ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ފަޅުވެރިއަކު ގެއްލިގެން ހޯދަނީ
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ފަޅުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މެރިން ޕޮލިހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މާލޭ އެމްޕީއެލް އާއި ދިމާ ބޭރުގައެވެ. މި ހާދިސާގައި ތިން ފަޅުވެރިއަކު ވަނީ ފަރުވާދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެކަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ. 16:58 ހާއިރު އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދި މީހާ ސިފައިންގެ ޑައިވަރުން ހޯދައި، އެމީހާ ”ނަގާފައިވާ” ކަމަށެވެ.