ކެބިނެޓަށް ބަދަލެއް ގެންނަވަން ރައީސް ނުނިންމަވާ: ހީނާ
ވަޒީރުންގެ މަޖިލީހަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވާފައިނުވާކަމަށް ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ކެބިނެޓަށް ބަދަލުތަކެއް ގެންނަވަން ނިންމަވާފައިވާކަމަށް ރޭ މީސްމީޑިއާގައި ވަނީ އަޑު ފަތުރާފައެވެ. މިގޮތުން ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު މަގާމުން ވަކިކޮށް، އެމަގާމަށް ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިބްރާހީމް ފައިސަލް ހަމަޖަސަވަން އުޅޭކަމަށް ވަނީ އަޑުފަތުރާފައެވެ. މީގެ އިތުރުނ...