާރިމާގެ – އަހްމަދު ރިޝްފާން، (26އ)، ހުޅުމާލެ ފްލެޓް ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް ބިރުދައްކައިގެން ފައިސާ އަތުލަން އުޅުނު މީހަކު ހައްޔަރުކޮށްފި މި […]

ޔުމްނާ ޢަލީ
ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް ބިރުދައްކައިގެން ފައިސާ އަތުލަން އުޅުނު މީހަކު ހައްޔަރުކޮށްފި

ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް ބިރުދައްކައިގެން ފައިސާ އަތުލަން އުޅުނު މީހަކު ހައްޔަރުކޮށްފި

ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރުމަށްފަހު، އަނިޔާކޮށް، ބިރުދައްކައިގެން ފައިސާ އަތުލަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މި ހާދިސާ ހިނގާފައި ވަނީ ރޭ ހުޅުމާލޭގައި ކަމަށެވެ.   ފުލުހުން ބުނީ ރޭ ހުޅުމާލޭ އޯކިޑްމާ ހިނގުމުގައި، ކާރެއްގެ ތެރޭގައި، ދިވެހި ފިރިހެނަކު ރަހީނުކޮށް، ހިފަހައްޓައި، އަނިޔާކޮށް، ބިރުދެއްކި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ ޢަމަލު ހިންގިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ދަފްތަރު ނަމްބަރު 9022، ތޮލާލް މޫސާ އެވެ. ތޮލާލް މޫސާ ވަނީ، […]

ޔުމްނާ ޢަލީ