މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,856 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 185 ވަނަ ޞަފްޙާ

ރައީސް ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފި

ރައީސް ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެ ޑިޖިޓަލް ދާއިރާއިން ކުރިއެރުވުމަށްޓަކައި މުހިންމު ފިޔަވަޅެއްގެ ގޮތުން، “ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް” އެއް އުފައްދަވައިފިއެވެ. ރައީސް އޮފީހުން މިއަދު ޢާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، މި ކައުންސިލް އުފައްދާފައިވަނީ، ރާއްޖެއަކީ “ޑިޖިޓަލް-ފަސްޓް ނޭޝަން” އަކަށް ހެދުމުގެ ޤައުމީ ތަސައްވުރު، “މޯލްޑިވްސް 2.0” ޙަޤީޤަތަކަށް ހެދުމަށްޓަކައެވެ. މި ކައުންސިލް އުފައްދާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ. މި ކައުންސިލްގެ މައިގަނޑު މަޤްޞަދަކީ، “...

ޔުމްނާ ޢަލީ
މުލަކުގައި މަސްވެރިކަން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް

މުލަކުގައި މަސްވެރިކަން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް

ރައީސް ޑރ. މުހައްމަދު މުޢިއްޒު، މ. މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށުގެ އިޤްތިޞާދީ ތަރައްޤީއަށް، ޚާއްސަކޮށް މަސްވެރިކަން ފުޅާކުރުމަށް ސަރުކާރުން ރާވާފައިވާ ގިނަގުނަ މަސައްކަތްތަކުގެ މައުލޫމާތު ދެއްވައިފިއެވެ.   މި ބައްދަލުވުން ބާއްވާފައިވަނީ އެމަނިކުފާނު މުލަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ. މަސްވެރިކަން ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް: ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މުލަކުގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި މުހިންމު ބައެއް މަޝްރޫޢުތައް މިހާރުވެސް ކުރިއަށ...

ޔުމްނާ ޢަލީ
އދ.އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކޮށްފައިވާ ބައިވެރިއެއް: ރައީސް

އދ.އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކޮށްފައިވާ ބައިވެރިއެއް: ރައީސް

އދ. އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކުރައްވާފައިވާ ބައިވެރިއެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެ އދ. ގެ މެންބަރަކަށްވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވަނީ، މީގެ ފަސްދޮޅަސް އަހަރު ކުރިން ދިވެހިރާއްޖެ އދ. ގެ މެމްބަރު ޤައުމަކަށް ވުމަކީ، ރާއްޖެއަށް ލިބުނު އުއްމީދަކާއި އަޒުމެއްގެ އިތުރުން، ބައިނަލްއަޤްވާމީ ގޮތުން އެކި ޤައުމުތަކާ ގުޅުން ބަދަހިކު...

ޔުމްނާ ޢަލީ
ފ.މަގޫދޫ އެއާޕޯޓްގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަނީ

ފ.މަގޫދޫ އެއާޕޯޓްގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަނީ

ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެކަމުގެ ޔަގީންކަން ރައީސްޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. މިކަމުގެ ޔަގީންކަން ދެއްވާފައިވަނީ އެމަނިކުފާނު ހުކުރު ދުވަހު ހަތަރު އަތޮޅެއްގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި، އިއްޔެ ފ. މަގޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ފ. މަގޫދޫ އިޖުތިމާޢީ މަރުކަޒުގައި ބޭއްވި މި ބައްދަލުވުމުގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކ...

ޔުމްނާ ޢަލީ
މެގަ ހޯރަ ބޯޓު ފަރަށްއެރުން: ސިފައިން ހަރަކާތްތެރިވާން ފަށައިފި

މެގަ ހޯރަ ބޯޓު ފަރަށްއެރުން: ސިފައިން ހަރަކާތްތެރިވާން ފަށައިފި

ރޭގެ ވަގުތެއްގައި ނ.އަތޮޅު ފަރަކަށް އަރާފައިވާ ހއ. ދިއްދޫ މެގަ ހޯރަ ބޯޓަށް އެހީތެރިވުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިފައިން ބުނެފިއެވެ. މެގަ ހޯރަ މާލޭގެ ނޯތު ހާބަރުން ފުރީ އިއްޔެ ހެނދުނު 11:59 ގައެވެ. އެ ބޯޓު ފަރަށް އަރާފައި ވަނީ ރޭ 12:10 ޖަހާކަށް ހާއިރުއެވެ. މި ބޯޓަކީ އާންމުކޮށް ދިއްދޫ – ވަށަފަރު – ހަނިމާދޫ – މާލެ ރޫޓުން ދަތުރުތައް ކުރަމުން އަންނަ 98 ފޫޓްގެ އުޅަނދެކެވެ. ދިއްދޫ މެގަ ހޯރަ ބޯޓު […]

ޔުމްނާ ޢަލީ
ދިއްދޫ މެގަ ހޯރަ ބޯޓު ފަރަށް އަރައިފި

ދިއްދޫ މެގަ ހޯރަ ބޯޓު ފަރަށް އަރައިފި

ހއ. ދިއްދޫ މެގަ ހޯރަ ބޯޓު މާލެ އިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް ފަރަށް އަރައިފިއެވެ. ’’ދިއްދޫ އޮންލައިން’’ ފޭސްބުކް ޕޭޖުން ބުނެފައިވާގޮތުގައި މި ބޯޓު އަރާފައި ވަނީ ނ.އަތޮޅުގެ ފަރަކަށެވެ. މި ހާދިސާގެ އިތުރު މައުލޫމާތު ހޯދަން ބޯޓަށް ގުޅޭގޮތް ނުވުމުން އިތުރު މައުލޫމާތު ސާފުވާގޮތެެއް އަދި ނުވެއެވެ. އަދި މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ވެސް އެއްޗެއް ނުބުނެއެވެ. މެގަ ހޯރަ މާލޭ ނޯތު ހާބަރުން ފުރީ މިއަދު (21 ސެޕްޓެމްބަރ) ހެނދުނު […]

ޔުމްނާ ޢަލީ
ޑެންގީ ހުމާއި ރޯގާ އިތުރުވާތީ ސަމާލުވާން އެދެފި

ޑެންގީ ހުމާއި ރޯގާ އިތުރުވާތީ ސަމާލުވާން އެދެފި

ޑެންގީ ހުމާއި ބޭރަށް ހިންގުމުގެ ކޭސްތައް މިދުވަސްވަރު އިތުރުވެފައިވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޮގަސްޓު މަހު ޑެންގީ ހުމުގެ 250 ކޭސް ރިޕޯޓުކުރެވުނު އިރު، މިއީ ޖުލައި މަހާ އަޅާބަލާއިރު 56 ކޭސް އިތުރު އަދަދެކެވެ. އަރިދަފުސް ރޯގާގެ ހާލަތަށް ބަލާއިރު، އޮގަސްޓު މަހު 32،247 ކޭސް ރިޕޯޓުކުރެވިފައިވެއެވެ. މިއީ ޖުލައި މަހާ އަޅާބަލާއިރު 1،542 ކޭސް އިތުރު އަދަދެކެވެ. ހަމައެހެންމެ، ބޭރަށް ހިންގުމުގެ ކޭސްތައް ވ...

އިބްރާހިމް އަސްވާޤް
16 ވަނަ ޓަވަރުގައި ހިންގާ ކްލިނިކް 24 ގަޑިއިރަށް ބަދަލުކޮށްފި

16 ވަނަ ޓަވަރުގައި ހިންގާ ކްލިނިކް 24 ގަޑިއިރަށް ބަދަލުކޮށްފި

ހުޅުމާލެ ހޮސްޕިޓަލުން ހުޅުމާލެ ފޭސް ދޭއްގައި ހިންގަމުންދާ ޖެނެރަލް ޕްރެކްޓިޝަނާ ކްލިނިކުގެ ޚިދުމަތް މިއަދުން ފެށިގެން 24 ގަޑިއިރަށް ފުޅާކޮށްފިއެވެ. ހިޔާ 16 ވަނަ ޓަވަރުގެ އެންމެ ތިރީ ފަންގިފިލާގައި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވުނު މި ކްލިނިކުން މިހާތަނަށް ޚިދުމަތް ދެމުން ގެންދިޔައީ 16 ގަޑިއިރަށެވެ. ނަމަވެސް މިހާރު ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ދަންވަރުގެ ވަގުތުތަކުގައިވެސް ޚިދުމަތް ލިބޭނެއެވެ. މި ކްލިނިކުން އާންމުކޮށް ތިން ޑޮކްޓަރުން ބަލިމީހުން ބަލަމުން ގެންދާއިރު، […]

އަލީ އާދިލް
ދަރަނބޫދޫ އަކީ މޮޅު އެތުލީޓުން ގިނަ ރަށެއް، ފުޓްބޯޅަ ދަނޑާއިއެކު ދުވާ ޓްރެކެއް ތަރައްގިކޮށްދޭނަން: ރައީސް

ދަރަނބޫދޫ އަކީ މޮޅު އެތުލީޓުން ގިނަ ރަށެއް، ފުޓްބޯޅަ ދަނޑާއިއެކު ދުވާ ޓްރެކެއް ތަރައްގިކޮށްދޭނަން: ރައީސް

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫއަކީ މޮޅު އެތުލީޓުން ގިނަ ރަށެއް ކަމަށާއި، އެކަމަށް ހިތްވަރުދެއްވުމުގެ ގޮތުން ފުޓްބޯޅަ ދަނޑަކާއެކު ދުވާ ޓްރެކެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު ހަތަރު އަތޮޅެއްގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ދަރަނބޫދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުދައްކަވަމުންނެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި އެރަށުގ...

ޔުމްނާ ޢަލީ
މާރާމާރީއެއްގައި ލިބުނު އަނިޔާއަށް ފަރުވާދެނިކޮށް ސިއްހީ މުވައްޒަފުންނަށް މަރުގެ އިންޒާރުދީފި

މާރާމާރީއެއްގައި ލިބުނު އަނިޔާއަށް ފަރުވާދެނިކޮށް ސިއްހީ މުވައްޒަފުންނަށް މަރުގެ އިންޒާރުދީފި

މާރާމާރީއެއްގައި އަނިޔާލިބުނު މީހަކަށް ފަރުވާދެނިކޮށް އޭނާ އަށް ފަރުވާ ދޭންތިބި ސިއްހީ މުވައްޒަފުންނަށް މަރުގެ އިންޒާރުދިނުމުންނާއި އޭނާގެ އަތުން ވަޅިއެއް ފެނުނު މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ލޫތު އިބްރާހީމް، ފުރުސަތު/ގދ. ވާދޫ އެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި މައްސަލައިގައި ލޫތު އިބްރާހިމް ހައްޔަރުކޮށްފައިވަނީ 19 ސެޕްޓެމްބަރ 2025 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 14 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ ފަ...

ޔުމްނާ ޢަލީ
ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި ދެކޮޅަށް ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި ދެކޮޅަށް ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް މިއަދު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ހަތަރު އަތޮޅެއްގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި އޮޕަރޭޝަންގެ ދަށުން ބޮޑެތި ރަށްރަށަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި،...

ޔުމްނާ ޢަލީ
30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމަނީ

30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމަނީ

ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.   ރައީސް މިފަދައިން ވިދާޅުބީ ހަތަރު އަތޮޅެއްގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރިޔާސީ އިންތިޚާބުގައި ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދަކީ ވައިގެ ބަނދަރެއް ޤާއިމުކޮށްދެއްވުން ކަމަށް ފާހަގަކުރައްވަމުން، “އެއަރޕޯޓު މަސަ...

ޔުމްނާ ޢަލީ
އަންނަ އަހަރުގެ ބަޖެޓުގައި ބިލެތްދޫއަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަންދޭނަން: ރައީސް

އަންނަ އަހަރުގެ ބަޖެޓުގައި ބިލެތްދޫއަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަންދޭނަން: ރައީސް

އަންނަ އަހަރުގެ ބަޖެޓުގައި ބިލެތްދޫގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަންދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ހުކުރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އެރަށުގެ ތަރައްގީއަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހި...

ޔުމްނާ ޢަލީ
ވ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

ވ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ގާއިމުކޮށްފި އެވެ. ރަކީދޫގައި އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން...

އަލީ އާދިލް
ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް އެދިއްޖެ

ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް އެދިއްޖެ

ވ. ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށް މިއަދު ދަންނަވައިފިއެވެ. އެރަށު ރައްޔިތުން މިގޮތަށް އެދުނީ ރައީސް މިއަދު އެރަށަށް ކުރެއްވި ޒިޔާރާތުގައި ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ބޭއްވެވި މަޝްވަރާގައެވެ. ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު ރަކީދޫ ބަނދަރު ސަރަޙައްދުގައި ބޭއްވުނު މި ބައްދަލުވުމުގައި، ރަށުގެ އިޖުތިމާޢީ ތަރައްޤީ...

ޔުމްނާ ޢަލީ