ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި
އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ހިންގި މާރާމާރީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވިފައިވަނީ މިދިޔަ ސެޕްޓެންބަރު 23 ވަނަ ދުވަހުގެ ރޭ 1:17 އެހައިކަށްހާއިރުއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ސަންރީފް، ޢަލީ އަސްޢަރު (30 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އަނިޔާ ލިބުނު 34 […]