ވީއައިއޭއިން ފޭރިގަތް މައްސަލަ: ހުރާގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބޭންކެއްގެ މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައެއް ފެންމަތިވެފައި ވަނިކޮށް ކ. ހުރާގައި ފުލުހުން މިއަދު ހާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ. ކ. ހުރައިން ”ތިލަދުން”އަށް މެންދު ވާހަކަދެއްކި މީހަކު ބުނީ ލޯންޗެއްގައި މިއަދު ހެނދުނު އެރަށަށް ދިޔަ ބަޔަކާއި، އެ ލޯންޗް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ފުލުހުން މިއަދު އެރަށުގައި އޮޕަރޭޝަނެއް ހިންގުމަށް ފަހު، އެރަށުގެ ގެސްޓް ހައުސްއެއްގެ ތެރ...